Roadha Mihaaru
ފިލްމުތައް ސެންސަރު ކުރުން ޔޫއޭއީގައި ނިމުމަކަށް

ފިލްމުތައް ސެންސަރު ކުރުން ޔޫއޭއީގައި ނިމުމަކަށް

23 ޑިސެމްބަރ 2021

ބޮލީވުޑާއި ހޮލީވުޑްގެ ފިލްމުތަކަށް މެދު އިރުމަތިން ބޮޑު މާކެޓެއް އޮންނަ ޔޫއޭއީގައި ފިލްމުތައް ސެންސަރު ކޮށްގެން ދެއްކުން ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑާއި ހޮލީވުޑްގެ ފިލްމުތަކަށް މެދު އިރުމަތިން ބޮޑު މާކެޓެއް އޮންނަ ޔޫއޭއީގައި ފިލްމުތައް ސެންސަރު ކޮށްގެން ދެއްކުން ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

މިކަން އެ ގައުމުގެ މީޑިއާ ރެގިއުލަޓީ އޮފީހުން އިއުލާންކޮށް ބުނީ ފިލްމުތައް ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ދައްކާ ގޮތަށް 21 އަހަރުން މަތީގެ މީހުންނަށް އެއްވެސް ސެންސަރު ކުރުމަކާ ނުލައި ފިލްމުތައް ސިނަމާތަކުގައި ދެއްކޭނެ އެވެ. އެހެންވެ ކުރިން ވަކި ކަހަލަ ކޮންޓެންޓްތަކާ ހެދި ޔޫއޭއީގައި ފިލްމުތައް ދެއްކުން މަނާކުރި ނަމަވެސް އާ އުސޫލުގެ ދަށުން 21 އަހަރުން މައްޗަށް ފިލްމުތަކުގެ އިންޓަނޭޝަނަލް "އަންކަޓް" ވާޝަންތައް ދެއްކޭނެ ކަމަށް ބުންޏެވެ.

މިގޮތަށް ނިންމި ނަމަވެސް ސިނަމާތަކުގައި ކުރިއެކޭ އެއްގޮތަށް ހިފަހައްޓަން ޖެހޭ އުސޫލުތަކަށް އަމަލު ކުރާނެ އެވެ.

ޔޫއޭއީގެ އިިތުރުން މެދު އިރުމަތީގެ ވަރަށް ގިނަ ގައުމުތަގައި ނިވާކަން ކުޑަ ގައިގޯޅި މަންޒަރުތައް ދައްކުވައިދޭ ފިލްމުތަކާއި އިސްލާމް ދީނާ ފުށުއަރާ ކަހަލަ ކޮންޓެންޓްތައް ހިމެނޭ ފިލްމުތައް ދެއްކުން މަނަލެވެ. އަދި އެފަދަ ފިލްމުތަކެއް ހުއްދަދޭ ނަމަ ހުއްދަ ދެނީ ފިލްމު ވަރަށް ބޮޑަށް ސެންސަރުކުރުމަށް ފަހު އެވެ.

މި ސަބަބާ ހުރެ މި ފަހުން މެދު އިރުމަތިން މަނާކުރި ފިލްމުތަކުގެ ތެރޭގައި މިދިޔަ މަހު ރިލީޒްކުރި ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޯލީގެ ސުޕަހީރޯ ފިލްމު "އެޓާނަލްސް" އާއި މި މަހު ރިލީޒްކުރި ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ "ވެސްޓް ސައިޓް ސްޓޯރީ" ހިމެނެ އެވެ.