26 މާޗް 2020
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ކޮރޯނާވައިރަހަށް ޕޮޒިޓިވް ބައެއް ރާއްޖޭން ފެނުނު ފަހުން ރައީސް ބޭއްވެވި ފުރަތަމަ މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވީ މި ދަނޑިވަޅުގައި އިސް ސަފަށް ނުކުމެ، ފުރާނަ އަތްމައްޗަށް ލައިގެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ. އެ މީހުންނަށް ހާއްސަ ގޮތްތަކެއް ރާވަމުން އަންނަކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރަނގަޅު އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ.
ބައެއް ގައުމުތަކުން ވެސް އަންނަނީ ކޮވިޑް-19ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ އެލަވަންސްތަކެއް ދިނުމަށް ނިންމައިފަ އެވެ. މީގެ ތިން މަސް ކުރިން ޗައިނާގައި ފެތުރެން ފެށި ރޯގާގެ އަސަރު 471،821 މީހުންނަށް ޖެހިފައިވާއިރު އޭގެ ތެރެއިން 21،297 މީހުން ވަނީ މަރުވެފަ އެވެ.
ރާއްޖެ އިން ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް 13 މީހަކު ފެނިފައިވެ އެވެ. އެތަނުން އަށް މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފަކާއި 11 ޓޫރިސްޓުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރި، އިގުތިސާދަށް ބޮޑު ހީނަރުކަމެއް އައީ މިއަހަރުގެ ތެރޭގައި ހުރިހާ މުސާރަތަކަކަށް ވެސް ހެޔޮ ބަދަލެއް ގެންނަން ރާވަފައިވަނިކޮށް ކަމަށެވެ. އެކަމުގެ ދިރާސާތައް ވެސް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި ހާލަތުގައި އެ އިއުލާނުކުރުން ފަސްކޮށްލީ. އެ ހާމަނައިޒްކުރީމަ ވެސް ދައުލަތުގެ ބަޖެޓަށް އެބަ އަރާ މަހެއްގެ މައްޗަށް ހަތް ބިލިއަން ރުފިޔާ. އެއީ ރާވާފައިވާ އޮތް ކަމެއް. ނަމަވެސް މި ދަނޑިވަޅުގައި އެއީ ކުރެވޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"މި ވަގުތަށް ޖެހޭނީ ފަސްކޮށްލަން. ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާ ވެސް އެ ހިދުމަތްތެރިންނަށް ރަނގަޅު އިނާޔަތެއް ލިބެންޖެހޭކަން ގަބޫލުކުރަން."
ރައީސް އިއްޔެ ވިދާޅުވި ގޮތުގައި މި ވަގުތު ރައްކާތެރިކަމުގެ ގޮތުން ކުރާ ހުރިހާ ކަމެއްގައި ވެސް އިހު ބަސް ވެސް އަދި ފަހު ބަސް ވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުންނެވެ. އެހެންވެ ރައްޔިތުން ވެސް ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް އެދިވަޑައިގަތެވެ.
ސިއްހީ ޚިދުމަތްތެރިންނަށް އަމީން ދެއްވީ ސާބަސް
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް
ހުރިހާ ބަހެއް ބުނާނީ ސިއްހީ ދާއިރާގެ މީހުން: ރައީސް
ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެންނަނީ
ބޭރުގައި ތިބި ސިއްހީ ފަންނުވެރިންގެ އެހީއަށް އެދިއްޖެ
ކޮވިޑަށް ފަރުވާ ދިން ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ
ގޭގައި ތިބި ސިއްހީ ފަންނުވެރިން ނުކުންނަވާ: އަފްއާލް
އިގްތިސާދަށް ވަރަށްބޮޑު ހީނަރުކަމެއް އަންނާނެ: ރައީސް
އެތެރެވެފައި ތިބީ އެންމެ ރަނގަޅު ޑޮކްޓަރުންނެއް ނޫން!