15 އޮކްޓޯބަރ 2021
މިދިޔަ ހަފުތާގައި އިއުލާންކުރި ތެލެގޫ އެކްޓަރު ޕްރަބާސްގެ ބޮޑު ފިލްމު "ސްޕިރިޓް" ގެ ބަތަލާގެ ރޯލު ކަރީނާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ހަފުތާގައި އިއުލާންކުރި ތެލެގޫ އެކްޓަރު ޕްރަބާސްގެ ބޮޑު ފިލްމު "ސްޕިރިޓް" ގެ ބަތަލާގެ ރޯލު ކަރީނާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ކަރީނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރްގެ 2019 ގެ ކާމިޔާބު ފިލްމު "އަރުޖުން ރެޑީ" ގެނެސްދިން ސަންދީޕް ރެޑީ ވަންގާގެ ތުރިލާއެކެވެ. ޕްރަބާސްއާ އެކު "ސްޕިރިޓް" ހެދުމުގެ ކުރިން ކަރީނާގެ ކަޒިން ރަންބީރާ އެކު ސަންދީޕް "އެނިމަލް" ކިޔާ ތުރިލާއެއް ހަދާނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ސްޕިރިޓް" ގެ ބަތަލާއަކަށް ކަރީނާ ގެންނަން މިހާރު މަޝްވަރާތައް ކުރެވެމުން އަންނަ އިރު، އޭނާ ވަނީ އަނގަބަހުން ފިލްމަށް އެއްބަސްވާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.
މި ފަހުން ކަރީނާ އާއި ޕްރަބާސްގެ ވާހަކަ މީޑިއާތަކުގައި ދެކެވުނީ ރީތި ބަތަލާގެ ފިރިމީހާ ސައިފް އަލީ ޚާން ޕްރަބާސްއާ އެކު މަސައްކަތްކުރާ ފިލްމު "އާދިޕުރުޝް" ގެ ސެޓަށް ބިރިޔާނީ ގެނެސްގެން ހަދިޔާއަކަށް ކަރީނާ އަށް ބިރިޔާނީ ފޮނުވި ވާހަކަތަކާ އެކީގަ އެވެ. އެ ބިރިޔާނީގެ ފޮޓޯ "ބާހްބަލީ ފޮނުވި ބިރިޔާނީ" އޭ ލިޔެފައި ކަރީނާ އިންސްޓަގްރާމް ސްޓޯރީގައި ވެސް ޕޯސްޓްކުރި އެވެ.
ސައިފް ވިލަންއެއްގެ ރޯލު ކުޅޭ "އާދިޕުރުޝް" އަކީ އަންނަ އަހަރުގެ އޮގަސްޓް 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ.
"ބާހްބަލީ" ގެ ދެ ފިލްމު ކުޅެގެން މަޝްހޫރުވި ޕްރަބާސް އާއި ކަރީނާގެ ޖޯޑު ސްކްރީނުން ފެނުމުގެ ފުރުސަތު ބޮޑުވެފައިވާ އިރު، ޕްރަބާސްގެ އަތުގައި މިހާރު ވެސް ދީޕިކާ ޕަދްކޯންއާ އެކު ކުޅޭ ފިލްމެއް ވެސް އެބަ އޮތެވެ. ނަން އިއުލާން ނުކުރާ ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ.
ޕްރަބާސްގެ 2019 ގެ "ސާހޯ" ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ.
މި އަހަރުގެ ފެބްރުއަރީގައި ދެވަނަ ދަރިފުޅު ވިހޭ ފަހުން ކަރީނާ މިހާތަނަށް ރަސްމީކޮށް ސޮއިކުރި ހަމައެކަނި ފިލްމަކީ ޑައިރެކްޓަރު ހެންސަލް މެހެތާގެ ތުރިލާއެކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ގެނެސްދޭން ހަމަޖެހިފައިވާ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ޑައިރެކްޓަރު އިމްތިއާޒް އަލީގެ އޮފު ކެނޑުނީ؟
"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި
"ސިންގަމް 3"ގައި ދީޕިކާ ވެސް ފުލުހެއްގެ ރޯލު ކުޅެނީ
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި
"ބަޖްރަންގީ ބައިޖާން 2" ގެ ހިލަމެއް ކަބީރަކަށް ނެތް
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ
ރަންބީރާއި ޝްރަދާގެ ފިލްމަށް ދިގު އިންތިޒާރެއް
ޕްރަބާސްގެ އަތުގައި ބޮޑެތި ފިލްމުތަކެއް