03 އެޕްރީލް 2020
ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ހެދި މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ ނިސްބަތް މައިނަސް ތިން ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމަކު އަންނަ އަހަރު 7.5 ޕަސެންޓުގައި އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފި އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ހެދި މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ ނިސްބަތް މައިނަސް ތިން ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމަކު އަންނަ އަހަރު 7.5 ޕަސެންޓުގައި އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފި އެވެ.
އޭޑީބީން އަންނަ އަހަރަށް ރާއްޖެ އަށް ލަފާކޮށްފައިވާ މިންވަރަކީ މި އަހަރު ރާއްޖޭގެ ކުރިއެރުން ހުންނާނެ ކަމަށް ކުރިން ލަފާކުރި މިންވަރެވެ.
ކޮރޯނާވައިރަސްގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރަށް ހާއްސަކޮށް ނެރުނު "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް 2020" ގެ އަޕްޑޭޓެއްގައި އޭޑީބީގެ ރައީސް މަސަސޫގޫ އަސަކާވާ ވިދާޅުވީ ކުރިމަތިވެފައި މި ވަނީ އާދަޔާ ހިލާފު ހާލަތެއް ކަމަށާއި އާންމުންގެ ދިރިއުޅުމާއި ވިޔަފާރިތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2018 ވަނަ އަހަރު ހުރީ 6.9 ޕަސެންޓުގަ އެވެ. އަދި މިދިޔަ އަހަރު 5.7 ޕަސެންޓުގަ އެވެ. އެހެންވެ މިހާރު ލަފާކޮށްފައިވާ ގޮތުން ނަމަ އަންނަ އަހަރު ވާނީ މި ފަހުން އިގްތިސާދު އެންމެ ރަނގަޅުވާނެ އަހަރަށެވެ.
އޭޑީބީން ލަފާކުރި ގޮތުގައި މި އަހަރު ރާއްޖޭގެ އިންފްލޭޝަން 1.0 ޕަސެންޓުގައި ހުރުމަށް ފަހު އަންނަ އަހަރު 1.2 ޕަސެންޓަށް އުފުލޭނެ އެވެ.
އޭޝިއާގެ އެންމެ ވަރުގަދަ އިގްތިސާދުތައް ނުހިމަނައި ބަލާ ނަމަ، ކުރިން ލަފާކުރި 5.7 ޕަސެންޓުގެ ކުރިއެރުން މި އަހަރު 2.4 ޕަސެންޓަށް ދަށްވާނެ. އެކަމަކު އަންނަ އަހަރަށް ލަފާކޮށްފައިވަނީ 6.7 ޕަސެންޓަށް މައްޗަށް ޖެހޭނެ ކަމަށް.
އޭޑީބީން ލަފާކުރާ ގޮތުގައި މުޅި އޭޝިއާގެ އިގްތިސާދުގެ ކުރިއެރުން 2.2 ޕަސެންޓަށް މި އަހަރު ދަށްވާނެ އެވެ. ސިއްހީ ނުރައްކަލާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހެދި މި ބޮޑު ދަށްވުން އައި ނަމަވެސް އަންނަ އަހަރުގެ ކުރިއެރުން 6.2 ޕަސެންޓަށް މައްޗަށް ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އޭޝިއާގެ އެންމެ ވަރުގަދަ އިގްތިސާދުތައް ނުހިމަނައި ބަލާ ނަމަ، ކުރިން ލަފާކުރި 5.7 ޕަސެންޓުގެ ކުރިއެރުން މި އަހަރު 2.4 ޕަސެންޓަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެކަމަކު އަންނަ އަހަރަށް ލަފާކޮށްފައިވަނީ 6.7 ޕަސެންޓަށް މައްޗަށް ޖެހޭނެ ކަމަށެވެ.
"އޭޝިއާގެ ބޮޑެތި ބާރުތައް މި ބަލިމަޑުކަމުގެ ސަބަބުން ނިކަމެތިވާނެ އެވެ. އެއީ ދުނިޔޭގެ އިގްތިސާދާއި ޓޫރިޒަމާއި ވިޔަފާރި އަދި ރެމިޓެންސާ އޭޝިއާ ގުޅިފައިވާލެއް ބޮޑުކަމުންނެވެ." އަސަކާވާ ވިދާޅުވެފައިވެ އެވެ.
ކޮރޯނާވައިރަސް ހަލުވިކަމާ އެކު މުޅި ދުނިޔެ އަށް ފެތުރިގެން ދިއުމަކީ މި ގަރުނުގައި ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމުގެ ގޮތުގައި ފާހަގަކޮށް މި ހާލަތުގައި ލިބޭ ގެއްލުން ވެސް ބޮޑުވާނެކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޭޑީބީން ލަފާކުރަނީ އޭޝިއާގެ އެންމެ ވަރުގަދަ އިގްތިސާދުތައް ނުވަތަ ޑިވެލޮޕިން އޭޝިއާ އަށް ބޮޑު ވެއްޓުމެއް މި އަހަރު އަންނާނެ ކަމަށެވެ. އެގޮތުން 2.2 ޕަސެންޓަށް ދަށަށް ގޮސް، އަންނަ އަހަރު 6.2 ޕަސެންޓަށް މައްޗަށް ޖެހިލާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކަށް ގެއްލުން ބޮޑުވާނެ ކަމަށް ބެލެވުނަސް، އޭޑީބީން ލަފާކުރަނީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ކުރާނެ އަސަރު އެހާ ބޮޑު ނުވާނެ ކަމަށެވެ. މި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުން މި އަހަރު 4.1 ޕަސެންޓަށް ދަށަށް ދިއުމަށް ފަހު، އަންނަ އަހަރު 6 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ލަފާކޮށްފައިވާ ގޮތުގައި، މި ކުރިއެރުމުގައި ބޮޑު ދައުރެއް އަދާކުރާނީ އިންޑިއާގެ އިގްތިސާދެވެ.
ރާއްޖޭން ލަފާކޮށްފައިވަނީ ކޮރޯނާވައިރަހާ ހެދި ދައުލަތުގެ ބަޖެޓް ޚަރަދު ހަ ބިލިއަން އިތުރުވެ ބެޖެޓް ޑެފިސިޓް 12 ބިލިއަނަށް އަރާނެ ކަމަށެވެ. މިހާރު ސަރުކާރުގެ އަންދާޒާ ދައްކާ ގޮތުން އިގްތިސާދީ ދުވެލި 5.7 ޕަސެންޓު ދަށްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓިފައި އޮތް އިރު ޓޫރިސްޓުން އަންނާނެ ވަރު 37 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްވާނެ ކަމަށް ބެލެވުމަކީ އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރެވެ.
މި މަހު ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 7.5 ޕަސެންޓްގައި ކަމަށް ވިޔަސް އިގްތިސާދީ ލޮޅުމުގެ ސަބަބުން އެ މިންވަރު 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސެންޓާ ދެމެދަށް ވެއްޓޭނެ ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ. އެހެންވެ މިއަަހަރަށް އާމްދަނީ ލިބޭނެ ކަަމަށް ކުރިން ލަފާކުރި ވަރަށް ވުރެ 2.1 ބިލިޔަން ރުފިޔާ އާއި 6.9 ބިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދަށްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭން މިހާރު އަންނަނީ އިގްތިސާދީ ހީނަރުކަމުން އަރައިގަނެ ވިޔަފާރިތައް ހިމާޔަތްކުރުމަށް ބޭރުގެ މާލީ އެކި އިދާރާތަކުން އެހީ ހޯދަމުންނެވެ. އެގޮތުން ވޯލްޑް ބޭންކާއި އޭޑީބީން ވެސް ވަނީ އެހީ ދޭން ނިންމައިފަ އެވެ. އަދި ރާއްޖޭގެ ބޭންކުތަކުން ވެސް ވަނީ ލޯނުތަކަށް ލުއި ދޭން ވެސް ނިންމައިފަ އެވެ.
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
ފަސްޓް ނެޝަނަލް އިން ރިއަލް އެސްޓޭޓަށް ހާއްސަ ފަންޑެއް
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު