Roadha Mihaaru
މެސީ މިލާނަށް ގެންނަން މަސައްކަތް ކުރިން: މަލްޑިނީ

މެސީ މިލާނަށް ގެންނަން ވަރަށް މަސައްކަތް ކުރިން: މަލްޑިނީ

23 ނޮވެމްބަރ 2023

މިލާން (ނޮވެމްބަރު 23) - ލިއޮނެލް މެސީ، 2021 ގައި ބާސާ ދޫކޮށްލުމުން، އޭސީ މިލާނަށް އޭނާ ގެންދަން ވަރަށް މަސައްކަތް ކުރި ކަމަށް އެ ކްލަބްގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު ޕައޮލޯ މަލްޑިނީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (ނޮވެމްބަރު 23) - ލިއޮނެލް މެސީ، 2021 ގައި ބާސާ ދޫކޮށްލުމުން، އޭސީ މިލާނަށް އޭނާ ގެންދަން ވަރަށް މަސައްކަތް ކުރި ކަމަށް އެ ކްލަބްގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު ޕައޮލޯ މަލްޑިނީ ބުނެފި އެވެ.

ބާސެލޯނާ އަށް ކުރިމަތިވެފައި އޮތް މާލީ ހާލަތުގެ ސަބަބުން، އެ ކްލަބަށް މެސީގެ އެއްބަސްވުން އާ ނުކުރެވުމުން ހިލޭ ޓްރާންސްފާގައި އޭނާ ގެންދަން ކްލަބްތަކަށް ފުރުސަތު ލިބުނެވެ.

މިލާންގެ ލެޖެންޑް މަލްޑިނީ ބުނީ ބާސާ އަށް މެސީ އަށް ސޮއި ނުކުރެވޭނެކަން އެނގުނު ހިސާބުން އޭނާ މިލާނަށް ގެންދަން މަސައްކަތް ކުރި ކަމަށެވެ.

"ދިހަ ދުވަސްމަތިން އަހަރެމެން މަސައްކަތް ކުރިން ސެން ސީރޯ އަށް އޭނާ ގެންދޭވޭތޯ. އެކަމަކު އޭގެ ފަހުން އަހަރެމެންނަށް ޔަގީންވީ މަސައްކަތް ނުކުރެވޭނެކަން،" މަލްޑިނީ ބުންޏެވެ.

"މިހާރު މާ ލަސްވެއްޖެ، އެކަމަކު މެސީ ކަހަލަ ކުޅުންތެރިއަކީ ކޮންމެ މީހަކު ވެސް ދެކެން ބޭނުންވާނެ މަންޒަރެއް. ދެން އަހަންނަށް މައުލޫމާތު ލިބުނީ އޭނާ އިންޓަ އަށް ވެސް ގޮސްފާނެ ކަމަށް. އެކަމާ އަހަރެން ގަތީ ބިރު"

އެ އަހަރު މެސީ ބަދަލުވީ ޕީއެސްޖީ އަށެވެ. އެ ކްލަބްގައި ދެ އަހަރު ހޭދަ ކުރުމަށް ފަހު، އަނެއްކާ ވެސް ހިލޭ ޓްރާންސްފާގައި އޭނާ ކަލްބް ބަދަލު ކުރި އެވެ. ސައުދީ އަރަބިއާ އަށް ބަދަލުވާން ފުރުސަތު ލިބިފައި އޮއްވައި އޭނާ ބަދަލުވީ އެމެރިކާގެ މޭޖާ ލީގުގެ އިންޓަ މަޔާމީ އަށެވެ.