29 ޖެނުއަރީ 2020
މިދިޔަ އަހަރު އެސްޓީއޯ އަށް، ޓެކްސް އަށް ކެނޑުމުގެ ކުރިން 422 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިދިޔަ އަހަރު އެސްޓީއޯ އަށް، ޓެކްސް އަށް ކެނޑުމުގެ ކުރިން 422 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓުގެ ކުރިއެރުމެކެވެ. މި ފައިދާ އެ ކުންފުންޏަށް ލިބުނީ އާއްމު ވިޔަފާރިތަކުން ލިބުނު ކުރިއެރުންތަކުގެ ސަބަބުން ކަމަށް މިހާދު ވިދާޅުވި އެވެ.
އެސްޓީއޯއިން މިއަދު ހާމަކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 358 މިލިއަން ރުފިޔާ އެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 537 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާވި ނަމަވެސް ވިޔަފާރި ކުރިއެރުމުގައި ދަތިތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ރާއްޖޭގެ ބާޒާރުގައި އަގު ކުޑަ ހެޔޮކޮށް ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރި މަސައްކަތް ފާހަގަކުރެއްވި އެވެ.
"ދެހާސް ނަވަރާ ވަނަ އަހަރު ފެށުނު އިރަށް ވުރެ ނިމުނު އިރު ޑީސަލުން މި ވަނީ 80 ލާރި ކުޑަކުރެވިފައި. އަދި އޭގެ އިތުރުން ޕެޓްރޯލްގެ އަގު ދެހާސް ނަވާރަ ވަނަ އަހަރު ފެށުނު އިރަށް ވުރެ ނިމުނު އިރު މި ވަނީ 1.26 ރުފިޔާ ކުޑަކުރެވިފައި،" އަމްރު ވިދާޅުވިއެވެ.
އަމްރު ވަނީ މިއަހަރު ވެސް އެސްޓީއޯއަށާއި ރައްޔިތުންނަށް ފައިދާވާނެ ކަންތައްތައް އެ ކުންފުނިން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނިން މަސައްކަތްކުރާނީ ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން އަހަރުގެ މަސައްކަތް: އަމްރުގެ އުފާވެރިކަން ބޮޑު!
އުވާލީ މަސައްކަތެއް ނުކުރާ ކުންފުނިތައް: އަމްރު
ހޮޓާ ވިއްކާލަނީ ކޭޝްފްލޯ ރަނގަޅުކުރަން: އަމްރު
ސަރުކާރުގެ ތިން ކުންފުންޏަކަށް އެމްޑީން ހަމަޖައްސައިފި
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އާޝާން
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
އެސްޓީއޯގެ އާމްދަނީ އިތުރު، އެކަމަކު ފައިދާ ދަށަށް
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް