08 މާޗް 2020
މިދިޔަ މަސް ނިމުނު އިރު ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ޚަރަދު ބޮޑު ކަމަށް، ފިނޭންސް މިނިސްޓްރީން އާންމުކުރި ކޭޝްފްލޯ ސްޓޭޓްމަންޓުން ދައްކައިފި އެވެ.
މިދިޔަ މަސް ނިމުނު އިރު ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ޚަރަދު ބޮޑު ކަމަށް، ފިނޭންސް މިނިސްޓްރީން އާންމުކުރި ކޭޝްފްލޯ ސްޓޭޓްމަންޓުން ދައްކައިފި އެވެ.
ކޭޝްފްލޯ ސްޓޭޓްމަންޓުގައި ވާގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބުނު އިރު ހަރަދުގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އެހެންވެ އާމްދަނީ އަށް ވުރެ އިތުރަށް 221 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފަ އެވެ.
މިދިޔަ އަހަރު ވެސް ބައެއް މަސް މަހުގައި ސަރުކާރަށް ވަން އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އާމްދަނީ އަށް ވުރެ ހަރަދު 800 މިލިއަން އިތުރުވެފައިވެ އެވެ. މީގެ އިތުރުން އޭޕްރީލް، މެއި، އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަސް ވެސް ނިމުނީ ކޭޝްފްލޯ މައިނަސްކޮށެވެ.
މިދިޔަ ފެބްރުއަރީ މަހު ވެސް އެންމެ ބޮޑު ހޭދައެއް ކުރީ ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި ސަރުކާރުގެ ހިންގުމަށެވެ. އެގޮތުން މިދިޔަ މަހު ވެސް 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވަނީ މުވައްޒަފުންނަށް މުސާރަ ދީ، ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ބެލެހެއްޓުމަށެވެ.
އާމްދަނީ އަށް ވުރެ ކުރަން ޖެހުނު ހޭދަ މިދިޔަ މަހު އިތުރުވެފައިވާ އިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ 174 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް ޓީޖީއެސްޓީ ވެސް ވަނީ މަދުވެފަ އެވެ. އެގޮތުން ފެބްރުއަރީ މަހު ލިބުނު ޓީޖީއެސްޓީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 36 މިލިއަން ރުފިޔާ މަދެވެ.
ސަރުކާރުގެ ކޭޝްފްލޯ އަކީ ކޮންމެ ދުވަހަކުހެން ބަދަލު އަންނާނެ އެއްޗެކެވެ. އެގޮތުން ކޮންމެ މަހަކު ވެސް ޓެކްސް އާއި އެ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީން އެ މަހެއްގައި ކުރާ ހޭދަ ކޭޝްފްލޯއިން ފެންނާނެ އެވެ. ކޭޝްފްލޯ އިން ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލްކަން އެނގޭނެ އެވެ. އަދި ސަރުކާރުގެ މާލީ ގާބިލުކަން ހުރި މިންވަރު ސާފުވާނެ އެވެ.
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
ހަރަދުތައް ރީސެޓް ކުރުން ނޫން ގޮތެއް ނެތް
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!