ކޮވިޑް-19 ޖެހިފައިވާކަން ދެނެގަތުމަށް ހަދާ އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ޓެސްޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އައްޑޫ ހިތަދޫގައި ހިންގާ އިންޓަނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) އިން ބުނެފި އެވެ.
08 ޖޫން 2020
ކޮވިޑް-19 ޖެހިފައިވާކަން ދެނެގަތުމަށް ހަދާ އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ޓެސްޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އައްޑޫ ހިތަދޫގައި ހިންގާ އިންޓަނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) އިން ބުނެފި އެވެ.
ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އާއިލީ ވިޔަފާރި ކުންފުނި ސިމްޑީފގެ ދަށުން ހިންގާ އައިއެމްޑީސީ އަކީ އައްޑޫގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލެކެކެވެ. މީގެ 12 އަހަރު ކުރިން ހިދުމަތް ދޭން ފެށި އައިއެމްޑީސީން ބުނީ އެންޓިބޮޑީ ޓެސްޓް ހަދަން ބޭނުންވާ ސާމާނު ވެސް މިހާރު ހޯދާފައިވާ ކަމަށެވެ.
ޓެސްޓް ހަދަން ފަށާ އިރު، މެޝިނުން ގަޑިއަކު 36 ޓެސްޓް ހަދައި 10 މިނިޓްގެ ތެރޭގައި ނަތީޖާ ވެސް ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.
އައިއެމްޑީސީން އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދަ އަށް އެދިފައިވާ އިރު، މާލޭގެ އިތުރުން ހުރިހާ އަތޮޅެއްގައި ވެސް ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުންޏެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ އަތޮޅުތަކުގައި އެންޓިބޮޑީ ޓެސްޓު ހެދޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަން ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫގައި އަމިއްލަ ކްލިނިކަކުން އެންޓިބޮޑީ ޓެސްޓް ހަދަން ފަށަން އެދުމުން އެކަމަށް ކުރިން ހުއްދަ ނުދީ އޮތީ އެކަމުގެ ވަކި ފެންވަރެއް ހިފަހައްޓަން ޖެހޭތީ ކަމަށެވެ.
އެންޓީބޮޑީ ޓެސްޓް ހެދުމުގެ ހުއްދަ އަށް އައްޑޫން އެންމެ ފުރަތަމަ އެދުނީ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާއިންނެވެ. ނަމަވެސް އެތަނަށް ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އެންގިކަން ކްލިނިކުން ހިއްސާކުރީ މި މަހުގެ 4 ވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި އެ ހުއްދަ ނުދިނީ އައްޑު އަކީ ކޮރޯނަވައިރަސް އެއްވެސް ވަރަކަށް ފެތުރިފައި ނެތް ސަރަހައްދެއްކަމުން އެންޓިބޮޑީ ޓެސްޓް ހެދުމުގެ މާބޮޑު ބޭނުމެއް ނެތުމުންނެވެ. އަދި އެއީ ބަލި ހުރިތޯ ބަލަން ކޮވިޑް-19 އަށް ކުރާ ޕީސީއާރު ޓެސްޓަކަށް ނުވުމުންނެވެ. ނަމަވެސް މިހާރު އަތޮޅުތަކުގައި އެންޓިބޮޑީ ޓެސްޓް ހެދުމުގެ އިންތިޒާމުތައް ހަމަޖައްސަން ނިންމީ ހޯމް ކަރަންޓީނަށް މާލޭން ރަށްރަށަށް މީހުން ފޮނުވަން ފެށުމާ ގުޅިގެންނެވެ. އެގޮތުން ފޮނުވާ މީހުން 24 ދުވަހަށް ފަހު އެންޓިބޮޑީ ޓެސްޓް ހަދަން ޖެހެ އެވެ.
"އެހެން ނަމަވެސް މި ވަގުތު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަދަން އަތޮޅު ތެރެއަށް ވެސްް އެންޓިބޮޑީ ޓެސްޓިންގެ ޚިދުމަތް ފުޅާކުރުމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫގައި ކޮވިޑްގެ ކޭސްތަކަށް ދަށްވުމެއް
މި ރެއިން ފެށިގެން އައްޑޫގައި އަނެއްކާ ވެސް ކާފިއު
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
މި ރެއިން ފެށިން އައްޑޫގައި ކާފިއު ހިންގަނީ
ހިތަދު އަށް އަރައިފޭބުން މަނާކޮށްފި
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވޭ