Roadha Mihaaru
ސެމްސަންގުން ނޯޓް 7 އުފެއްދުން ހުއްޓާލަނީ

ސެމްސަންގުން ނޯޓް 7 އުފެއްދުން ހުއްޓާލަނީ

10 އޮކްޓޯބަރ 2016

ސެމްސަންގުން ނޯޓް 7 ބާޒާރަށް ނެރުމާ އެކު އޭގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ އަލިފާން ރޯވާ މައްސަލަ ޖެހުމުން ފޯނު ވިއްކުން މެދުކަނޑާލައި، މައްސަލަ ހައްލުކޮށްފައި ނެރުނު ކަމަށް ބުނި ފޯނުތަކުގައި ވެސް ރޯވާން ފެށުމުން އޭގެ ފޯނު އުފެއްދުން ވަގުތީގޮތުން މެދުކަނޑާލައިފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސެމްސަންގުން ނޯޓް 7 ބާޒާރަށް ނެރުމާ އެކު އޭގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ އަލިފާން ރޯވާ މައްސަލަ ޖެހުމުން ފޯނު ވިއްކުން މެދުކަނޑާލައި، މައްސަލަ ހައްލުކޮށްފައި ނެރުނު ކަމަށް ބުނި ފޯނުތަކުގައި ވެސް ރޯވާން ފެށުމުން އޭގެ ފޯނު އުފެއްދުން ވަގުތީގޮތުން މެދުކަނޑާލައިފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އޭޓީ އެންޑް ޓީ އާއި ޓީ މޮބައިލް އިން ނޯޓް 7 ވިއްކުން ހުއްޓާލިކަން އިއުލާނުކޮށްފައި ވަނިކޮށް ކޮރެއާގެ ޔޮންހެޕް ނިއުސް އެޖެންސީން ބުނި ގޮތުގައި ސެމްސަންގުން މިހާރު ވަނީ ނޯޓް 7 އުފެއްދުން ވެސް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފަ އެވެ. އެ ނިއުސް އެޖެންސީން މިހެން ބުނެފައި ވަނީ ނޯޓް 7 ގެ އޮފިޝަލް ސަޕްލަޔަރަކަށް ފޮނުވާފައިވާ މެމޯއަކާ ހަވާލާ ދީފަ އެވެ.

ނޯޓް 7 އުފެއްދުން ހުއްޓާލިކަން ސެމްސަންގުން އަދި އިއުލާނެއް ނުކުރެ އެވެ.

ސެމްސަންގުން ވަނީ ނޯޓް 7 ގައި ރޯވާ މައްސަލަ ޖެހުމާ އެކު، އެ ވިއްކުން ހުއްޓާލައިފަ އެވެ. މައްސަލަ ދިމާވީ މަދު އަދަދެއްގެ ފޯނުތަކަކަށް ކަމަށާއި މައްސަލަ ހައްލުކޮށްފި ކަމަށް ބުނެ ދެ ފަހަރެއްގެ މަތިން ނެރުނު ބައެއް ފޯނުތަކުގައި ވެސް ހަމަ ކުރީގެ މައްސަލަ ހުރެގެން ބައެއް މީހުން އެކަން ރިޕޯޓްކޮށްފައިވެ އެވެ. ސެމްސަންގުން ކުރިން ބުނެފައި ވަނީ ރޯވަނީ ބެޓެރީގެ މައްސަލައަކުން ކަމަށާއި މައްސަލަ އުޅެނީ ކޮރެއާ ކުންފުންޏަކުން ސަޕްލައިކުރި ބެޓެރި ބޭނުންކޮށްފައިވާ ފޯނުތަކުގައި ކަމަށެވެ.