ޒުވާނުންނާއި އަންހެނުން ބިނާކުރުމުގެ ދާއިރާއިން ނުފޫޒު ގަދަ މީހުންނަށް އެސޯސިއޭޝަން ޓު އެޑްވާންސް ކޮލިޖިއޭޓް ސްކޫލް އޮފް ބިޒްނަސް (އޭއޭސީއެސްބީ) އިން ދޭ "އިންފްލުއެންޝަލް ލީޑާ" ގެ އެވޯޑު ރާއްޖޭގެ ފުޅާ ދާއިރާއެއްގައި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރަމުން އަންނަ ސިމްޑީގެ ސީއީއޯ އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އަށް ލިބިވަޑައިގެންފި އެވެ.
02 ފެބުރުއަރީ 2020

ޝަކީލާ އަށް މި އެވޯޑު ލިބިވަޑައިގަތީ "ކޮންސިއުމާ ގުޑްސް އެންޑް ސާވިސް" ގެ ދާއިރާއިންނެވެ. މި ދާއިރާ އިން ނުފޫޒުގަދަ ލީޑަރެއްގެ ގޮތުގައި ޝަކީލާ ހޮވުނުކަން އިއުލާނުކުރީ އޭއޭސީއެސްބީގެ ވެބްސައިޓުގަ އެވެ.
އޭއޭސީއެސްބީން މި އެވޯޑު ދިނުމުގައި ބަލަނީ އެ ޖަމިއްޔާ އިން ގަބޫލުކުރާ ކޮލެޖާއި ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކުރި ދަރިވަރުންނަށެވެ. އެގޮތުން، ޝަކީލާ ތައުލީމް ހާސިލް ކުރައްވާފައިވަނީ އެ ޖަމިއްޔާއިން ސަނަދު ގަބޫލުކުރާ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީންނެވެ.
ކާޓިން ޔުނިވާސިޓީގެ އެކްސްޓާނަލް އެންގޭޖްމަންޓް މެނޭޖަރު ޑރ. މޭގަން ލީ ކްލަސް ވެސް ވަނީ ޝަކީލާ އަށް މަރުހަބާ ވިދާޅުވެފަ އެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ކްލަސް ވިދާޅުވީ ވިޔަފާރީގެ ދާއިރާއިންނާއި ނޮން ޕްރޮފިޓް ދާއިރާއިން ގިނަ ކުރިއެރުންތަކެއް ޝަކީލާ އަކީ ހޯއްދަވާފައިވާ ކަމަށެވެ. އަދި ލީޑާޝިޕް ކޮލިޓީތަކުގެ ބޭނުން ހިއްޕަވައި ދުނިޔޭގެ ކަންކަން ރަނގަޅު ގޮތްތަކަށް ބަދަލު ގެންނައުމަށް އޭނާ މަސައްކަތް ކުރައްވާ ކަމަށް ވެސް ޑރ. ކްލަސް ވިދާޅުވި އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭން މަސައްކަތްކުރަން ޖެހޭ
އައްޑޫ އައިއެމްޑީސީން އެންޓިބޮޑީ ޓެސްޓް ހަދަނީ
ދިލްމާ ސައިގެ ޗެލެންޖަށް ބޮޑު ކާމިޔާބެއް
އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކީ ސިމްޑީ ގްރޫޕް
އެފްއެޗްއޭއެމްގައި ދިލްމާ ސައިގެ ޗެލެންޖެއް
އިލެކްޓްރޮލަކްސް ޕްރޮފެޝަނަލްއާ ގުޅިގެން ވޯކްޝޮޕެއް
"ރިޕްކާލް"ގެ ރީޓެއިލް ފިހާރައެއް ހުޅުމާލެއަށް
ސިމްޑީގެ "މޮނިން ޑޭ"އަށް ހޫނު ތަރުހީބެއް!
ސިމްޑީގެ "މޮނިން ޑޭ" ހަރަކާތް މާދަމާ ކުރުނބާގައި
އައިސީޕީއަށް 10 އަހަރުފުރުން ފާހަގަކޮށްފި