04 ޖެނުއަރީ 2020
ޑައިރެކްޓަރު މޯހިތު ސޫރީ މި އަހަރު ގެނެސްދޭން ނިންމާފައިވާ ރޮމޭންޓިކް ތުރިލާ "މަލަންގް" ގެ ޕޯސްޓަރުތަކެއް ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާން ކޮށްފި އެވެ.
ޑައިރެކްޓަރު މޯހިތު ސޫރީ މި އަހަރު ގެނެސްދޭން ނިންމާފައިވާ ރޮމޭންޓިކް ތުރިލާ "މަލަންގް" ގެ ޕޯސްޓަރުތަކެއް ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާން ކޮށްފި އެވެ.
ޓީ ސީރީޒްގެ ތައްގަނޑުގައި ގެނެސްދޭ މި ފިލްމު ސިނަމާތަކުގައި އަޅުވަން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ. ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "މަލަންގް" ގެ ކާސްޓުންނަކީ މޯހިތު މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމު އާޝިގީ 2 (2013) ގެ ބަތަލު އަދިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓްނީ އާއި އަނިލް ކަޕޫރްގެ އިތުރުން ކުނާލް ކޭމޫ އެވެ.
ފިލްމުގެ ކާސްޓުންގެ ވަކިވަކި ޕޯސްޓަރުތަކެއް ދައްކައިލި އިރު، ފިލްމުގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.
Love is pure, so is hate. #MalangFirstLook
— Mohit Suri (@mohit11481) January 3, 2020
Trailer unveils on 6th Jan!@AnilKapoor #AdityaRoyKapur @DishPatani @kunalkemmu @MalangFilm @luv_ranjan @gargankur @itsBhushanKumar @jayshewakramani @LuvFilms @TSeries @aseem_arora pic.twitter.com/oR0o0ZVIWK
މޯހިތު އެންމެ ފަހުން ގެނެސްދިނީ 2017 ގެ "ހާފް ގާލްފްރެންޑް" އެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ދީޕިކާ ޕަދްކޯންގެ ފިލްމު "ޗަޕާކް" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.
The soul of #Chhapaak... https://t.co/Pyt0jXLeWZ#ChhapaakTitleTrack@meghnagulzar @atikachohan @masseysahib @ShankarEhsanLoy #Gulzar #ArijitSingh @_KaProductions @MrigaFilms @foxstarhindi @ZeeMusicCompany
— Deepika Padukone (@deepikapadukone) January 3, 2020
ފިލްމުގެ ނަމުން ނަން ދީފައިވާ ލަވައިގެ މިއުޒިކް ޝަންކަރު-އެހްސާން-ލޯއި ހަދާފައިވާ އިރު، ލަވަކިޔާފައި ވަނީ އަރިޖިތު ސިންގެވެ. ލަވައިގެ ޅެން ލިޔުނީ "ޗަޕާކް" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ބައްޕަަ ގުލްޒާރެވެ.
މިއީ، ލޯބީގެ މައްސަލައެއްގައި އެސިޑް ހަމަލާއެއްގެ ޝިކާރައަކަށް ވާ ޒުވާން އަންހެނަކު އިންސާފު ހޯދަން ކުރާ މަސައްކަތްތައް ދައްކުވައިދޭ އަސަރު ގަދަ ފިލްމެކެވެ. "ޗަޕާކް" ގެ ވާހަކަ ބިނާކޮށްފައި ވަނީ ލަކްޝްމީ އަގަރްވާލްގެ ހަޔާތަށެވެ.
ދީޕިކާއާ އެކު، މި ފިލްމުގެ ބަތަލަކީ ވިކްރަންތު މަސޭ އެވެ.
މިދިޔަ އަހަރު "ލުކާ ޗުއްޕީ" އާއި "މޭޑް އިން ޗައިނާ" އާއި "އަރުޖުން ޕަޓިއާލާ" ގެ އިތުރުން "ބާލާ" ގެނެސްދިން ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން މި އަހަރު ފަސް ފިލްމެއް ގެނެސްދޭން ނިންމައި އެ ފިލްމުގެ އުސްއަލިތަކެއް އާންމުކޮށްފި އެވެ.
Maddock films wishes you a very Happy New Year! ??
— Maddock Films (@MaddockFilms) January 2, 2020
See you at the movies! #DineshVijan pic.twitter.com/Ee1SmTD4Ba
މީގެ ތެރެއިން ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 14 ގައި ރިލީޒް ކުރާނެ ކަމަށް ބެލެވޭ އިމްތިއާޒް އަލީގެ ފިލްމެވެ. ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ މި ފިލްމުގެ "އާޖް ކަލް" ކަމަށް މީޑިއާތަކުން ބުނާ އިރު، އޭގެ ތަރިންނަކީ ސާރާ އަލީ ޚާނާއި ކާތިކް އާރިޔަކެވެ.
މެޑޮކްސްގެ މި އަހަރުގެ ދެވަނަ ފިލްމަކީ މާޗް 20 ގައި ގެނެސްދޭ "އަނގްރޭޒީ މީޑިއަމް" އެވެ. ހޯމީ އަދަޖަނިއާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ 2017 ގައި ގެނެސްދިން "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ. އާ ފިލްމުގެ މައިގަނޑު ތަރިންނަކީ އިރްފާން ޚާނާއި ކަރީނާ ކަޕޫރާއި ރާދިކާ މަދަން އެވެ.
ތިން ވަނަ ފިލްމަކީ ޖާންވީ ކަޕޫރު ޑަބަލް ރޯލަކުން ފެންނަ "ރޫހީ އަފްޒާނާ" އެވެ. އަންނަ އެޕްރީލް މަހުގެ 17 އަށް ތާވަލް ކޮށްފައިވާ ހޮރޯ-ކޮމެޑީގެ ބަތަލުންނަކީ ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ހާޑިކް މެހެތާ އެވެ.
ހަތަރު ވަނަ ފިލްމަކީ ކްރިތީ ސެނަން އާއި ޕަންޖަކް ތުރިޕަތީ މުހިއްމު ރޯލްތައް ކުޅޭ "މިމީ" އެވެ. ޖުލައި މަހު ގެނެސްދޭ މި ފިލްމަކީ ރަހިމު ވިއްކައިގެން އާމްދަނީ ހޯދާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ފަސް ވަނަ ފިލްމަކީ "ޖަންނަތު" ފަދަ ފިލްމުތައް ގެނެސްދިން ކުމާން ދޭޝްމުކް ޑައިރެކްޓްކުރާ "ޝިއްދަތު" އެވެ. ސެޕްޓެމްބަރު މަހަށް ތާވަލުކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ރާދިކާ މަދަން، ސަނީ ކޯޝަލް، ޑަޔާނާ ޕެންތީ އަދި މޯހިތު ރައިނާ އެވެ.
މި މަހުގެ 31 ގައި ރިލީޒްކުރާ ފިލްމު "ޖަވާނި ޖާނެމަން" އިން ތައާރަފުކުރާ ޒުވާން ބަތަލާ އަލައިޔާ ފަރްނީޗަރުވާލާއާ އެކު ފިލްމުގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.
Introducing #AlayaF... New poster of #JawaaniJaaneman... Directed by Nitin Kakkar... 31 Jan 2020 release. pic.twitter.com/JTZOAdX408
— taran adarsh (@taran_adarsh) January 3, 2020
ނިތިން ކައްކަރު ޑައިރެކްޓް ކޮށްފައިވާ ފިލްމުގައި އަލައިޔާ ފެންނަނީ ސައިފް އަލީ ޚާންގެ ދަރިއެއްގެ ރޯލުންނެވެ. މިއީ ދުވަސްވީ ކަމަށް ގަބޫލު ނުކުރާ މި ޒަމާނުގެ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަލައިޔާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅެވެ.
"ޖަވާނި ޖާނެމަން" ގެ ކާސްޓުންގެ ތެރޭގައި ތައްބޫ އާއި ކުބްރާ ސައިތާއި ޗަންކީ ޕާންޑޭ ވެސް ހިމެނެ އެވެ.
މި ފިލްމުގެ ޓީޒާއެއް ދައްކާލާފައިވާ އިރު، ފިލްމުގެ ޓްރެއިލާ އަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ޑައިރެކްޓަރު އިމްތިއާޒް އަލީގެ އޮފު ކެނޑުނީ؟
ކަރީނާގެ ދަރިފުޅު ތައިމޫރާ ވައްތަރު ކުއްޖެއް
ކަރީނާ އާއި ޕްރަބާސް "ސްޕިރިޓް" އަށް؟
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
މަންމަ އާއި ބައްޕަ ވަރިވުމުން ވީ ފައިދާ: ސާރާ:
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މަންމަ އަމްރިތާއާ އެކު ސާރާގެ އިޝްތިހާރެއް
ޝަރުމީލާ ބަލިވެ އުޅޭ ވާހަކަ އަކީ ދޮގެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް