09 އޮކްޓޯބަރ 2016
ބަޣުދާދު (އޮކްޓޯބަރު 9) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އެއް ޒަމާނެއްގައި އޮތް ބިންތަކުގެ ތެރޭން ހަތަރު ބައިކުޅަ އެއްބައި ބިން ގެއްލިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ބަޣުދާދު (އޮކްޓޯބަރު 9) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އެއް ޒަމާނެއްގައި އޮތް ބިންތަކުގެ ތެރޭން ހަތަރު ބައިކުޅަ އެއްބައި ބިން ގެއްލިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ސެކިއުރިޓީ އަދި ދިފާއީ އެނަލިސްޓް އައިއެޗްއެސް އިން ބުނީ ޖެނުއަރީ 2015 ގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން 28 ޕަސެންޓް މިހާރު ގެއްލިފައިވާ ކަމަށެވެ. މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ތެރޭ ވަނީ އައިއެސްގެ ބާރުގެ ދަށުގައި އޮތް 78،000 އަކަ ކިލޯ މީޓަރު ބިމުން 65،500 އަކަ ކިލޯ މީޓަރަށް ކުޑަވެފައިވާ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން އައިއެސްގެ ބާރުގެ ދަށުގައި މިހާރު އޮތީ ސްރީ ލަންކާއާ އެއްވަރުގެ ސަރަހައްދެކެވެ.
ވޭތުވެދިޔަ ތިން މަސް ދުވަހު އައިއެސްގެ ބާރުގެ ދަށުން ބިންތައް ދޫވުމަށް ވަނީ މަޑު ޖެހުމެއް އައިސްފަ އެވެ. ޖުލައި މަހުގެ ފަހުން އެ ޖަމާއަތުން ގެއްލިފައި ވަނީ 2،800 އަކަ ކިލޯ މީޓަރުގެ ބިމެވެ. އައިއެޗްއެސްގެ އޮބްޒާވަރުން ލަފާކުރާ ގޮތުގައި އައިއެސްގެ ބާރުގެ ދަށުން ބިންތައް ހިފުމަށް މަޑުޖެހުމެއް އައިސްފައި ވަނީ ރަޝިޔާގެ ވައިގެ ހަމަލާތައް މަދުވެފައިވާތީ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިޔާ އިން ސީރިއާގައި ވައިގެ ހަމަލާތައް ދޭން ފެށިއިރު ބުނެފައި ވަނީ ރަޝިޔާ މިޝަނުގެ ބޭނުމަކީ އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ހަނގުރާމަކޮށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް އަސްކަރީ ގޮތުން އެއްބާރުލުން ދިނުން ކަމަށެވެ.
އައިއެސްގެ ބާރުގެ ދަށުގައިވާ ބިންތައް ހިފަމުން ދިއުމުގެ އިތުރުން ތުރުކީގެ ސަރަހައްދީ ރޮނގާ 10 ކިލޯ މީޓަރު ދުރަށް އައިއެސް ވަނީ ޖައްސައިފަ އެވެ. އަދި އިރާގުން އައިއެސްގެ ބާރުގެ ދަށުގައި އޮތް މޮސޫލްގެ ދެކުނުން 60 ކިލޯ މީޓަރު ދުރުގައިވާ ގައްޔާރާހު ވައިގެ މަރުކަޒު އިރާގު ސިފައި ވަނީ ހިފައިފަ އެވެ. އިރާގުން ބުނެފައި ވަނީ އައިއެސްގެ އަތް ދަށުން މޮސޫލް ހިފުމުގެ ފަހުގެ އޮޕަރޭޝަން މި މަހު ފަހުކޮޅު ފަށާނެ ކަމަށެވެ. އައިއެސް އިން 2014 ވަނަ އަހަރު ހިފި މޮސޫލް އަކީ އެ ޖަމާއަތުގެ އަތް ދަށުގައި މިހާރު އޮތް އެންމެ ބޮޑު ސިޓީ އެވެ. އިރާގުން ބުނެފައި ވަނީ އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ އަތް ދަށުން ހިފުމުން އިރާގުގައި އައިއެސްގެ ކަންތައް ނިމޭނެ ކަމަށެވެ.
ސީރިއާ އިން އައިއެސްގެ ބާރުގެ ދަށުގައިވާ މަންބީޖު ވެސް ވަނީ ގެއްލިފަ އެވެ. ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާއާ ގުޅޭ މަގުތައް ވެސް ވަނީ އެ ޖަމާއަތުގެ އަތް ދަށުން ގެއްލިފަ އެވެ.
ދެ އަހަރު ތެރޭ އައިއެސްގެ 50،000 ހަނގުރާމަވެރިން މަރާލައިފި
އައިއެސް އަށް އާ ލީޑަރަކު ހަމަޖައްސައިފި
އައިއެސް ނައްތާލުމުގެ އެންމެ ފަހުގެ ހަމަލާތައް ފަށައިފި
ސީރިއާ ބޯޑަރުގައި އިރާގުން ފެންސެއް ޖަހަނީ
އައިއެސްގެ 5600 މީހުން ވަނީ އެނބުރި ގޮސްފައި
އައިއެސް ބަލިވެއްޖެ ކަމަށް ބަޣުދާދީ ބުނެފި
2017 ގައި މެދުއިރުމަތީގެ މިސްރާބަކީ ކޮބާ؟
ރައްގާ ހިފަން އެމެރިކާގެ އިތުރު ސިފައިން ސީރިއާ އަށް
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ