Roadha Mihaaru
އައިއެސް ބަލިވެއްޖެ ކަމަށް ބަޣުދާދީ ބުނެފި

އައިއެސް ބަލިވެއްޖެ ކަމަށް ބަޣުދާދީ ބުނެފި

02 މާޗް 2017

ބަޣުދާދު (މާޗް 2) - އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނާކާމިޔާބު ވެއްޖެ ކަމަށާއި އެ ޖަމާއަތާ ގުޅުނު ހަނގުރާމަވެރިން އަނބުރާ އެ މީހުންގެ ގައުމުތަކަށް ދިއުމަށް އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (މާޗް 2) - އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނާކާމިޔާބު ވެއްޖެ ކަމަށާއި އެ ޖަމާއަތާ ގުޅުނު ހަނގުރާމަވެރިން އަނބުރާ އެ މީހުންގެ ގައުމުތަކަށް ދިއުމަށް އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރި ބަޣުދާދީގެ ވަދާއީ ތަގްރީރުގައި އެ ޖަމާއަތުގެ އޮފީސް ވެސް ބަންދު ކުރުމަށް ބުނެފައިވާ ކަމަށް އަލް އަރަބިއާ އިން ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން ގައުމަށް ދާން ބޭނުން ނުވާ ހަނގުރާމަވެރިން އެ މީހުން އަމިއްލަ އަށް ގޮއްވާލުމަށް ބަޣުދާދީ އެދިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު މިއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ.

އައިއެސް ބަލިވެއްޖެ ކަމަށް ބަޣުދާދީއާ ހަވާލާދީ މީޑިއާތަކުން ބުނި އިރު އެ ޖަމާއަތުގެ ބާރުގެ ދަށުގައި އިރާގުގައި އޮތް މޫސަލް ހިފަން ވަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފަ އެވެ. މޫސަލްގެ ހުޅަނގުގެ ހިސާބުތަކުގައި ތިބި އައިއެސްގެ ލީޑަރުން ފިލަމުންދާ ކަމަށް ވެސް އިރާގު ސިފައިން ބުނެފައިވެ އެވެ. މޫސަލްގެ އިރުމަތީގެ ސަރަހައްދު ވަނީ ޖެނުއަރީ މަހު ހިފައިފަ އެވެ. އަނެއްކޮޅުން ސީރިއާގައި އިރާގުގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ ހިފުމުގެ އޮޕަރޭޝަން ވެސް ވަނީ ފަށައިފަ އެވެ.

ކޯލީޝަނުގެ ވައިގެ ހަމަލާތަކުގައި އެތައް ފަހަރަކު ޒަޚަމްވެފައިވާ ކަމަށް ބުނެފައިވާ ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.