16 އޯގަސްޓް 2020
ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޭރު ހާމަކުރެއްވި ހެލްތު މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތައް ކަމަށާއި އެކަމުގެ ޒިންމާ ހެލްތު މިނިސްޓްރީން ނަގަން ޖެހޭނެ ކަމަށް، ކޮވިޑާ ގުޅޭގޮތުން އޭރު މައުލޫމާތު ދެއްވަމުން ގެންދެވި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޭރު ހާމަކުރެއްވި ހެލްތު މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތައް ކަމަށާއި އެކަމުގެ ޒިންމާ ހެލްތު މިނިސްޓްރީން ނަގަން ޖެހޭނެ ކަމަށް، ކޮވިޑާ ގުޅޭގޮތުން އޭރު މައުލޫމާތު ދެއްވަމުން ގެންދެވި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން އޮޑިޓް އޮފީހުގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އެނގޭއިރު، އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ފާހަގަވަނީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކުރުމުގެ ކަންކަމެވެ.
ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ކަމަށެވެ. އެކަމަކު އޮޑިޓް ރިޕޯޓުގައި ވަނީ އެއީ ބޮޑު ދޮގެއް ކަން ހާމަވާ ވަރަށް ޑަބްލިއުއެޗްއޯއާ ހަވާލާދީ މައުލޫމާތު ހިމަނައިފަ އެވެ.
އެ ވެންޓިލޭޓަރުތަކުގެ ތަފްސީލުތައް އެންމެ ފުރަތަމަ ހާމަކުރެއްވީ، ސަރުކާރުގެ ގިނަ އިދާރާތަކެއް ބައިވެރިވެގެން އޭރު މަސައްކަތް ކުރަމުން ދިޔަ އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަބްރޫކެވެ.
ނަމަވެސް އެ އޮޑިޓް ރިޕޯޓާ ގުޅިގެން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް "މިހާރު" އަށް ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޭރު ހާމަކުރެއްވީ ހެލްތު މިނިސްޓްރީން ދިން މައުލޫމާތުތައް ކަމަށެވެ. އެ މައުލޫމާތުތައް ކަށަވަރުކުރަން ވެސް މަސައްކަތް ކުރައްވާފައި ހުންނާނެ ކަމަށާއި އެކަމަކު އެކަން ކޮށްދޭ އިސް ފަރާތަކީ ހެލްތު މިނިސްޓްރީ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމުގެ ތުހުމަތުތައް ކުރެވެމުން ދިއުމުގެ ސަބަބުން ނިއުސް ކޮންފަރެންސްތަކުގައި ވެސް ވެންޓިލޭޓަރާ ގުޅޭގޮތުން ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުވި އެވެ. އެހެންވެ އެކަން ހިނގައިދިޔަ ގޮތް ސާފުކުރައްވަން، އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަސައްކަތްކުރެއްވި ކަމަށް ވިދާޅުވި އެވެ.
"..އަޅުގަނޑަށް މައުލޫމާތު ލިބުނީމަ، މިހާރު ވެރިފައި ކުރަން ވެސް އޮންނަނީ [ހެލްތު] މިނިސްޓްރީތާ ދެއްތޯ. ދެން މިނިސްޓްރީން މިވެނި ގޮތަކަށް ކުރެވުނު ކަމެއް ވީމަ އަޅުގަނޑުގެ ޖޮބަކީ އެ ވާހަކަ ކިޔައިދިނުން ޕަބްލިކްލީ. އެ ވާހަކައަކީ އަޅުގަނޑު ކައިރި އެކަންޏެއް ނޫން، އެންއީއޯސީ މީޓިންތަކުގައި ވެސް ފަހުން މަޖިލީހުގައި ވެސް ހަމަ ހެލްތު މިނިސްޓްރީން ދެއްކެވި ވާހަކައެއް،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެންޓިލޭތަރުތަކާ ގުޅޭގޮތުން ކިޔައިދެވޭނެ އެންމެ ތަފްސީލުކޮށް މައުލޫމާތު ހާމަކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ އެއްޗެހި ގެންނަން ހަވާލުކުރި ކުންފުނިތަކުގެ ނަންތަކާއި ކޮންޓްރެކްޓް ހަވާލުކުރި ތާރީހާއި ރާއްޖެ ގެންނަން ހަވާލުކުރި ތާރީހު ވެސް ހާމަކޮށްފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އޭގެ އިތުރުން އިންވޮއިސްކޮށްފައި ހުރި އަދަދާއި ކޮން ވައްތަރެއްގެ ވެންޓިލޭޓަރެއް ގެންނަން ކަމާއި މި ހުރިހާ ތަފްސީލެއް އަޅުގަނޑު ހުންނާނެ ކިޔައިދީފައި،"
އެ މައުލޫމާތުތައް ހިއްސާކުރެއްވުމަށްފަހު ވެސް، އޭނާގެ ޒިންމާއަކީ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން މައުލޫމާތު ކަށަވަރުކުރުމަށްފަހު އާއްމުންނަށް ކިޔައިދިނުން ކަމަށާއި އެގޮތަށް ކިޔައިދެވުމުން ރައްޔިތުންނަށް ވެސް އަދި އެކަމުގައި ފާރަވެރިވާންޖެހޭ މުއައްސަސާތަކުން ވެސް ކުރަންޖެހޭ ކަންތައްތަކުގައި އެ ބޭފުޅުންގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށާއި ކަންތައް ކޮށްފައި ހުންނާނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުގެ ކަންތައްތަކުގައި ވަކި މީހެއްގެ މޫނަކަށް ބެލުމަށްނެތި އެކަމުގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
"މިކަމަށް ޖެހޭނެ ޖަވާބުދާރީވާން ހެލްތު މިނިސްޓްރީން،" މަބްރޫކް ވިދާޅުވި އެވެ.
ގުދަނުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް ބުނެ އެ ކުންފުނިން އެއްބަސްވީ ދެ ހަފުތާ ތެރޭގައި އެ ތަކެތި ފޯރުކޮށްދޭށެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރިތާ ހަތަރު މަސް ވި އިރު ވެސް ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީއާ ހަވާލެއް ނުކުރެވުނެވެ.
ވެންޓިލޭޓަރުތައް ހަމައަށް ހަވާލުނުކުރުމަކީ އޮޑިޓް އޮފީހުން ތުހުމަތުކުރާ ގޮތުގައި އެގްޒެކިއުޓާސް އިން މިކަމުގައި އޮޅުވާލާފައިވުމެވެ.
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ދުބާއީ ކުންފުންޏާ އެކު ހެލްތުން ސީދާ މަކަރާއި ހީލަތް!
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާގެ މައުލޫމާތަށް
ކޮރަޕްޝަންގެ އަޑީގައި ހުރީ މިނިސްޓަރު އަމީރު: ޝިޔާމް
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން