Roadha Mihaaru
ހޮލީވުޑް ފިލްމެއްގައި އެކްޓްކޮށްލުމުގެ ފުރުސަތު

ހޮލީވުޑް ފިލްމެއްގައި އެކްޓްކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި

14 ފެބުރުއަރީ 2020

ދުބާއީގައި ޝޫޓްކުރަން ހަމަޖެހިފައިވާ ހޮލީވުޑްގެ ބޮޑު ފިލްމެއްގައި މަސައްކަތްކުރާނެ އެކްޓަރުން ހޯދަން މިހާރު ކާސްޓިން ކޯލަކަށް ހުޅުވާލައިފި އެވެ. މިކަމުގެ ފަހަތުގައި ހުރީ ދުބާއީގެ ކާސްޓިން އެޖެންޓް މިރަންޑާ ޑޭވިޑްސަނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުބާއީގައި ޝޫޓްކުރަން ހަމަޖެހިފައިވާ ހޮލީވުޑްގެ ބޮޑު ފިލްމެއްގައި މަސައްކަތްކުރާނެ އެކްޓަރުން ހޯދަން މިހާރު ކާސްޓިން ކޯލަކަށް ހުޅުވާލައިފި އެވެ. މިކަމުގެ ފަހަތުގައި ހުރީ ދުބާއީގެ ކާސްޓިން އެޖެންޓް މިރަންޑާ ޑޭވިޑްސަނެވެ.

އޭނާގެ ސްޓޫޑިއޯ އިން ހުޅުވައިލި ކާސްޓިން ކޯލަށް ޝައުގުވެރިވާ މީހުންނަށް މި މަހުގެ 21 އާއި 22 ގައި އޯޕަން ކާސްޓިން އިވެންޓެއް ބާއްވަން މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މިކަމަށް ޝައުގުވެރިވާ މީހުންނަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ހަދަން ޖެހޭ ގޮތަކީ މި ލިންކަށް www.studio-republik.com/open-casting ވަދެފައި ރަޖިސްޓްރީވެލަންވީ އެވެ.

ޝަރުތަކީ ހަމައެކަނި އެކްޓިން އަށް ޝައުގުވެރިކަން ހުންނަ މީހަކަށްވުމެވެ. އަދި މި ދާއިރާ އިން ތަޖުރިބާ ހުރި ނަމަ ފުރުސަތު ބޮޑެވެ. ވަކި ގައުމެއްގެ މީހަކަށް ވާކަށް ނުޖެހެ އެވެ. ކޮންމެ ގައުމެއްގެ މީހަކަށް ވެސް ރަޖިސްޓްރީކޮށްލެވިދާނެ އެވެ. އެކަމަކު މި ވަގުތު ދުބާއީގައި ހުރި މީހެއް ނަމަ މި ކާސްޓިން ކޯލްގައި ހިއްސާވެލައި، ނަސީބު ވަޒަންކޮށްލުމުގެ ފުރުސަތު ބޮޑެވެ.

ދެ ދުވަހު ކުރިއަށް ގެންދާ ކާސްޓިން ކޯލްގެ ތެރޭގައި އޮޑިޝަން ހެދުމާއި ދުބާއީގެ ސްޓޫޑިއޯ ރިޕަބްލިކް ތަޖުރިބާކޮށްލުމާއި އެކްޓިން ވޯކްޝޮޕްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

ނަމަވެސް ކާސްޓުން ހޯދަނީ ހޮލީވުޑްގެ ކޮން ފިލްމަކަށް ކަމާއި ކޮން ބަޔަކު ހަދާ ފިލްމެއްކަން އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.