Roadha Mihaaru
ސީރިއާ ބޯޑަރުގައި އިރާގުން ފެންސެއް ޖަހަނީ

އައިއެސް ހުއްޓުވަން ސީރިއާ ބޯޑަރުގައި އިރާގުން ފެންސެއް ޖަހަނީ

02 ޖުލައި 2018

ބަޣުދާދު (ޖުލައި 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މެންބަރުން ވަނުން ހުއްޓުވުމަށްޓަކައި ސީރިއާ ބޯޑަރުގައި ސެކިއުރިޓީ ފެންސެއް ހެދުމުގެ މަސައްކަތް އިރާގުން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ޖުލައި 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މެންބަރުން ވަނުން ހުއްޓުވުމަށްޓަކައި ސީރިއާ ބޯޑަރުގައި ސެކިއުރިޓީ ފެންސެއް ހެދުމުގެ މަސައްކަތް އިރާގުން ފަށައިފި އެވެ.

އިރާގުގެ އަންބާރު ޕްރޮވިންސްގެ ބޯޑާ ގާޑުގެ ތަރުޖަމާން އަންވަރު ހާމިދު ނަޔާފް ވިދާޅުވީ ކަށިނަރުގެ ފެންސް ޖެހުމުގެ މަސައްކަތް ފެށިތާ 10 ވަރަކަށް ދުވަސް ވެއްޖެ ކަމަށާއި ފެންސާ އެކު ސާވެއިލަންސް ޓަވަރުތަކެއް ވެސް ޖަހަމުންދާ ކަމަށެވެ. އިރާގުގެ ބޯޑާ ގާޑުގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހާމިދު އަބްދުﷲ އިބްރާހިމް ވިދާޅުވީ ފެންސްގައި ތާމަލް ކެމެރާ ވެސް ހަރުކުރާނެ ކަމަށެވެ.

"ދެން މީގެ ފަހުން ސީރިއާގެ ބޯޑަރު ހުރަސްކޮށް އިރާގަށް ސްމަގްލަރުން ނުވަތަ އެއްވެސް ޓެރަރިސްޓަކަށް އެތެރެއެއް ނުވެވޭނެ،" އޭނާ ވިދާޅުވި އެވެ.

އައިއެސްގެ މައްޗަށް އިރާގުން ކާމިޔާބު ހޯދިކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް ސީރިއާގެ އިރުމައްޗަށްވީ ހިސާބުތަކުގައި މަދުން ނަމަވެސް ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިން ދޭތެރެދޭތެރެއިން ދަނީ އިރާގަށް ވަދެ ހަމަލާ ދެމުންނެވެ.