14 އޯގަސްޓް 2024
އޮހާޔޯ (އޮގަސްޓް 14) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ނެތި، ލީގްސް ކަޕްގެ ގަދަ 16 އާ ހަމައިން އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މަޔާމީ ކަޓައިފި އެވެ.
އޮހާޔޯ (އޮގަސްޓް 14) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ނެތި، ލީގްސް ކަޕްގެ ގަދަ 16 އާ ހަމައިން އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މަޔާމީ ކަޓައިފި އެވެ.
ރާއްޖޭ ގަޑިން މިއަދު ހެނދުނު ކުޅުނު މެޗުގައި އިންޓަ މަޔާމީ ބަލިވީ ކޮލަމްބަސް ކްރޫއާ ވާދަކޮށް 3-2 އިންނެވެ. މިއާ އެކު ކޮލަމްބަސް ކްރޫ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މީގެ އެއް މަސް ކުރިން، އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ދިފާއުކުރުމަށް ފަހު މެސީ އަދިވެސް ހުރީ، މުބާރާތުގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގަ އެވެ.
މިއަދު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު، ޕެރަގުއޭގެ ފޯވާޑް މެތިއުސް ރޯހާސްގެ ގޯލަކުން މަޔާމީން ލީޑު ނެގި އެވެ. ނިމިދިޔަ އޮލިމްޕިކްސްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޕެރަގުއޭ ޓީމުގައި ވިދާލި ޑިއޭގޯ ގޮމޭޒް، ދެވަނަ ހާފުގައި ލީޑު ފުޅާ ކޮށްދިނެވެ. އެކަމަކު އޭގެ ފަހުން ކޮލަމްބަސް ކްރޫއިން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.
އެޓީމުގެ ގޯލުތައް ޖަހައިދިނީ ކްރިސްޓިއަން ރަމިރޭޒް އާއި ޑިއޭގޯ ރޮސީ އެވެ. އެއްވަރު ކުރި ލަނޑާއި މޮޅުވި ލަނޑު ޖެހީީ ރޮސީ އެވެ.
މިދިޔަ އަހަރުގެ ލީގްސް ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައި މި ސީޒަންގެ ކޮންކާކަފް ޗެމްޕިއަންސް ލީގުން ޖާގަ ހޯދި އިންޓަ މަޔާމީ ވަނީ އެ މުބާރާތުން ވެސް ކަޓައިފަ އެވެ. ޗެމްޕިއަންސް ލީގުން ކެޓީ ކުއާޓާ ފައިނަލުންނެވެ.
މިދިޔަ އަހަރުގެ އެމެރިކާ ލީގު (އެމްއެސްއެލް) ތާވަލުގެ ފަހަތުގައި ނިންމާލި ނަމަވެސް، މިއަހަރުގެ ލީގުގައި އިންޓަ މަޔާމީ މިވަގުތު އޮތީ އެއްވަނައިގަ އެވެ. އަދި އެ ޓީމަށް ބާކީ ނުވަ މެޗު އެބައޮތެވެ. ލީގުގައި މިހާތަނަށް އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައި ވަނީ މެސީ އާއި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު 12 ގޯލު ޖަހައިފަ އެވެ.
17 އަހަރަށްފަހު ފިފްޕްރޯ ގަދަ 11އިން މެސީ ކަޓައިފި
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް
މެސީއަށް ދެން ދޭނެ އިސްކަމެއް ނެތް: ހޮންކޮން އެފްއޭ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
ހޮންކޮންގައި ކުޅެފައިނުވާތީ މެސީ މައާފަށް އެދިއްޖެ
މެސީގެ ނުކުޅޭތީ ޗައިނާއިން އާޖެންޓީނާގެ މެޗު ކެންސަލް
މެސީގެ ދޮށީ ދަރިފުޅު ތިއާގޯ ޔޫތު ޓީމުގައި ވިދުން ގަދަ
މެސީ މިލާނަށް ގެންނަން މަސައްކަތް ކުރިން: މަލްޑިނީ
ބެލޮންޑިއޯ އެވޯޑް އަށްވަނަ ފަހަރަށް މެސީ އަށް
މެސީއަށް ސީޒަން ނިމުނީ ފަހު މެޗުން ވެސް ބަލިވެގެން