Roadha Mihaaru
"ރާއްޖޭގެ މަސަައްކަތް އެމެރިކާއަށް ވުރެ ރަނގަޅު"

ކޮވިޑް-19: އެމެރިކާ އަށް ވުރެ ރާއްޖެ އަމަލުކުރިލެއް ރަނގަޅު: ޗައިނާ ސަފީރު

25 މާޗް 2020

"ކޮވިޑް-19 ގެ ބަލިމަޑު ކަމަށް ރާއްޖެ އިން ލިބުނު ރެސްޕޮންޑް އެމެރިކާ އަށް ވުރެ ވެސް ފުރިހަމަ ކަމަށް ވިދާޅުވެ، ޗައިނާ ސަފީރު ރާއްޖެ އަށް އަނެއްކާ ވެސް ތައުރީފުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

"ކޮވިޑް-19 ގެ ބަލިމަޑު ކަމަށް ރާއްޖެ އިން ލިބުނު ރެސްޕޮންޑް އެމެރިކާ އަށް ވުރެ ވެސް ފުރިހަމަ ކަމަށް ވިދާޅުވެ، ޗައިނާ ސަފީރު ރާއްޖެ އަށް އަނެއްކާ ވެސް ތައުރީފުކުރައްވައިފި އެވެ.

މި ބައްޔާ ގުޅިގެން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ "ޗައިނާ އިން އިހުސާސްކުރި ހިތްދަތިކަން، އެމެރިކާ އިން ދެނެނުގަނެ އޮތް މިންވަރު" ކަމަށް ބުނެ އެމެރިކާގެ ނޫސްވެރިއަކު ކުރި ޓްވީޓަކަށް ރައްދު ދެއްވުމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވަނީ ރާއްޖޭން މިސާލު ދައްކަވައިފަ އެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓް ނޫހުގައި ބައިނަލް އަގުވާމީ ހަބަރުތައް ކަވަކުރާ، އަދި ކުރިން ޗައިނާ އަށް ހާއްސަވެގެން މަސައްކަތް ކޮށްފައިވާ ނޫސްވެރިޔާ އެމިލީ ރައުހަލާ ކުރި ޓްވީޓެއްގައި ބުނީ "މިހާރު ތަހައްމަލު ކުރަމުންދާ ހުރިހާ ބިރުވެރިކަމެއް ފުރަތަމަ ހިނގީ ވޫހާންގައި" ކަމަށާއި އެ އެކަންތައްތައް ކަވަ ކުރި ނަމަވެސް ގިނަ މީހުން އެކަމާ އަޅައިނުލި ކަމަށެވެ. އޭނާ ސިފަކުރީ އެއީ އެމެރިކާ އަށް ލިބުނު ވޭންދެނެވި ފިލާވަޅެއްގެ ގޮތުގަ އެވެ.

އެ އެމިލީގެ ޓްވީޓް ރިޓްވީޓް ކުރައްވަމުން ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ފެށުނީއްސުރެ ދިވެހިރާއްޖެ އިން އަމަލުކުރީ ވަރަށް ތަފާތުކޮށް ކަމަށެވެ.

"[ރާއްޖޭން އަމަލުކުރި ގޮތް] ވަރަށް ފުރިހަމަ،" އޭނާ ވިދާޅުވި އެވެ.

ޗައިނާ ސަފީރުގެ ޓްވީޓް

ވިޔަފާރިއާއި ސައިންސް ފަދަ ދާއިރާތަކުގައި އަދި ޖިއޯޕޮލިޓިކްސްގައި ބޮޑު ވާދަވެރިކަމެއް އޮންނަ އެމެރިކާއާއި ޗައިނާއާ ދެމެދު، ކޮވިޑް-19 ގެ ކަންތަކުގައި ވެސް އަންނަނީ އަރައިރުން ތަކެއް ހިނގަމުންނެވެ. އެ އަރައިރުންތައް ދެގައުމުގެ ވެރިންނާއި ހިސާބުން ފެށިގެން ސަފީރުންނާ ހަަމައަށް ވެސް އޮތްތަން ސޯޝަލް މީޑިއާއައި ބައިނަލް އަގުވާމީ މީޑިއާއިން ފެނެ އެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅުތައް ރާއްޖޭން އެޅީ، އެބަލި ޖައްސާ ކޮރޯނާވައިރަސް، ޗައިނާގެ ވޫހާން އިން ފުރަތަަމަ ފެނި، ޗައިނާގައި އެކަނި އެބަލި ބާރަށް ފެތުރެން ފެށި ހިސާބުންނެވެ. އޭރުގައި ދުނިޔޭގެ ގިނަ ގައުމުތަކުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ރާއްޖޭން އޭރު ކުރި މަަސައްކަތަކީ އެންމެ ނުރައްކާތެރި ހާލަތަކަށް ވެސް ހިނގައިދާނެ ކަމަށް ބަލައިގެން، ވަސީލްތްތައް ހޯދުމާއި ފިޔަވަޅުތައް އަޅާނެ ގޮތްތައް ތަރުތީބުކޮށް އުސޫލުތައް ކަނޑައެޅުމެވެ. ޗައިނާގެ ހިތާމައިގައި ރާއްޖޭން ބައިވެރިވެ، ރަމްޒީ އެހީއެއްގެ ގޮތުގައި އެއް މިލިޔަން މަސްދަޅު ވެސް އޭރު ހަދިޔާކުރި އެވެ.

ރާއްޖޭން ކޮވިޑް-19 ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 13 އެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ އެބަލިން ފަަސޭހަވެފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 422,959 އެވެ. އެ ބަލީގައި 18,907 މީހަކު މަރުވި އިރު 109,144 މީހަކު ވަނީ ރަނގަޅުވެފަ އެވެ.