Roadha Mihaaru
އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް މޯދީ އެދިވަޑައިގެންފި

އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް މޯދީ އެދިވަޑައިގެންފި

25 ޖޫން 2024

އިންޑިއާގެ އާންމު އިންތިހާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ހީކުރި ވަރުގެ ކާމިޔާބީއެއް ނުލިބި މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ކޯލިޝަން ސަރުކާރެއް ހަދައިގެން ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ނަރެންދުރަ މޯދީ އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް އެދިވަޑައިގެންފި އެވެ.

އަލަށް އިންތިހާބުކުރި ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ކުރިން މީޑިއާ އަށް ދެއްވި ބަޔާނެއްގައި މޯދީ މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު މިއީ މޯދީގެ ތިން ވަނަ ދައުރުގެ ވެރިކަން ބައްޓަންކުރައްވަން މަސައްކަތްކުރައްވާނެ ގޮތް ކަމަށް، ދިރާސާކުރާ ބައެއް މީހުން ވަނީ ބުނެފަ އެވެ.

ބީޖޭޕީގެ ދަށް ނަތީޖާއާ އެކު، އިދިކޮޅު ކޮންގްރެސްއަށް ދިރުން ލިބި އިދިކޮޅު ކޯލިޝަނުގެ ބާރު ގަދަވެފައި ވާއިރު ކޮންގްރެސްގެ ލީޑަރަކީ އިދިކޮޅު ލީޑަރު ކަމަށް ރަސްމީކޮށް ކަނޑައަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އިދިކޮޅު ލީޑަރުކަމަށް ކަނޑައެޅޭނީ 543 މެންބަރުން ހިމެނޭ މަޖިލީހުގެ 10 ޕަސެންޓަށް ވުރެ މަތިން ހިއްސާވާ ޕާޓީއެއްގެ ބޭފުޅަކަށެވެ. މިދިޔަ 14 އަހަރު، އިދިކޮޅު ލީޑަރުގެ މަގާމު ހުސްކޮށް އޮތީ މީގެ ކުރިން އިންޑިއާގައި ވަރުގަދަކޮށް އޮތް ކޮންގްރެސް ޕާޓީއަށް މި ނިސްބަތަށް މިދިޔަ ދެ އިންތިހާބުގައި ވެސް ގޮނޑި ނުލިބުމުންނެވެ.

"މި ގައުމު ކުރިއަށް ގެންދިއުމަށް، އެއްބާރުލުމާއި ކަންކަމުގައި ދޫދިނުމުގެ މުހިންމުކަން ވަނީ ވަރަށް ބޮޑުވެފައި،" އިދިކޮޅު ޕާޓީތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އިލްތިމާސްކުރައްވަމުން މޯދީ ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވަނީ އެ މީހުންގެ މަންދޫބުން މަޖިލީހުގައި ބަހުސްކޮށް ގައުމުގެ ބޮޑެތި މައްސަލަތަކުގައި މަޝްވަރާކޮށް ހައްލު ހޯދަން ... މަޖިލިސް ހިންގުމަށް ހުރަސްއަޅައި ދަތިކުރުމަކީ ރައްޔިތުން ކުރާ އުންމީދެއް ނޫން."

މޯދީ ވިދާޅުވީ "ރައްޔިތުން ބޭނުމީ ޝިއާރުތަކެއް ނޫން" ކަމަށާއި ނަތީޖާ ކަމަށެވެ.

އިންޑިއާގެ މީޑިއާއިން ލަފާކުރާ ގޮތުގައި އާ މަޖިލީހުގައި ބަހުސްތައް ކުރިއަށްވުރެ ހޫނުވެ އިދިކޮޅު ޕާޓީތަކުގެ އަޑާއި ބާރު ވެސް ގަދަވާނެ އެވެ. -- އޭއެފްޕީ