22 ސެޕްޓެމްބަރ 2016
ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ވަފާތެރިން ކުރި އިންތިޒާރު އުފާވެރިއެއް ނޫނެވެ. ނޯޓް 7 ބާޒާރަށް ހަމަ ނެރުތަނުން މާ ބޮޑަށް ބެޓެރީ ހޫނުވެ ބައެއް ފޯނުތައް ގޮވައި ބައެއް މީހުން ވަނީ ފިހިފަ އެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ވަފާތެރިން ކުރި އިންތިޒާރު އުފާވެރިއެއް ނޫނެވެ. ނޯޓް 7 ބާޒާރަށް ހަމަ ނެރުތަނުން މާ ބޮޑަށް ބެޓެރީ ހޫނުވެ ބައެއް ފޯނުތައް ގޮވައި ބައެއް މީހުން ވަނީ ފިހިފަ އެވެ.
ސެމްސަންގަށް ދިމާވެފައި އެ ވަނީ ހަޔާތުގައި ވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ގެއްލުމަކާ އެވެ. އެ ހާލަތުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގައި، ބެޓެރީ ހޫނުވާން ދިމާވި މައްސަލަ ދާދި އަވަހަށް ވަނީ ހައްލުކޮށްފަ އެވެ. މައްސަލަ ޖެހުނު ފޯނުތައް އަތުލައި، އާ އަދަދުތައް މިހާރު ވަނީ ބަހަން ވެސް ފަށާފަ އެވެ.
ނޯޓް 7ގެ ރަނގަޅު އަދަދުތައް ފާހަގަކުރާނެ ގޮތް ސެމްސަންގުން ވަނީ ކިޔައިދީފަ އެވެ. ސެމްސަންގުން ބުނާ ގޮތުގައި ރަނގަޅު ނޯޓް 7 ފާހަގަކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ، ސްކްރީންގެ ކަނާތް ފަރާތު ކަނުގައި އިންނަ ބެޓެރީ އައިކަން އެވެ. ރަނގަޅު ނޯޓް 7 ގައި އެ އައިކަން އިންނާނީ ފެހި ކުލައިގަ އެވެ. ފޯނު ނިއްވާލަން "ޕަވާ ބަޓަން" އަށް ފިތާލުމުން ވެސް ފެހި ކުލައިގެ ބެޓެރީ އައިކަން ފެންނާނެ އެވެ. އަދި ސްކްރީން "ލޮކް" ކުރުމުން ފެންނަ "އޯލްވޭސް-އޮން ޑިސްޕްލޭ" ގައި ވެސް އެ ބެޓެރީ އިންނާނީ ފެހި ކުލައިގަ އެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު ނެރުނު އާ ފޯނުތައް ޗެކްކުރުމަށްޓަކައި ސެމްސަންގުން ދައްކާފައި ހުރި ނަމޫނާ މިސާލު
ގެލެކްސީ ނޯޓް 7 ގަންނައިރު ވެސް އެއީ ރަނގަޅު ފޯނެއްތޯ ބެލެ އެވެ. އެއީ ޕެކިނުންނެވެ. ނޯޓް 7 ލާފައި އޮންނަ ފޮށީ ބޭރު ލޭބަލްގައި ކަޅު ހަތަރެސްކަން މާކެެއް ފެންނަން އިންނާނެ ކަމަށް ސެމްސަންގުން ބުނެ އެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 7: ބެޓެރީ ރަަނގަޅު ފޯނެއްކަން ކަށަވަރުކުރުމަށް ފޮށީގައި ކަޅު ހަތަރެސްކަން މާކެއް
ތިޔަ ގެންގުޅޭ ނޯޓް ހަތަކީ ބަދަލުކުރަން ޖެހޭ ފޯނެއްތޯ ބެލުމަށް ސެމްސަންގް ވެބް ސައިޓްގައި ޚާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފަ އެވެ. ނޯޓް 7ގެ "އައިއެމްއީއައި" ނަންބަރު ޖަހާލުމުން، ކަމުނުދާ ފޯނެއް ނަމަ ބުނެދެ އެވެ.
Galaxy Note7 Safety Recall and Exchange Program
Samsung has announced a voluntary recall and exchange program on certain Galaxy Note7 devices in cooperation with the U.S. Consumer Product Safety Commission (CPSC). The affected devices were sold in the U.S. before September 15, 2016. Since the affected devices can overheat and pose a safety risk,…
ސެމްސަންގް ވެބް ސައިޓް: ބަދަލުކުރަން ޖެހޭ ނޯޓް 7 ނަމަ "އައިއެމްއީއައި" ނަންބަރު ޖަހާލާ
ސެމްސަންގުން ނޯޓް 7 އަލުން ބާޒާރަށް ނެރެފާނެ
ނޯޓް 7 ގަތް މީހުން ހިފަހައްޓަން 100 ޑޮލަރު ދެނީ
ނޯޓް 7 އާ އެކު ސެމްސަންގް ވެސް އަޅިއަށް ވެދާނެ
ނޯޓް 7 ވިއްކުމާއި ބޭނުންކުރުން ވެސް ހުއްޓާލަން އެދެފި
ސެމްސަންގުން ނޯޓް 7 އުފެއްދުން ހުއްޓާލަނީ
ނޯޓް 7 އަލުން ބާޒާރަށް، ހޫނު ތަރުހީބެއް
މޯލްޑިވިއަންގައި ނޯޓު 7 ބޭނުންކުރުން މަނާކޮށްފި
ސެމްސަންގް ގެލަކްސީ ނޯޓް 7 އަލުން މާކެޓަށް
ގެލަކްސީ ނޯޓް 7: ބާރުގަދަވެފައި ލޫޅާފަތި
ކަޅި ދެނެގަންނަ ސެންސަަރެއް ހިމެނޭ ނޯޓު 7 ދައްކާލައިފި