Roadha Mihaaru
ދިވެހިިންނަށް ލަންކާއިން އޮންއެރައިވަލް ވިސާ ލިބޭނެ

ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް އަދިވެސް ލަންކާއަށް ދަތުރު ކުރެވޭނެ: ފޮރިން މިނިސްޓްރީ

11 މާޗް 2020

ސްރީ ލަންކާ އިން އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލިޔަސް، ކުރިއެކޭ ވެސް އެއްގޮތަށް ދިވެހިންނަށް، ކުރިން ވިސާ ނެގުމެއް ނެތި ލަންކާއަށް ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާ އިން އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލިޔަސް، ކުރިއެކޭ ވެސް އެއްގޮތަށް ދިވެހިންނަށް، ކުރިން ވިސާ ނެގުމެއް ނެތި ލަންކާއަށް ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ހެދި ލަންކާ އިން މިއަދު ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ. އެގޮތަށް ލަންކާއިން ނިންމީ އެ ވައިރަސް ހުރި ލަންކާ މީހަކު ފުރަތަމަ ފަހަރަށް އެ ގައުމުން ފެނުމާ ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިހާރު ވެސް އޮންނަ އުސޫލުގެ ތެރެއިން ދިވެހިންނަށް ކުރިން ވިސާ ނެގުމެއް ނެތި ލަންކާއަށް އަދިވެސް ދަތުރު ކުރެވޭނެ ކަމަށެވެ. އެކަމަކު ލަންކާއަށް ދަތުރު ކުރުމުގައި ވެސް އެ ގައުމުގެ ސަރުކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް އިލްތިމާސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގެ އިތުރުން ތައިލެންޑުން ވެސް މިއަދު ވަނީ ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލައިފަ އެވެ. އެކަމަކު އޭގެ ތެރޭގައި ރާއްޖެއެއް ނުހިމެނެ އެވެ.