Roadha Mihaaru
އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން މަޝްވަރާކޮށްފި

އަތޮޅުތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން މަޝްވަރާކޮށްފި

01 އޯގަސްޓް 2020

އަތޮޅުތަކުގައި ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު މަޝްވަރާކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަތޮޅުތަކުގައި ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު މަޝްވަރާކޮށްފި އެވެ.

މިދިޔަ މާޗު މަހު ކޮވިޑް-19 ރާއްޖެ އިން ފެނުނު ފަހުން ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އޭޕްރިލް 15 ގައި މާލެ އިން ބަލި ފެނުމާ ގުޅިގެން، މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ފަހު، ލުއި ދޭން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅެވެ. އެއަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެެވެ. އޭގެ ތެރޭގައި ރަށްރަށުގައި ކަރަންޓީން ފުރިހަމަކުރާ މީހުން ވެސް ހިމެނެ އެވެ.

ހެލްތު މިނނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެޗްއީއޯސީގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރީ އަތޮޅުތަކުގައި ހިންގާ ކޮވިޑްގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނާއި ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލްުކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި އާންމު ތަންތަނުގައި އުުޅޭ އިިރު މާސްކު އެޅުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ. މިއީ މާލެ ސަރަހައްދުގައި މާސްކު ނާޅާ އުޅޭ މީހުން 1،000ރ. އިން ޖޫރިމަނާ ކުރަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ކުރިން ދީފައިވާ ލުއިތައް އަނބުރާ ގެންދަން ޖެހިދާނެ ކަމަށް ވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ އިޝާރާތްކުރެއްވި އެވެ. އޭގެ ތެރޭގައި ސެލޫންތަކާއި ރެސްޓޯރަންޓް ފަދަ ތަންތަން އަލުން ބަންދުކުރުން ހިމެނެ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެ އިން 3،797 މީހުން ޕޮޒިޓިވްވެފައިވާ އިރު، ފަރުވާ ދެމުން އަންނަނީ 1،155 މީހުންނެވެ. މި ބަލި ޖެހުނު 16 މީހަކު ވަނީ މަރުވެފަ އެވެ.