21 މާޗް 2020
ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް، ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެންނަން ނިންމައިފި އެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް، ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެންނަން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ، ނޭޕާލްގައި ދިވެހި ދަރިވަރުން ކިޔަވާ އަދި މަސައްކަތްކުރާ ޔުނިވާސިޓީތަކުން އެ ދަރިވަރުންނަށް "އެމަޖެންސީ ލީވް" އެއް ފަހިކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް ޓީމަށް އެހީތެރިވުމަށް ނޭޕާލުން ފުރަތަމަ ޓީމް މިރޭ އެ ގައުމުގެ ގަޑިން 9:00 ގައި ފުރާނެ އެވެ. ދެ ވަނަ ޓީމް މާދަމާ އަންނާނެ ކަމަށް ވެ އެވެ.
ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް މިހާރު ކިޔަވާ 40 އަށްވުރެ ގިނަ ޑޮކްޓަރުން އެބަ ތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ.
ސަރުކާރުގެ ހަރަދުގައި ގެންނަނީ އޭގެ ތެރެއިން ރާއްޖެ އަންނަން ބޭނުން ދަރިވަރުން އެކަންޏެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑު ކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިިވުމަށް ނޭޕާލްގައި ކިޔަވާ ދަރިވަރުން ގެންނަން ނިންމިއިރު، އެކަމަށް ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިން އެހީތެރިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިއަދު އެދިވަޑައިގެންފި އެވެ.
ހެލްތު މިނިސްޓްރީން ކުރި ޓްވީޓުގައި ބުނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި، ބޭރުގައި ތިބި ދިވެހި ޑޮކްޓަރުންނާއި ސިއްހީ އެހެން ދާއިރާތަކުގެ މަސައްކަތްތެރިން ގުޅުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންފައިވާ ކަމަށެވެ.
އޭނާ ކުރިން ވިދާޅުވީ ބަލި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ އެ ބަލި ފެތުރޭ މިިންވަރު ލަސްކުރުން ކަމަށެވެ. އެކަމުގައި މިހާރު ވަޒީފާގައި ތިބި އަދި ސިއްހީ ދާއިރާއިން ދުރަށް ޖެހިފައި ތިބި މީހުން ވެސް ނުކުތުމަށް ގޮވާލެއްވި އެވެ.
ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު ފެނިފައިވާއިރު އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެހެންވެ އެ ބަލީގައި މިހާރު ފަރުވާ ފެމުން އަންނަނީ 10 މީހަކަށެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ޓެސްޓުން ފާސްވީ ކޮންޓެކްޓް ޓްރޭސިންއަށް ތައްޔާރުވުމުން
ސިއްހީ ހިދުމަތްތެރިންނަށް އެހީވާނަން: ރައީސް
ބޭރުގައި ތިބި ސިއްހީ ފަންނުވެރިންގެ އެހީއަށް އެދިއްޖެ
ރާއްޖެއަކީ ކޮންޓްރޯލް ކުރުމުގައި ނަމޫނާއެއް: މިނިސްޓަރު
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
އެޗްއީއޯސީ އަށް ހެލްތު ވޯކަރުން ހޯދަން އިއުލާނުކޮށްފި
ހާމަކުރީ މިނިސްޓްރީން ދިން މައުލޫމާތު: މަބްރޫކް
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
ކޮވިޑް ކޮންޓްރޯލްކުރުމުގެ މަސައްކަތް މަޖިލީހުން ބަލަނީ
އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން މަޝްވަރާކޮށްފި