31 މާޗް 2020
ކޮވިޑް-19 އާ ގުޅިގެން އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 5 ޖީބީގެ ޑޭޓާ ހިލޭ ދޫކުރަން އެ ކުންފުނިން ނިިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 5 ޖީބީގެ ޑޭޓާ ހިލޭ ދޫކުރަން އެ ކުންފުނިން ނިިންމައިފި އެވެ.
އިންޓަނެޓް އަގު ހެޔޮކުރަން ސަރުކާރުން ބޭނުންވާ ގޮތް ރައީސް އޮފީހުން އާއްމުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އުރީދޫން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތައް މެދުވެރިވުމާ އެކު ގޭގައި ތިބެގެން މަސައްކަތް ކުރުމާއި ދަރިވަރުންގެ ކިޔެވުން ވެސް ގޭގައި ކުރިއަށް ގެންދަން ޖެހޭތީ އެކަމަށް ލުއިތަކެއް ދިނުމުގެ ގޮތުންނާއި ގޭގައި މަޑުކުރުމަށް ބާރު އެޅުމުގެ ގޮތުން ސުޕަ ނެޓް ކަސްޓަމަރުން ނަގާފައިވާ ޑޭޓާ ހަމަވުމުން ކޮންމެ ދުވަހަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ.
އެހެންވެ، ސުޕަ ނެޓް ކަސްޓަމަރުން ނަގާފައިވާ ޑޭޓާ ހަމަވުމާ އެކު ކުޑަ ވަގުތުކޮޅެއްގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ، މެދުކެނޑުމެއް ނެތި ޚިދުމަތް ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތަށް ކޮންމެ 24 ގަޑިއިރަކުން އެއްފަހަރު އަލުން އެކްޓިވޭޓްވާނެ ކަމަށާއި މާދަމާ އިން ފެށިގެން އެ ޚިދުމަތް ލިބޭނެ ކަމަށާއި އަދި އެ ޚިދުމަތަކީ ސުޕަ ނެޓް ކަސްޓަމަރުންނަށް ކޮވިޑް-19 އާ ގުޅިގެން ކުރިން ދެމުން އައި 25 ޕަސެންޓް ޑޭޓާ އެލަވަންސް ހިލޭ ދިނުމުގެ އިތުރަށް ދޭ އެލަވަންސެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ވެސް ކޮވިޑް-19 އާ ގުޅިގެން އިތުރު މަސައްކަތްތަކެއް ސަރުކާރުގެ އެދުމުގެ މަތިން ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން ޓާސްކް ފޯސް ސެންޓަރުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކުރާ ނުވަތަ ކަރަންޓީންކުރާ މީހުންނަށް ވެސް ހިލޭ އިންޓަނެޓް ދިނުމުގެ މަސައްކަތާއި މާލީ ދަތިތައް ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ޚާއްސަ ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ޚާން ވިދާޅުވީ ގޭގައި ތިބެގެން މިދުވަސްވަރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ގެނައުމަށް އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށާއި އެންމެން ގުޅުވައި ދިނުމަށްޓަކައި ފުރިހަމަ ޚިދުމަތެއް އުރީދޫން ފޯރުުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެެސް ނަޖީބް ޚާން ވިދާޅުވި އެވެ. އަދި މިދުވަސްވަރު އެދެވޭ ގޮތެއްގައި އިންޓަނެޓްގެ ޚިދުމަތް ބޭނުން ކުރަން ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"ބްރޯޑްބޭންޑަކީ ކަނޑައެޅިފައިވާ ވަކި ވަރަކަށް ލިބިފައިވާ ރިސޯސްއެއް. ވަކިން ޚާއްސަކޮށް ބޭނުން ކުރެވޭ ނިސްބަތް ކުރު މުއްދަތެއްގެ ތެރޭގައި މަތިވަމުންދާނެ މިފަދަ ހާލަތްތަކުގައި، އެންމެ ގިނަ ފަރާތްތަކަށް ފައިދާ ކުރާނެ ގޮތަށް އެންމެ އެދެވޭ ގޮތުގައި އިންޓަނެޓްގެ ބޭނުން ހިިފުމަށް އަޅުގަނޑު އެދެން،" ނަޖީބް ވިދާޅުވި އެވެ.
ޑޭޓާ ބޭނުން ކުރެވޭ މިންވަރު މަދު ކުރުމަށްޓަކައި ހުޅުވާފައި ހުންނަ އެޕްތައް ކްލޯސް ކުރުމާއި މުހިންމު ނޫން އެޕްތައް ފޮހެލުމާއި ބެކްގްރައުންޑް ޑޭޓާ ބޭނުން ނުކުރާ ގޮތަށް ފޯނުގެ ސެޓިން ބަދަލު ކުރުމާއި ނެޓް ފްލިކްސާއި ޔޫޓިއުބް ފަދަ އެޕްތަކުން ސްޓްރީމްކުރާ މިންވަރު ދަށް ކުރުމުގެ އިތުރުން ޓީވީ ބެލުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި ސްޓްރީމް ނުކުރުމަށް އެދޭ ކަމަށް ވެސް އުރީދޫގެ ބަޔާނުގައިވެ އެވެ.
އުރީދޫ އިން އެގޮތަށް ހަމަޖެއްސިއިރު، ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓްގެ ޚިދުމަތްތަކުގެ އަގު ހެޔޮކޮށް، ފަސޭހައިން އިންޓަނެޓްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ސަރުކާރުން މިއަދު ވަނީ މުއާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުގައި އެދިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ގިނަ ޚިދުމަތްތައް ވެސް ވަނީ އޮންލައިންކޮށް ހޯދަން އެދިފަ އެވެ.
އިންޓަނެޓްގެ އަގު ބުދަ ދުވަހުން ފެށިގެން ހެޔޮވާނެ
މިއީ ތާރީހީ ދުވަހެއް: މިނިސްޓަރު
އެންމެ ދަށް ތްރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް
ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހު ހުޅުވާނެ
ދިރާގުން 50-140 ޕަސެންޓާ ދެމެދުގެ ޑޭޓާ ހިލޭ
އުރީދޫން އެއާ އެމްބިއުލާންސަށް 16 މިލިއަންގެ ސާމާނު
ހެލްތު ޗެކަޕްއަކަށް ރައީސް ސިންގަޕޫރަށް
އުރީދޫގެ އިންޓަނެޓް ހިދުމަތަށް މައްސަލައެއް ދިމާވެއްޖެ
ބޭހުގެ ފެންވަރު ކަށަވަރުކުރަން ގާބިލްކަން އިތުރުކުރަނީ
ކުރީގެ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނެރެނީ