Roadha Mihaaru
ބީޖޭޕީގެ މައްޗަށް މިފަހަރު ވެސް ކުރި ހޯދީ އޭއޭޕީ

ދިއްލީގެ އިންތިޚާބު: ބީޖޭޕީގެ މައްޗަށް މިފަހަރު ވެސް ކުރި ހޯދީ އޭއޭޕީ

11 ފެބުރުއަރީ 2020

ނިއު ދިއްލީ (ފެބްރުއަރީ 11) - އިންޑިއާގައި ހޮނިހިރު ދުވަހު ބޭއްވި ނިއު ދިއްލީގެ އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މައްޗަށް އަރުވިންދު ކެޖްރިވާލްގެ އާމް އާދުމީ ޕާޓީ (އޭއޭޕީ) ބޮޑު ތަފާތަކުން ކުރި ހޯދައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ފެބްރުއަރީ 11) - އިންޑިއާގައި ހޮނިހިރު ދުވަހު ބޭއްވި ނިއު ދިއްލީގެ އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މައްޗަށް އަރުވިންދު ކެޖްރިވާލްގެ އާމް އާދުމީ ޕާޓީ (އޭއޭޕީ) ބޮޑު ތަފާތަކުން ކުރި ހޯދައިފި އެވެ.

ދިއްލީގެ އެސެމްބްލީގެ 70 ގޮނޑީގެ ތެރޭން އޭއޭޕީން ވަނީ 62 ގޮނޑި ހޯދައިފަ އެވެ. ބޭޖީޕީ އަށް ލިބިފައި ވަނީ އަށް ގޮނޑި އެވެ. އެހެންކަމުން ދިއްލީގެ ޗީފް މިނިސްޓަރުގެ މަގާމު ކެޖްރިވާލަށް ތިން ވަނަ ފަހަރަށް ވަނީ ޔަގީންވެފަ އެވެ.

މިއީ މިދިޔަ އަހަރު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރި ބީޖޭޕީ އަށް އަނެއްކާވެސް ލިބުނު ނާކާމިޔާބެއްގެ ގޮތުގައި ތަޖްރިބާކާރުން ސިފަކުރެ އެވެ. ސަބަބަކީ ބީޖޭޕީން މިފަހަރު ވަނީ ދިއްލީގައި ވަރަށް ބޮޑަށް ކެމްޕޭންކޮށްފައި ކަމަށްވާތީ އެވެ. ޕާޓީގެ ބާރުގަދަ ހޯމް މިނިސްޓަރު އަމިތު ޝާހު ފަދަ ބޭފުޅުން ވަނީ ދިއްލީގެ މަގުތަކަށް ނުކުމެވަޑައިގެން ވޯޓު ހޯއްދެވުމުގެ މަސައްކަތް ކުރައްވައިފަ އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު ކެޖްރިވާލް މެނިފެސްޓޯ އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ދިއްލީގެ ޗީފް މިނިސްޓަރު ކެޖްރިވާލް މެނިފެސްޓޯ އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ކޮރަޕްޝަނާ ދެކޮޅަށް ކެމްޕޭން ކުރައްވައިގެން މަޝްހޫރުކަން ހޯއްދެވި ކެޖްރިވާލް، 51، އެންމެ ފުރަތަމަ ޗީފް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ބޮޑު ތަފާތަކުން 2015 ގައި އަލުން އިންތިޚާބުވެވަޑައިގެންނެވި އެވެ.

ކެޖްރިވާލްގެ ޗީފް މިނިސްޓަރުކަމުގައި ވެރިރަށުގައި ސަރުކާރު ސްކޫލްތަކުގެ ހިންގުން ރަނގަޅުކޮށް، އަތްފޯރާ ފަށުގައި ނެއިބަހުޑް ކްލިނިކްތައް ހަދައި ދިއްލީގެ ރައްޔިތުންނަށް ކަރަންޓާއި ބޯފެން ހެޔޮ އަގުގައި ފޯރުކޮށްދިނުން ހިމެނެ އެވެ. އޭނާ ވަނީ ފެޑެރަލް ސަރުކާރުގެ ބާރުގެ ދަށުން ދިއްލީ އަށް އިިތުރު މިނިވަން ހޯދުމަށް މަސައްކަތް ކުރައްވައިފަ އެވެ.