Roadha Mihaaru
ގެލަކްސީ ނޯޓް 7: ބާރުގަދަވެފައި ލޫޅާފަތި

ގެލަކްސީ ނޯޓް 7: ބާރުގަދަވެފައި ލޫޅާފަތި

08 އޯގަސްޓް 2016

ސެމްސަންގް ގެލަކްސީ ނޯޓް ސީރީޒުގައި، ނޯޓް 7 އަށް ވުރެ ރީތި ފޯނެއް ނެތެވެ. ފަރިކަން ސިފަކުރަން ބޭނުންކުރެވޭ ބައެއް ލަފުޒުތައް، ގެލަކްސީ ނޯޓް 7 ސިފަކުރަން އެކަށީގެން ވެ އެވެ. ނޯޓް 7 އާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަތަކަށް ނިމުމެއް ނެތެވެ. މި އޮތީ ވެސް ވާހަކައެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމްސަންގް ގެލަކްސީ ނޯޓް ސީރީޒުގައި، ނޯޓް 7 އަށް ވުރެ ރީތި ފޯނެއް ނެތެވެ. ފަރިކަން ސިފަކުރަން ބޭނުންކުރެވޭ ބައެއް ލަފުޒުތައް، ގެލަކްސީ ނޯޓް 7 ސިފަކުރަން އެކަށީގެން ވެ އެވެ. ނޯޓް 7 އާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަތަކަށް ނިމުމެއް ނެތެވެ. މި އޮތީ ވެސް ވާހަކައެކެވެ.

ގެލަކްސީ ނޯޓް 7 ތައާރުފުކުރުމުގެ މާ ކުރިން ވެސް އެނގޭ ކަމެއް އޮތެވެ. ނޯޓް 7ގެ އިންޓާނަލް ސްޓޯރޭޖް 64ޖީބީ އަށް ވުރެ ދަށް ނުވާނެ ކަމެވެ. އެ މޮޑެލްގައި 32ޖީބީ އަދި ނެތެވެ. އެކަމަކު ޗައިނާ މާކެޓަށް އަމާޒުކޮށް ނެރޭ، ދެ ސިމް ނޯޓް 7 ގައި، 128ޖީބީ އިންޓާނަލް ސްޓޯރޭޖް ހުންނާނެ ކަމަށް، މައުލޫމާތުން ވައްކަންކުރި މީހުން ކުރިން ވެސް ބުންޏެވެ. އެ ވާހަކަތަކުގައި ހަގީގީ ކުލަވަރު ޖެހެން އުޅޭ ކަލަ ނިޝާންތަކެއް މިހާރު އެބަ ފެނެ އެވެ. ޗައިނާގެ މޮބައިލް އޮޕަރޭޓަރުން އެ ވާހަކަ އެބަ ދައްކަ އެވެ.

ނޯޓް މަރުކާގެ ފޯނުތައް އަބަދުވެސް ތާރީޚުގެ ތެރެއަށް ވަދެ އެވެ. ސްމާޓްފޯން މާކެޓްގައި ހުރި ހުރިހާ ފޯނުތަކެއްގެ މައްޗަށް ގަދަވެގަންނާތީ އެވެ. ނޯޓް އާއިލާ އަށް "އެސް ޕެން" ޚާއްސަ ވާތީ އެވެ. ނޯޓް އާއިލާ ޖާނުން ވަރުގަދަ އެވެ. މިހާރު ބަދަލުވަމުން ދަނީ ބުރުސޫރަ ރީތި އާލާތްތަކަކަށެވެ. ލޫޅާފައްޗެވެ. ތުންޏެވެ.

ނޯޓް 7ގެ ރީތިކަމާ ހެދި ވެސް ފޯނު ގަންނަން އެދޭ މީހުން ގިނަ އެވެ. ބްލޮގް/ފޯރަމްތަކުގައި ދައްކާފަަައި ހުރި ވާހަކަތަކަށް ބަލާއިރު، ކޮންމެހެން ވެސް ނޯޓް 7 ގަންނަން ޖެހެ އެވެ. ނޯޓް 7 ގަންނަން ރާއްޖޭގައި ވެސް އެތައް ބަޔަކު ފައިސާ އެއްކުރަނީ އެވެ.