09 ފެބުރުއަރީ 2020
އައްޑު އަކީ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހުރި ތަނަކަށް ވާތީ އައްޑޫގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް، އައްޑޫގައި ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރުން މުހިންމު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
އައްޑު އަކީ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހުރި ތަނަކަށް ވާތީ އައްޑޫގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް، އައްޑޫގައި ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރުން މުހިންމު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް އައްޑު އަށް ކުރެއްވި ދަތުރުގައި އުޅުއްވަމުން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑު އަކީ ތަފާތު ބަހުރުވައަކާއި ދިގު ތާރީހަކާއި މުއްސަނދި ސަގާފަތަކާއި ތަރިކަ ލިބިފައިވާ ސިޓީއެއް ކަމަށާއި އެ ތަނުގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރުން މުހިންމު ކަމަށެވެ.
ައައްޑޫ ސިޓީ އަކީ ތަފާތު ބަހުރުވައަކާއި ދިގު ތާރީޚަކާި، މުއްސަނދި ސަގާފަތަކާއި ތަރިކަ ލިބިފައިވާ ސިޓީއެއް. މި ސިޓީގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރުން މުހިންމު. @AdduCityCouncil @MoACHmv @MoTmv pic.twitter.com/TTwxmAIi84
— Yumna Maumoon (@yumna_maumoon) February 8, 2020
މިނިސްޓަރުގެ އައްޑޫގެ ދަތުރުގައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި ތާރީހީ ތަންތަނަށް ވަޑައިގެން އެތަންތަން ބައްލަވައިލައިވެ އެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ސަގާފީ ތަރިކަ ރައްކާތެރިކޮށް، ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މިނިސްޓަރ @yumna_maumoon އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މަރަދޫ ދަނޑިވަރަ މިސްކިތުގެ އާސާރީ ގަބުރުސްތާނާއި މަރަދޫ މާމިސްކިތާއި މަރަދޫ ޤާދިރީ ކަލޭގެފާނުގެ ޒިޔާރަތާއި އެތަނާއި ގުޅިފައިވާ އާސާރުތައް ބައްލަވާލައްވައިފި. pic.twitter.com/8qSXfGqhdB
— Ministry of Arts, Culture and Heritage (@MoACHmv) February 8, 2020
މީގެ އިތުރުން އައްޑޫގެ މާއްދީ ތަރަކައިގެ ގޮތުގައި ގިނަ ތަންތަން އެބަހުރި ކަމަށާއި އައްޑޫގެ މައުނަވީ ތަރިކައިގެ ގޮތުގައި ހުރި، އައްޑޫ ބަހުރުވަ، ހާއްސަ ކުޅިވަރުތައް، ހާއްސަ އާދަކާދަ، މަސައްކަތްތެރިކަން ހިމެނޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރ @yumna_maumoon އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ގަމުގައި މީހުން ދިރިއުޅުނު ޒަމާނުގެ މާމިސްކިތާއި އެ މިސްކިތާ އިންވެގެން އޮތް އާސާރީ ގަބުރުސްތާނު ބައްލަވާލައްވައިފި. @AdduCityCouncil pic.twitter.com/f959JK8ZGU
— Ministry of Arts, Culture and Heritage (@MoACHmv) February 7, 2020
މިނިސްޓަރާ އެކު ބައްދަލުވުމުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ އައްޑޫ ބަހުރުވަ ގެއްލެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ބަހުގެ ސިޔާސަތެއްގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އައްޑޫގެ ތާރީހު ރަސްމީ ސިފައެއްގައި ލިޔެވިފައި ނުވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މިނިސްޓަރ @yumna_maumoon އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި، ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން އެ ސިޓީގައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވައިފި.@AdduCityCouncil pic.twitter.com/TVY4opN23d
— Ministry of Arts, Culture and Heritage (@MoACHmv) February 6, 2020
އައްޑޫގެ އާސާރީ ތަންތަނާ ބެހޭ ސާވޭއެއް ހެދުމުގެ މަސައްކަތްތަކެއް ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ އިރު، އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ ވަނަވަރާ ބެހޭ ފޮތެއް ލިޔުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި
ބިޔޯންޑް ދި އީކުއޭޓާއިން އައްޑޫގެ ރީތިކަމާއި ނަލަކަން
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
ހިތަދޫ ޓޫރިޒަމް ޒޯން ތަރައްގީކުރަން ހުޅުވާލައިފި
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި
އައްޑޫ ޓޫރިޒަމް ޒޯންތަކަށް އެސްޑީއެފްސީން ލޯނު ނަގަނީ
އައްޑޫން ޓޫރިޒަމްގެ ބޭނުމަށް 23 ބިމެއް ދޫކޮށްފި
ކެނަރީފް ރިސޯޓަށް މުވައްޒަފުން ހޯދަނީ
އައްޑޫ ކެނަރީފް ޑިސެމްބަރުގައި އަލުން ހުޅުވަނީ