10 ޑިސެމްބަރ 2016
ބަޣުދާދު (ޑިސެމްބަރު 10) - އެމެރިކާ ކޯލީޝަނުން ވައިގެ ހަމަލާތައް ފެށި ފަހުން މިވީ ދެ އަހަރު ތެރޭ އިރާގާއި ސީރިއާ އިން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 50،000 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެމެރިކާ ސިފައިންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ބަޣުދާދު (ޑިސެމްބަރު 10) - އެމެރިކާ ކޯލީޝަނުން ވައިގެ ހަމަލާތައް ފެށި ފަހުން މިވީ ދެ އަހަރު ތެރޭ އިރާގާއި ސީރިއާ އިން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 50،000 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެމެރިކާ ސިފައިންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އޮފިޝަލް ވިދާޅުވީ އައިއެސްއާ ދެކޮޅަށް އިރާގު ސިފައިން މިހާރު ހަނގުރާމަ ކުރަމުންދާ މޫސަލް ފަދަ ސިޓީތަކަށް ދޭ ވައިގެ ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވަރުގަދަ ކުރާނެ ކަމަށެވެ. އެއީ އާއްމުންނަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އައިއެސް އިން މަރުވާ ހަނގުރާމަވެރިންގެ އަދަދާ ބެހޭ ގޮތުން އެމެރިކާ އިން ކުރިން ވާހަކަ ދައްކައިފައެއް ނުވެ އެވެ.
އައިއެސްގެ ހަނގުރާމަވެރިން މިހާރު ދަނީ އިރާގުގެ މޫސަލް ދިފާއު ކުރަން ހަނގުރާމަ ކުރަމުން. --ފޮޓޯ:ރޮއިޓާސް
ނަމަވެސް އެމެރިކާ ސިފައިންގެ ލެފްޓިނެންޓް ޖެނެރަލެއް ކަމަށްވާ ޝޯން މެކްފާލޭންޑް އޮގަސްޓް މަހު ވަނީ އައިއެސްގެ 45،000 ހަނގުރާމަވެރިން މަރާލެވިއްޖެ ކަމަށް އޭޕީ ނިއުސް އެޖެންސީ އަށް ވިދާޅުވެފަ އެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖޯޝް އާނެސްޓް ފެބްރުއަރީ މަހު ވިދާޅުވެފައި ވަނީ އިރާގާއި ސީރިއާގައި ހަރާކްތެރިވަމުން ދަނީ އައިއެސްގެ ގާތްގަނޑަކަށް 25،000 ހަނގުރާމަވެރިން ކަމަށެވެ.
އައިއެެސްގެ ބާރު 2014 ވަނަ އަހަރު މެދެއްހާ ހިސާބުގައި ގަދަކުރި ނަމަވެސް އެ ޖަމާއަތުން ހިފާފައިވާ ބިންތައް ގެއްލި އިރާގުން އެ މީހުންގެ ބާރުގެ ދަށުގައި މިހާރު އޮތީ މޫސަލްގެ ވަކި ސަރަހައްދެކެވެ. އަދި ސީރިއާ އިން އެ މީހުން ކޮންޓްރޯލް ކުރަނީ ރައްގާ އެވެ. އިރާގު ސިފައިން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސަލް އެކުގައި ހިފާނެ ކަމަށެވެ.
އައިއެސް އިން ހަނގުރާމަވެރިން މަރުވާ ވަރަކަށް ރިކްރޫޓް ކުރަމުންދާ ކަމަށް އެމެރިކާ އިން ބުނޭ.
އައިއެސްގެ ބާރުގެ ދަށުން ހަތަރު ބައިކުޅަ އެއްބައި ގެއްލިއްޖެ
އައިއެސް އަށް އާ ލީޑަރަކު ހަމަޖައްސައިފި
އައިއެސް ނައްތާލުމުގެ އެންމެ ފަހުގެ ހަމަލާތައް ފަށައިފި
ސީރިއާ ބޯޑަރުގައި އިރާގުން ފެންސެއް ޖަހަނީ
އައިއެސްގެ 5600 މީހުން ވަނީ އެނބުރި ގޮސްފައި
އައިއެސް ބަލިވެއްޖެ ކަމަށް ބަޣުދާދީ ބުނެފި
2017 ގައި މެދުއިރުމަތީގެ މިސްރާބަކީ ކޮބާ؟
ރައްގާ ހިފަން އެމެރިކާގެ އިތުރު ސިފައިން ސީރިއާ އަށް
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ