Roadha Mihaaru
ސެމްސަންގް ގެލަކްސީ ނޯޓް 7 އަލުން މާކެޓަށް

ސެމްސަންގް ގެލަކްސީ ނޯޓް 7 އަލުން މާކެޓަށް

17 ސެޕްޓެމްބަރ 2016

ގެލަކްސީ ނޯޓް 7 އަށް ދިމާވި މައްސަލަ މުޅިން ހައްލުކޮށް ބާޒާރަށް ނެރުމަށްޓަކައި ސެމްސަންގް ތައްޔާރު ވަނީ އެވެ. އޮންލައިން ޚަބަރު ނޫސްތަކުން ބުނާ ގޮތުގައި، ނޯޓް 7ގެ ރަނގަޅު ފޯނުތައް ކެނެޑާ އަށް ލިބެމުން އެބަ ދެ އެވެ.

ގެލަކްސީ ނޯޓް 7 އަށް ދިމާވި މައްސަލަ މުޅިން ހައްލުކޮށް ބާޒާރަށް ނެރުމަށްޓަކައި ސެމްސަންގް ތައްޔާރު ވަނީ އެވެ. އޮންލައިން ޚަބަރު ނޫސްތަކުން ބުނާ ގޮތުގައި، ނޯޓް 7ގެ ރަނގަޅު ފޯނުތައް ކެނެޑާ އަށް ލިބެމުން އެބަ ދެ އެވެ.

ސެމްސަންގުން ސީއެންއެން އަށް މައުލޫމާތު ދިން މީހަކާ ހަވާލާދީ އެ ޗެނަލުން ބުނީ، ރަނގަޅު ފޯނުތައް ފުރަތަމަ ވިއްކަން ފަށާނީ ސައުތު ކޮރެއާގައި ކަމަށެވެ. މައްސަލަ ދިމާވި ފޯނުތަކުގައި ބަދަލުގައި އާ ފޯނުތައް ގައުމުތަކަށް ދޫކުރަން ފަށާނީ ސެޕްޓެމްބަރު 28 ގައި، ސައުތު ކޮރެއާ އަށް ފަހުގައި ކަމަށް ބުނެފައިވެ އެވެ.

ގެލަކްސީ ނޯޓް 7 މާކެޓަށް ހަމަ ނެރުނުތަނުން ބައެއް ފޯނުތަކަށް ދިމާވި މައްސަލާގައި ވަނީ ނުރައްކާތެރި ހާލަތްތައް މެދުވެރިވެފަ އެވެ. ބައެއް ފޯނުތަކުގެ ބެޓެރީ ގޮވުމުގެ ސަބަބުން ބައެއް މީހުން ފިހި އަލިފާނުގެ ހާދިސާތައް ވެސް ހިނގި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ސެމްސަންގުން ވަނީ އެ ހިސާބުން ފޯނުތައް އަނބުރާ އަތުލަން ފަށާފަ އެވެ. އޭގެ ބަދަލު ވަރަށް ދީލަތި ގޮތަކަށް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ފޯނު ބަދަލުކުރަން އެދޭ ހުރިހާ އެންމެން ސެމްސަންގަށް ފޯނު ރައްދުކޮށް ދިނުމަށް ވެސް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މައްސަލަ ޖެހިދާނެ ކަމަށް ބެލެވޭ ނޯޓް 7 އެއްވެސް މީހަކު ގެންގުޅޭ ނަމަ އަދި އެ ފޯނު ބަދަލުކުރަން ނޭދޭ ނަމަ، ދިމާވެދާނެ ދެރައަކުން ރައްކާތެރިކުރުމަށްޓަކައި، އެ ފޯނެއް ރިމޯޓްކޮށް "ލޮކް"ކުރުމަކީ ވެސް ކުރަން ޖެހިދާނެ ކަމެއް ކަމަށް ބުނެވުނެވެ. އެހެން ނަމަވެސް ސެމްސަންގް އޮފިޝަލް ވެބްސައިޓްގައި އެހެން ބުނެފައެއް ނުވެ އެވެ. ސެމްސަންގުން ބުނީ އެ ކުންފުނިން އާންމުކުރާ ޚަބަރުތައް ވެބްސައިޓަށް އަރާނެ ކަމަށެވެ. އެކަމަކު ސެމްސަންގުން އެކަން އެ ގޮތަށް ނުކުރާނެ ކަމަކަށް ވެސް ނުބުނެ އެވެ.