Roadha Mihaaru
ގަސްތަކެއްގައި ދާ އެޅުމުން ބޮޑު ބަހުސެއް

ގަސްތަކެއްގައި ދާ އެޅުމުން ކެމްބްރިޖް ޔުނިވަސިޓީ ހޫނު ފެނަށް

01 މާޗް 2020

އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީގައި ހުރި ގަސްތަކެއްގައި ދޫނިތައް ހާލި ހަދާތީ ދާ އެޅުމުން ފާޑުކިޔުން އަމާޒުޗުމުން އެ ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީގައި ހުރި ގަސްތަކެއްގައި ދޫނިތައް ހާލި ހަދާތީ ދާ އެޅުމުން ފާޑުކިޔުން އަމާޒުޗުމުން އެ ނަގައިފި އެވެ.

ބީބީސީން ބުނި ގޮތުގައި ދާގަނޑުތައް އަޅުވާފައި ވަނީ ޖޭޖޭ ތޯމަސް އެވެނިއުގައި ހުންނަ ކެމްބްރިޖް ޔުނިވަސިޓީގެ ވިޓްލް ލެބޯރެޓަރީގެ ގޯތިތެރޭގައި ހުރި 20 ގަހެއްގަ އެވެ.

ގަސްތަކުގައި ދާގަނޑުތައް އަޅުވާފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ، ވަރަށް ގިނަ ބައެއްގެ ސަމާލުކަމަށް މިކަން އައިސް ފާޑުކިޔާފައިވެ އެވެ.

ބައެއް މީހުން ބުނީ މިކަހަލަ ކަމެއް ކެމްބްރިޖް ޔުނިވަސިޓީ ކަހަލަ ތަނަކުން ކުރާނެ ކަމަކަށް ގަބޫލު ވެސް ނުކުރެވެ އެވެ.

ގަސްތަކުގައި ދާގަނޑު އެޅުވި މައްސަލަ ހޫނުވުމުން ކެމްބްރިޖުން މާފަށް އެދި ކުރި ޓްވީޓެއްގައި ބުނީ އެކަމަކީ ދޫނިތައް ގަސްތަކުގައި ހާލި ހަދާތީ ސީދާ އެކަމާ ދެކޮޅަށް ކުރި ކަމެއް ނޫން ކަމަށާއި އެއީ އެތަނުގައި އިމާރާތްކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ ހެދި ގޮތެއް ކަމަށެވެ.