14 މާޗް 2020
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ވަޒީފާ އަދާނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ދަރުމަވެރިންގެ ގޮތުގައި ނުކުމެ ޚިދުމަތްކުރުން ވަރަށް މުހިއްމު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ވަޒީފާ އަދާނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ދަރުމަވެރިންގެ ގޮތުގައި ނުކުމެ ޚިދުމަތްކުރުން ވަރަށް މުހިއްމު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ސިއްހީ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކޮށްގެން ތިބި މީހުން، އެކި ސަބަބުތަކާ ހެދި ގޭގައި އެބަ ތިބޭ ކަމަށެވެ. މަތީ ތައުލީމާއި ފަންނީ ތަމްރީން ހޯދާފައިވާ ޑޮކްޓަރުންނާއި ނަރުހުން އަދި ހެލްތު ވޯކަރުންގެ އެހީތެރިކަން މިފަދަ ހާލަތެއްގައި ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް އަބަދު ވެސް ބާރު ބޮޑު ކަމަށާއި އެކަމަކު މިފަދަ ހާލަތެއްގައި، އެ އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ކޮވިޑް-19 ގައި ރާއްޖެ އޮތް ހާލަތު އިތުރަށް ސީރިއަސް ނުވަނީސް، ސިއްހީ ދާއިރާއިން ރިޓަޔާކޮށްފައި ނުވަތަ ވަޒީފާއިން ވަކިވެފައި ތިބި މީހުން ހޯދައި އެމީހުންގެ މައުލޫމާތު ހޯދަންޖެހޭނެ ކަމަށެވެ.
"ސިއްހީ ނިޒާމު ބޭރުގައި ފަންނީ ކިހާ މީހުންނެއްތޯ. އެމީހުންގެ އަދަދު އެނގެން ޖެހޭ ގައުމީ ލެވެލްވައި މަސައްކަތްކުރާ ބަޔަކަށް. ލަސް ނުވަނީސް އެކްސެސްވާންޖެހޭ އެމީހުންނަށް. ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަން ސްޓްރެޗްވުގެ ކުރިން ވޮލިންޓިއާކޮށް މަސައްކަތަށް ނުކުންނަ މީހުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ހޯދަން ޖެހޭނެ،" ހެލްތު މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އަފްއާލް ވިދާޅުވި އެވެ.
#ކޯވިޑް19 ވަރަށް ގިނަ ޞިއްޙީ ފަންނުވެރިން ވަޒީފާ އަދާ ނުކޮށް އެކިސަބަބުތަކަށްޓަކައި ގޭގައި ތިބޭ. ގައުމުގައި ފުރަތމަ ފަހަރަށް އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާ މިދަނޑިވަޅުގައި އެފަދަ ފަރާތްތަކުން ދަރުމަވެރިންގެ ގޮތުގައި ނުކުތުން ވަރަށް މުހިންމު.
— Afaal?? (@ahmedafaal) March 13, 2020
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 10 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އެ އެންމެންނަށް ވެސް އަންނަނީ ފަރުވާ ދެމުންނެވެ.
އަފްއާލް ވިދާޅުވިގޮތުގައި، އެ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުން އަންނަ ސިއްހީ ހިދުމަތްތެރިން ކަރަންޓީން ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އޭރުން ސީދާ މަސައްކަތަށް ބޭނުންވާ މީހުން މަދުވެގެންދާނެކަމަށް ވިދާޅުވި އެވެ. ނަމަވެސް މިހާރު ހިދުމަތުގައި ތިބި މީހުންނާ ބައިވެރިވެގެން، ވޮލެންޓިއާ ކޮށްފިނަމަ އާއްމުންގެ އިތުބާރު ބޮޑުވާނެކަން ފާހަގަކުރެއްވި އެވެ.
"އަމިއްލަ ތަންތަންގެ އެހީތެރިކަމުގެ އިތުރުން، ސިއްހީ ފަންނުވެރިން ކޮންމެ ވެސް އެއް ޕޮއިންޓެއްގައި މި އެންމެންގެ އެހީތެރިކަން ދިނުން ވަރަށް މުހިއްމު،" އަފްއާލް ވިދާޅުވި އެވެ.
ރިޓަޔާކޮށްފައި ނުވަތަ ސިއްހީ ދާއިރާއިން ވަކިވެފައި ފުދޭވަރަކަށް މީހުން ތިބޭނެކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން، 1982 ވަނަ އަހަރު ރާއްޖޭގައި ޝިގެއްލާ ފެތުރިގެން އުޅުނުއިރު ޚިދުމަތުގައި ތިބި ބައެއް މީހުން މިހާރު ވެސް ތިބޭނެ ކަމަށާއި އެ ހިދުމަތްތެރިންގެ އެހީތެރިކަން، ކޮންމެ ވެސް ސިފައެއްގައި ހޯދޭނެކަމަށް ވިދާޅުވި އެވެ.
"މިފަދަ ކަމަކަށް ވިސްފާއި މަސައްކަތް ކޮށްފިނަމަ ވަރަށް ޕޮޒިޓިވް އައުޓްކަމެއް ލިބޭނެ އެމީހުން ވޮލެންޓިއާ ކޮށްފާނެ. ވިސްނަންޖެހޭނީ [ސިއްހީ ދާއިރާ] ސްޓްރެޗްވާނެ ކަމަށް. އިތުރަށް ގޯސްވެއްޖެނަމަ އެންމެ ބޮޑަށް ދައްޗަށް ވާނީ ވޯކް ފޯހަށް ބޭނުންވާ މީހުން،" އަފްއާލް ވިދާޅުވި އެވެ.
ސިއްހީ ހިދުމަތްތެރިންނަށް އެހީވާނަން: ރައީސް
މެޑިކަލް ނެތި ބިދޭސީން އައުން: ނުރައްކަލަށް ދައުވަތު!
އެޗްއީއޯސީ އަށް ހެލްތު ވޯކަރުން ހޯދަން އިއުލާނުކޮށްފި
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ
ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެނެސްފި
ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެންނަނީ
ބޭރުގައި ތިބި ސިއްހީ ފަންނުވެރިންގެ އެހީއަށް އެދިއްޖެ
ކޮވިޑަށް ފަރުވާ ދިން ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ