10 ޑިސެމްބަރ 2021
މިދިޔަ ހަފުތާގައި އިއުލާންކުރި ހޮލީވުޑްގެ އެކްޝަރު ޝޭނިން ޓޭޓަމްގެ "މެޖިކް މައިކް" ޓްރިލޮޖީގެ ފަހު ފިލްމު "މެޖިމް މައިކްސް ލާސްޓް ޑާންސް" ގެ ކާސްޓަން ތަންޑީ ނިއުޓަން ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
މިދިޔަ ހަފުތާގައި އިއުލާންކުރި ހޮލީވުޑްގެ އެކްޝަރު ޝޭނިން ޓޭޓަމްގެ "މެޖިކް މައިކް" ޓްރިލޮޖީގެ ފަހު ފިލްމު "މެޖިމް މައިކްސް ލާސްޓް ޑާންސް" ގެ ކާސްޓަން ތަންޑީ ނިއުޓަން ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ސްޓީވެން ސޮޑަބާގް ޑައިރެޓްކުރާ ފިލްމުގެ ޓީމުން މިހާރު އަންނަނީ އިނގިރޭސި ބަތަލާއާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި ހުރިހާ ކަމެއް ފައިނަލްވުމުން އެކަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ. މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ 49 އަހަރުގެ ނިއުޓަން އިން ހުށަހަޅާފައި ވަނީ "މެޖިމް މައިކްސް ލާސްޓް ޑާންސް" ގެ ލީޑް ބަތަލާގެ ރޯލު ކަމަށް މީޑިއާތަކުން ބުނެ އެވެ.
ދެ ފަހަރަކަސް ގޯލްޑެން ގްލޯބް އެވޯޑްސް އަށް ނޮމިނޭޓްވި ނިއުޓަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮގަސްޓްގައި ރިލީޒްކުރި ހިއު ޖެކްމަންހެ ސައިންސް ފިކްޝަން ފިލްމު "ރެނިމިސެންސް" އެވެ. ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ދެވަނަ ފިލްމުގައި ވެސް މަސައްކަތް ކޮށްފައިވާ ނިއުޓަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޯލް ދި އޯލްޑް ނައިވްސް" ހިމެނެ އެވެ.
އެޗްބީއޯ މެކްސް އަށް ވެބް ފިލްމެއްގެ ގޮތުގައި "މެޖިމް މައިކްސް ލާސްޓް ޑާންސް" ހަދާ އިރު "މެޖިކް މައިކް" ފުރަތަމަ ދެ ބަޔަކީ ސިނަމާތަކުގައި ރިލީޒްކޮށްގެން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ދެ ފިލްމެވެ. ރަތަމަ ބައި 2012 ގައި ގެނެސްދިން ޑައިރެކްޓަރު ސްޓީވެން ސޮޑަބާގެވެ. "މެޖިކް މައިކް" ގެ ބޮޑު ކާމިޔާބީ އަށް ފަހު މީގެ ދެވަނަ ބައި "މެޖިކް މައިކް އެކްސްއެކްސްއެލް" ގެ ނަމުގައި 2015 ގައި ގެނެސްދިނީ ޑައިރެކްޓަރު ގްރެގަރީ ޖެކޮބްސް އެވެ.
ޖުމްލަ 7 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "މެޖިކް މައިކް" އަކީ ބޮކްސް އޮފީހުގައި 167.2 މިލިއަން ޑޮލަރުގެ އާމްދަނިއެއް ހޯދި ފިލްމެކެވެ. އަދި "މެޖިކް މައިކް އެކްސްއެކްސްއެލް" އިން 14.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، އާމްދަނީ ގޮތުގައި 122.5 މިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ.
"މެޖިމް މައިކްސް ލާސްޓް ޑާންސް" ގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
މާވެލްގެ ފިލްމަކުން ކިއާނޫ ފެނުމުގެ އިޝާރާތެއް
ނޯލަންގެ އާ ފިލްމުން ރަމީ އަށް ވެސް ރޯލެއް
އެލިޒަބަތު ހޯމްސްގެ ރޯލަށް ލޯރެންސް
ބޯލްޑްވިން ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް
ޓޭޓަމްގެ "މެޖިކް މައިކް 3" ކަށަވަރު
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް
އުޖޫރައިގެ ފަރަގު ލޯރެންސަށް މައްސަލައެއް ނޫން
"ޑެނިޝް ގާލް" ކުޅުމަކީ ހެދުނު ގޯހެއް: އެޑީ
ކަލްޓް ލީޑަރު ޖިމް ޖޯންސްގެ ރޯލަށް ލިއޮނާޑޯ