09 ޑިސެމްބަރ 2021
ހެލްތު ޓެކްނޮލޮޖީ ކުންފުންޏެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާގެ ތެރަނޯސްގެ ބާނީ އެލިޒަބަތު ހޯމްސްގެ އެރުމާއި ވެއްޓުމަށް ބިނާކޮށް ހަދާ ފިލްމަކަށް މަޝްހޫރު ބަތަލާ ޖެނިފާ ލޯރެންސް ސޮއިކޮށްފި އެވެ.
ހެލްތު ޓެކްނޮލޮޖީ ކުންފުންޏެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާގެ ތެރަނޯސްގެ ބާނީ އެލިޒަބަތު ހޯމްސްގެ އެރުމާއި ވެއްޓުމަށް ބިނާކޮށް ހަދާ ފިލްމަކަށް މަޝްހޫރު ބަތަލާ ޖެނިފާ ލޯރެންސް ސޮއިކޮށްފި އެވެ.
ވެރައިޓީން ބުނި ގޮތުގައި މިހާރު އަލަތު ދަރިފުޅަށް ބަލިވެއިން ބަތަލާގެ މި ފިލްމަކީ މާދަމާ ރިލީޒްކުރާ އޭނަގެ އާ ފިލްމު "ޑޯންޓް ލުކް އަޕް" ގެ ޑައިރެކްޓަރު އެޑަމް މެކޭ ޕްރޮޑިއުސްކޮށް، ލިޔެ އަދި ޑައިރެކްޓްކުރާ "ބޭޑް ބްލަޑް" އެވެ.
އެޕަލް ސްޓޫޑިއޯސް އާއި ލެޖެންޑަރީ ޕިކްޗާޒް ވެސް ހިއްސާވާ ގޮތަށް ހަދާ މި ފިލްމަކީ ޕްލިޓްޒާ ޕްރައިޒް ހޯދާފައިވާ ތަހުގީގީ ނޫސްވެރިޔާ ޖޯން ކެރިރޯ ލިޔެފައިވާ "ބޭޑް ބްލަޑް: ސީކްރެކްޓްސް އެންޑް ލައިޒް އޮފް ސިލިކަން ވެލީ" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. ލޯރެންސާ އެކު ފިލްމުގެ މަސައްކަތް ފަށާނީ އޭނާ ވިހައި ގަދަވުމުންނެވެ. އެހެންވެ "ބޭޑް ބްލަޑް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހަމައެއް ނުޖައްސަ އެވެ.
މި ފިލްމުގައި އެލިޒަބަތު، 37، ގެ ރޯލު ކުޅެން އޮސްކާ އެވޯޑް ހާސިލު ކޮށްފައިވާ ބަތަލާ އެއްބަސްވި އިރު، އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި މިހާރު ޝޫޓިން ނިންމާފައި އޮތް "ރެޑް، ވައިޓް އެންޑް ވޯޓާ" ހިމެނެ އެވެ. ލީލާ ނެގެންބޯ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ލޯރެންސް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެއްޗެކެވެ.
އެލިަބަތު ހޯމްސް އަދި ޖެނިފާ ލޯރެންސް.
"ސިލްވަލައިން ޕްލޭބުކް" އާއި "ހަންގަ ގޭމްސް" ފަދަ ފިލްމުތައް ކުޅެފައި ލޯރެންސް، 31، ގެ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "ޑާކް ފީނިކްސް" އިންނެވެ.
މާދަމާ ރިލީޒްކުރާ "ޑޯންޓް ލުކް އަޕް" އަކީ ސައިންސް ފިކްޝަން ފިލްމެކެވެ. އޭގެ ކާސްޓްގައި ލިއޮނާޑޯ ޑި ކެޕްރިއޯ، ޓިމޮތީ ޝެމަލޭ، ޓައިލާ ޕެރީ، މެރީލް ސްޓްރީޕް، ކޭޓް ބްލެންޗެޓް، ޖޯނަ ހިލް، ރޮބް މޯގަން، މެތިއު ޕެރީ، މާކް ރައިލަންސް، ސްކޮޓް މެޒްކުޑީ އަދި ލަވަކިޔުންތެރިޔާ އަރިއަނާ ގްރަންޑޭ ހިމެނެއެވެ.
އުޖޫރައިގެ ފަރަގު ލޯރެންސަށް މައްސަލައެއް ނޫން
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
މާވެލްގެ ފިލްމަކުން ކިއާނޫ ފެނުމުގެ އިޝާރާތެއް
ނޯލަންގެ އާ ފިލްމުން ރަމީ އަށް ވެސް ރޯލެއް
ޓޭޓަމްގެ "މެޖިކް މައިކް 3" އަށް ނިއުޓަން
ބޯލްޑްވިން ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް
ޓޭޓަމްގެ "މެޖިކް މައިކް 3" ކަށަވަރު
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް
"ޑެނިޝް ގާލް" ކުޅުމަކީ ހެދުނު ގޯހެއް: އެޑީ
ކަލްޓް ލީޑަރު ޖިމް ޖޯންސްގެ ރޯލަށް ލިއޮނާޑޯ