03 ޑިސެމްބަރ 2024
އުރީދޫން ދެމުންދާ ސުޕަނެޓް ހިދުމަތް އަޕްގްރޭޑްކޮށް، އަންލިމިޓެޑްކޮށް އިންޓަނެޓުގެ ހިދުމަތް ލިބޭނެ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.
އުރީދޫން ދެމުންދާ ސުޕަނެޓް ހިދުމަތް އަޕްގްރޭޑްކޮށް، އަންލިމިޓެޑްކޮށް އިންޓަނެޓުގެ ހިދުމަތް ލިބޭނެ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.
އެ ޕެކޭޖުތަކުގެ ތެރޭގައި 25 އެމްބީޕީއެސްއިން ފެށިގެން 1ޖީބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ލިބޭ ޕެކޭޖުތައް ހިމެނެ އެވެ. އުރީދޫން ބުނީ އެ ކުންފުނީގެ އަންލިމިޓަޑް ސުޕަނެޓް ޕެކޭޖުތަކަކީ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް ލިމިޓެއް ނެތި، ލިބޭނެ ޕެކޭޖުތަކެއް ކަމަށެވެ. އަދި އަލަށް ތައާރަފް ކުރި ޕެކޭޖުތަކަކީ ޑޭޓާ ހުސްވުމުގެ ކަންބޮޑުވުންތަކާ ދުރުވެ، ބޭނުން ވަރަކަށް ސްޓްރީމް ކުރުމުގެ ފުރުސަތު ލިބޭނެ ޕެކޭޖުތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫން ބުނީ އަންލިމިޓެޑް ޕެކޭޖުތަކާއެކު މުޅި ދުވަހު ސްޓްރީމްކޮށް، އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅެ އަދި އެއްވެސް ހުރަހެއް ނެތި އެއް ސްޕީޑެއްގައި ބްރައުޒްކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
އުރީދޫން ބުނީ އެ ކުންފުންޏަކީ ކަސްޓަމަރުން އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
“ ހަގީގަތުގައި ވެސް އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އިތުރު ސްޕީޑްތަކަކާއެކު ތައާރަފްކުރީ ހަމައެކަނި އަޅުގަނޑުމެންގެ އުންމީދުތައް ހާސިލް ކުރާކަށް ނޫން. އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ އިންޓަނެޓު ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުން. މި އަޕްގްރޭޑުން ދައްކުވައިދެނީ ރާއްޖޭގެ އެންމެ ރަނގަޅު ނެޓްވޯކްގައި މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް.” އުރީދޫން ބުންޏެވެ.
އުރީދޫން ތައާރަފްކޮށްފައިވާ އަންލިމިޓެޑް ސުޕަނެޓް ޕެކޭޖުތަކުގެ މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.
އުރީދޫގެ އިންޓަނެޓް ހިދުމަތަށް މައްސަލައެއް ދިމާވެއްޖެ
އުރީދޫން ހަފްތާއަކު 28 ޖީބީ 150ރ. އަށް
އުރީދޫ މަގޭ ޕަވާ: ދުވާލަކު 50ރ. އަށް 10 ޖީބީ
އުރީދޫ ސުޕަނެޓް ހިދުމަތް ދިއްފުއްޓަށް
އުރީދޫގެ ސުޕަނެޓްގެ ހިދުމަތް މިލަންދު އަށް
އުރީދޫގެ އިންޓަނެޓް ހިދުމަތަށް މިއަދު ބުރޫއަރާނެ
އުރީދޫ އިންޓަނެޓް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެ
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
އުރީދޫގެ އެއާ ފައިބަ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް
އުރީދޫ އާޗާ ޕްރިޕެއިޑުން ތިން ގުނަ އިތުރު ޑޭޓާ