22 މާޗް 2020
ޓިއުރިން (މާޗް 22) – އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު އަދި ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު، މިލާނުގެ ފޯވާޑް ޑެނިއަލް މަލްޑިނީ އަދި ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.
ޓިއުރިން (މާޗް 22) – އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު އަދި ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު، މިލާނުގެ ފޯވާޑް ޑެނިއަލް މަލްޑިނީ އަދި ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.
ޑީބަލާ އަކީ ވައިރަހަށް ޕޮޒިޓިވްވި ޔުވެންޓަސްގެ ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އިޓަލީ ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ޑީބަލާގެ ލޯބިވެރިޔާ އޮރިއާނާ ސަބަޓީނީ ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެންމެ ފުރަތަމަ ރުގާނީއާ ވައިރަސް ޖެހުނުކަން ކަށަވަރުވުމާ އެކު ޔުވެންޓަސް ކުޅުންތެރިންނާއި އޮފިޝަލުން އަމިއްލަ އަށް ގޭގައި ކަރަންޓީނުވާން އެންގި އެވެ. އެ މުއްދަތުތެރޭގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު އިންޓަ މިލާނުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ތިބީ ކަރަންޓީންކޮށްފަ އެވެ.
އެ ދުވަސްވަރު ޑީބަލާ ވައިރަހަށް ޕޮޒިޓިވްފައިވާކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު ޑީބަލާ ވަނީ އޭރު އެކަން ދޮގުކޮށްފަ އެވެ. ރޭ ކުއްލިގޮތަކަށް ޑީބަލާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ހުރިތޯ ބަލަން އެންމެ ފަހުން ކުރި ޓެސްޓުން އޭނާ އާއި އޮރިއާނާ ގައިގައި ވައިރަސް ހުރިކަން އެނގިފައިވާ ކަމަށާއި އެކަމަކު ހާލަތު ރަނގަޅުކަމަށެެވެ.
އާޖެންޓީނާ ގައުމީ ޓީމަށް ވެސް ކުޅެމުން އުމުރުން 26 އަހަރުގެ ޑީބަލާ، ޔުވެންޓަސް އަށް ބަދަލުވީ އިޓަލީގެ ޕަލާމޯ ދޫކޮށް 2015 ވަނަ އަހަރު އެވެ. ޔުވެންޓަސް އަށް 150 އަށް ވުރެ ގިނަ މެޗުން ޑިބާލާ ވަނީ 68 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ. ޑީބަލާގެ ލޯބިވެރިޔާ އޮރިއާނާ އަކީ ލަވަކިޔުންތެރިޔެއްގެ އިތުރުން މޮޑެލްއެކެވެ. އޭނާ އަކީ އާޖެންޓީނާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ގަބްރިއެލާ ސަބަޓީނީގެ އާއިލާ މެމްބަރެކެވެ.
ވައިރަހަށް ޕޮޒިޓިވްވި މަލްޑިނީގެ ދަރިފުޅު ޑެނިއަލް.
މަލްޑިނީ އާއި ޑެނިއަލް ޕޮޒިޓިވްކަން މިލާނުން ހާމަކުރީ ރޭ ނެރުނު ބަޔާނެއްގަ އެވެ. އިޓަލީގެ ފުޓްބޯޅައިގައި ވެސް ހާއްސަކޮށް ފާހަގަކޮށްލެވޭ މަލްޑިނީ 1978 ވަނަ އަހަރު މިލާނުގެ ޔޫތު ޓީމާ ގުޅި 2009 ވަނަ އަހަރު ކެރިއަރު ހުއްޓާލުމާ ހަމަޔަށް ކުޅުނީ މިލާނަށެވެ. އޭނާ ވަނީ މިލާނާ އެކު ޔޫރަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފަ އެވެ. އޭގެ ތެރެއިން 2003 އާއި 2007 ގައި އުފުލާލީ ބައްޕަ ސެޒާ ފަދައިން ކެޕްޓަނެއްގެ ގޮތުންނެވެ. އޭނާގެ ދަރިފުޅު ޑެނިއަލް ވެސް އަންނަނީ މި ސީޒަނުން ފެށިގެން ސީނިއާ ޓީމަށް ކުޅެމުންނެވެ.
އިޓަލީ އަކީ، ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރޭ ގައުމެވެ. ޗައިނާ އަށް ވުރެ ގިނަ މީހުން މިހާރު އިޓަލީން ވަނީ މަރުވެފަ އެވެ. އިޓަލީން މިހާރު 58،000 މީހުން ގައިން މި ވައިރަސް ފެނިފައިވާއިރު، 4800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިޓަލީގެ މަޝްހޫރު ބައެއް އެހެން ކުޅުންތެރިންގެ ގައިން ވެސް މި ވައިރަސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ކުޅުނު މިހާރު ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑީނީ އާއި ފިއޮރެންޓީނާގެ ޕެޓްރިކް ކުޓްރޯނޭ އާއި ޖާމަން ޕަޒެއްލާ ހިމެނެ އެވެ.
އިޓަލީ އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމަޔަށް ލޮކްޑައުންކޮށްފައިވާތީވެ ލީގު ވެސް އޮތީ މެދުކަނޑާލައިފަ އެވެ. އެކަމަކު ހާލަތު މިހާރު އޮތްގޮތުން އެ ތާރީހަށް ފަހު ވެސް ފެށޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އެކަމަކު މޭ މަހު ފެށުނަސް މާބޮޑު މައްސަލައަކަށް ނުވާނެ އެވެ. އެއީ ޖޫން މަހު ފަށާ ގޮތަށް އޮތް ޔޫރޯ އާއި ކޮޕާ އެމެރިކާ އަންނަ އަހަރަށް ފަސްކޮށްފައިވާތީ އެ މަސް ތެރޭ ލީގު ކުރިއަށް ގެންދަން ފުރުސަތު އޮތުމެވެ.
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
މެސީ މިލާނަށް ގެންނަން މަސައްކަތް ކުރިން: މަލްޑިނީ
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި
ޔުވެންޓަސް ހާލަތު ގޯސް، މިލާން އަނެއްކާވެސް ބަލިވެއްޖެ
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ކެޕްޓަނުން އަމިއްލަ ދަނޑުގައި ކުޅުނު ފަހުމެޗު އެއްވަރު
އޭސީ މިލާނުން އެއްވަނައިގައި ލީޑު ދަމަހައްޓައިފި