29 މާޗް 2020
އޮޓާވާ (މާޗް 29) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނބަލުން ސޯފީ ގްރެގުއާ ރަނގަޅުވެއްޖެ އެވެ.
އޮޓާވާ (މާޗް 29) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނބަލުން ސޯފީ ގްރެގުއާ ރަނގަޅުވެއްޖެ އެވެ.
"އަޅުގަނޑަށް މިހާރު ވަރަށް ލުއި އެބަ އިހްސާސް ކުރެވޭ. ކޮވިޑް-19 އިން އަޅުގަނޑު މުޅިން ރަނގަޅުވެފައިވާ ކަމަށް އަޅުގަނޑުގެ ޑޮކްޓަރާއި އޮޓާވާ ޕަބްލިކް ހެލްތުން ވަނީ އަންގާފައި،" ސޯފީގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ. "އަޅުގަނޑަށް ހެޔޮ އެދުމުގެ ބަސްތައް ފޮނުވި އެންމެންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން."
ކޮރޯނާވައިރަހަށް ސޯފީ ޕޮޒިޓިވްވީ، އިނގިރޭސި ވިލާތުން އެނބުރި ވަޑައިގަތުމަށް ފަހު، މާޗް 12 ވަނަ ދުވަހު އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޮޑު ވަޒީރު ޓްރޫޑޯ ވަނީ ހޯމް އައިސޮލޭޝަނަށް ވަޑައިގެންފަ އެވެ. ޓްރޫޑޯ ވިދާޅުވީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހޮނިހިރު ދުވަހު ހަމަވި ނަމަވެސް އިތުރު މުއްދަތެއްގައި ގޭގައި މަޑު ކުރައްވަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު އަމަލު ކުރާނީ ސިއްހީ ތަޖްރިބާކާރުންގެ ލަފަޔާ އެއްގޮތަށް. ކޮންމެހެން މުހިންމު ކަމެއް ނެތިއްޖާ ނޫނީ ބޭރަށް ނުގޮސް ގޭގައި މަޑުކުރުން އެންމެ ރަނގަޅީ،" ޓްރޫޑޯ ވިދާޅުވި އެވެ.
ސޯފީ ވިދާޅުވީ ހެލްތު ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކޮށް މި ވަގުތު ގޭގައި މަޑުކޮށްފި ނަމަ މި އުނދަގޫ ހާލަތުން އަރައިގަނެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ކޮރޯނާވައިރަހަށް ކެނެޑާ އިން ވަނީ 5،665 މީހުން ޕޮޒިޓިވްވެ 60 މީހުން މަރުވެފަ އެވެ.
ޕާޓީގެ ކޯޅުމާ ހެދި ކެނެޑާގެ ބޮޑުވަޒީރު އިސްތިއުފާ ދެނީ
ސިކުގެ މަރާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓް ފޮނުވާލައިފި
ކެނެޑާގެ ބޮޑުވަޒީރު ކާވެނި ރޫޅާލައްވައިފި
ކެނެޑާ ސަރުކާރުގެ ޑިވައިސްތަކަށް ޓިކްޓޮކް ނުލިބޭނެ
އެމެރިކާ، މެކްސިކޯ، ކެނެޑާގެ ރައީސުން ބައްދަލުކުރަނީ
ޓްރޫޑޯ، ކެނެޑާގެ އިންތިހާބު ކާމިޔާބު ކުރައްވައިފި
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕޮޒިޓިވްވެއްޖެ
"ކެނެޑާގެ ބޮޑުވަޒީރު" އަފްޣާންގައި ކިޔަނީ ލަވަ
ނޯތު އެމެރިކާގެ ފްރީ ޓްރޭޑް އެގްރީމެންޓް އާކޮށްފި