17 ފެބުރުއަރީ 2020
ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިއާޒް އަލީ ގިނަ ބަޔަކަށް ފާހަގަކުރެވުނީ ވަރަށް ޖަޒުބާތީކޮށް ލޯބީގެ ފިލްމުތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނާގެ ފިލްމުތަކުން ފެންނާނެ މައިގަނޑު އަނެއް ތަފާތަކީ ފިލްމުގެ ވާހަކައިގެ ތެރެއިން އެކި ދިމަދިމާއަށް ކުރާ ދަތުރުތައް ގިނަކަމެވެ. ވަރަށް ގިނަ ލޮކޭޝަންތައް އަބަދުވެސް އިމްތިއާޒްގެ ފިލްމުތަކުން ފެންނާނެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެކި ހިސާބުތަކާއި އެކި ގައުމުތައް ހިމެނެ އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިއާޒް އަލީ ގިނަ ބަޔަކަށް ފާހަގަކުރެވުނީ ވަރަށް ޖަޒުބާތީކޮށް ލޯބީގެ ފިލްމުތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނާގެ ފިލްމުތަކުން ފެންނާނެ މައިގަނޑު އަނެއް ތަފާތަކީ ފިލްމުގެ ވާހަކައިގެ ތެރެއިން އެކި ދިމަދިމާއަށް ކުރާ ދަތުރުތައް ގިނަކަމެވެ. ވަރަށް ގިނަ ލޮކޭޝަންތައް އަބަދުވެސް އިމްތިއާޒްގެ ފިލްމުތަކުން ފެންނާނެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެކި ހިސާބުތަކާއި އެކި ގައުމުތައް ހިމެނެ އެވެ.
އިމްތިއާޒްގެ ފުރަތަމަ ފިލްމު "ސޯޗާ ނަތާ" އަކީ އެހާ މަޝްހޫރުވި ފިލްމަކަށް ނުވިޔަސް ލޯބީގެ ފިލްމުތައް ކަމުދާ މީހުންނަށް އެ ފިލްމު ކަމުދިޔަ އެވެ. މީގެ 15 އަހަރު ކުރިން 2005 ގައި ރިލީޒްކުރި އެ ފިލްމަކީ އަބޭ ޑިއޯލާއި އައިޝާ ތާކިއާ ލީޑް ރޯލް ކުޅުނު ފިލްމެކެވެ.
އިމްތިއާޒްގެ ވިދުން ގަދަވި ފިލްމަކީ 2007 ގައި ގެނެސްދިން "ޖަބް ވީ މެޓް" އިންނެވެ. ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރް ކުޅުނު އެ ފިލްމަކީ އެންމެ ރީތި ލޯބީގެ ފިލްމުތަކުގެ ތެރޭގައި ގިނަ ބަޔަކު ހިމަނާ ފިލްމެކެވެ. ވަރަށް މަގުބޫލުކަން އެ ފިލްމަށް ފަހު އިމްތިއާޒް ދެން ގެނެސްދިނީ 2008 ގައި ރަންބީރް ކަޕޫރާއި ނަރްގިސް ފަޚްރީ ކުޅުނު "ރޮކްސްޓާ" އެވެ. މި ފިލްމަކީ ވެސް ތަފާތު ގޮތަށް އަދި އެހާމެ ރީތި މިއުޒިކްތަކާ އެކު ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ.
އޭގެ ފަހުން އިމްތިއާޒް ގެނެސްދިން "ލަވް އާޖް ކަލް" ވެސް ހަމަ ކާމިޔާބެވެ. ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯން ކުޅުނު އެ ފިލްމަކީ އަދިވެސް ބެލުންތެރިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ފިލްމެކެވެ.
އެކަމަކު މި ފިލްމުތަކުގެ ކާމިޔާބީ އަށް ފަހު، އިމްތިއާޒް މި ފަހުން ގެނެސްދިން އެއްވެސް ފިލްމެއް ބެލުންތެރިންނަށް އެހާ ކަމުދާ ފިލްމުތަކަށް ނުވެ އެވެ. އެގޮތުން ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި "ލަވް އާޖް ކަލް" އަކީ އުންމީދުކުރި ވަރުގެ ފިލްމެއް ނޫން ކަމަށް ކްރިޓިކުންނާއި ބެލުންތެރިން ވެސް އަންނަނީ ބުނަމުންނެވެ.
ކާތިކް އާރިޔަނާއި ސާރާ އަލީ ޚާނާއި އަދި އަލަަށް ތައާރަފުކުރި އަރޫޝީ ޝަރުމާ މުހިއްމު ރޯލްތަކުން ފެނިގެންދާ ފިލްމަށް މިހާތަނަށް ލިބިފައި ވަނީ ވަރަށް ފިނި ތަރުހީބެކެވެ. "ލަވް އާޖް ކަލް" ވަރަށް ގިނަ ކްރިޓިކުން ފާޑުކިޔާފައިވާ އިރު، އިމްތިއާޒްގެ ވާހަކަގައި އާ ކަމެއް ނެތް ކަމަށާއި ޑައިރެކްޝަން ވެސް އެހާ ރަނގަޅު ނޫން ކަމަށް ބުނެފައިވެ އެވެ.
ގިނަ ބަޔަކު މިހާރު ބުނަނީ އިމްތިއާޒުގެ ޖާދޫ ގެއްލިފައިވާ ކަމަށެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާގެ ވެއްޓުމަކީ އަބަދު އެއް ތައްގަނޑަކަށް ފިލްމުތައް ގެނެސްދޭން މަސައްކަތްކޮށްފައި ހުރުމެވެ.
ދެވަނަ ފަހަރަށް "ލަވް އާޖް ކަލް" ގެ ނަމުގައި ފިލްމެއް ގެނެސްދިނުމުގެ ކުރިން އިމްތިއާޒް ގެނެސްދިން ތިން ފިލްމަކީ ވެސް ބެލުންތެރިންނަށް މާ ކަމުދިޔަ ފިލްމުތަކެއް ނޫނެވެ. އޭ-ލިސްޓް ތަރިންކަކަށް ވެސް އެ ފިލްމުތައް ސަލާމަތްކޮށްދެވޭ ގޮތެއް ނުވި އެވެ.
އޭގެ ތެރެއިން ކިރިޔާ ވެސް ހިނގި ފިލްމަކަށްވީ އާލިއާ ބަޓާއި ރަންދީޕް ހޫޑާއާ އެކު 2014 ގައި ގެނެސްދިން "ހައިވޭ" އެވެ. އެ ފިލްމަކީ އެ ދެ ތަރިންގެ އެކްޓިން ރަނގަޅުވެގެން ކްރިޓިކުން އެ ވާހަކަ ވަރަށް ދެއްކި ފިލްމެކެވެ.
މީގެ ތެރެއިން އެއް ފިލްމަކީ އަނުޝް ޝަރުމާ އާއި ޝާހްރުކް ޚާން 2017 ގައި ކުޅުނު "ޖަބް ހެރީ މެޓް ސޭޖަލް" އެވެ. މިއީ އިމްތިއާޒް މިހާތަނަށް ހެދި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުނުދިޔަ ފިލްމެވެ. އަދި މިއީ ލޯބީގެ ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް ފަހަތަކުރި ޝާހްރުކްގެ އެންމެ ނާކާމިޔާބު ފިލްމެވެ.
"ޖަބް ހެރީ މެޓް ސޭޖަލް" ގެ ކުރިން އިމްތިއާޒް ގެނެސްދިން ފިލްމަކީ 2015 ގައި ރަންބީރާއި ދީޕިކާ ޕަދްކޯން ކުޅުނު "ތަމާޝާ" އެވެ. މި ފިލްމުގެ ބައެއް ލަވަތަކާއި ފިލްމުގެ ލޮކޭޝަންތައް ކަމުދިއުން ފިޔަވައި، ބެލުންތެރިންނަށް ފިލްމަކުން މާ ހާއްސަ ކަމެއް ފާހަގައެއްނުކުރެ އެވެ. އެހެންވެ "ތަމާޝާ" އަކީ ވެސް ބެލުންތެރިން ކުރި އުންމީދު ފެނަށް ދިޔަ ފިލްމެކެވެ.
މި ކަންކަމަށް ބަލާ އިރު، އިމްތިއާޒްގެ ޖާދޫ މިހާރު ދިޔައީތޯ ސުވާލުކޮށްލެވިދާނެ އެވެ. ކްރިޓިކުން ފާހަގަކުރާ ގޮތުގައި އޭނާގެ ފިލްމުތަކުގެ ވާހަކަތަކާއި ފިލްމުތައް ހުށަހަޅައިދޭ ގޮތަށް ބަދަލުތަކެއް ގެނެސްގެން ނޫނީ އަލުން ޓްރެކަށް ރުޖޫއަވުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އިމްތިއާޒް ހަދަން ޕްލޭންކޮށްފައި އޮތް ކުރީގެ ބަތަލާ މަދޫބާލާގެ ބައޮގްރަފިކަލް ޑްރާމާ ނަހަދަން އޭނާ މިހާރު ވަނީ ނިންމައިފަ އެވެ. އެހެންވެ ސުވާލަކީ ދެން އޭނާ ހަދާނީ ކޮން ފިލްމެއްތޯ އެވެ؟ ދާދި ފަހުން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިމްތިއާޒް ދެން ހަދާ ފިލްމުގެ ލީޑް ރޯލް ކުޅޭނީ ދީޕިކާ އާއި ކާތިކެވެ.
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ކަރީނާ އާއި ޕްރަބާސް "ސްޕިރިޓް" އަށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރަންބީރްގެ މައިންބަފައިންގެ ރޯލަށް ދީޕިކާގެ ދެމަފިރިން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް