Roadha Mihaaru
ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕޮޒިޓިވްވެއްޖެ

13 މާޗް 2020

މޮންޓްރިއަލް (މާޗް 13) - ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނބަލުން ސޯފީ ގްރެގުއާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެކަމަނާ އެކަހެރިކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮންޓްރިއަލް (މާޗް 13) - ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނބަލުން ސޯފީ ގްރެގުއާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެކަމަނާ އެކަހެރިކޮށްފި އެވެ.

"އެކަމަނާ މިހާރު ވަނީ އައިޒޮލޭޝަންގައި. އެކަމަނާގެ ހާލު ރަނގަޅު. ބަލީގެ އަލާމަތްތައް އާދައިގެ ގޮތަކަށް ފެންނަމުން ދިޔަ ނަމަވެސް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ވަނީ އަޅާފައި،" ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބޮޑު ވަޒީރު ޓްރޫޑޯގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް އެމަނިކުފާން ވެސް މިހާރު ވަނީ 14 ދުވަހަށް އެކަހެރިކުރެވިފަ އެވެ. ނަމަވެސް ކޮރޯނާވައިރަހަށް ބޮޑު ވަޒީރު ޓެސްޓް ކުރަން އަދި ހަމަޖެހިފައެއް ނުވެ އެވެ.

ކޮރޯނާވައިރަހުގެ އަލާމާތްތައް ސޯފީގެ ފަރާތުން ފެންނަން ފެށީ ލަންޑަނުން ވަޑައިގެންނެވި ފަހުން، ބުދަ ދުވަހު އެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން އެކަމަނާ ވަނީ ވަރަށް އަވަހަށް އެކަމުން އަރައިގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކެނެޑާ އިން 103 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. ނަމަވެސް އެ ބަލީގައި ކެނެޑާ އިން އަދި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.