16 މާޗް 2019
އުވާލި ކުންފުނިތަކަކީ މިހާރު އެއްވެސް އޮޕަރޭޝަނެއް ނުހިންގާ ކުންފުނިތައް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހަސަން އަމްރު ވިދާޅުވެއްޖެ އެވެ.
އުވާލި ކުންފުނިތަކަކީ މިހާރު އެއްވެސް އޮޕަރޭޝަނެއް ނުހިންގާ ކުންފުނިތައް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހަސަން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު ވިދާޅުވީ، އެކުންފުނިން އުވާލީ އެސްޓީއޯ ހޮޓެލް އެންޑް ރިސޯޓާއި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ ކަމަށެވެ. އަދި ވަގުތީ ގޮތުން ހުއްޓާލީ އެސްޓީއޯ ސިންގަޕޫރު ކަމަށެވެ.
އެ ތިން ކުންފުންޏަކީ ވެސް މާބޮޑު މަސައްކަތެއް ކުރާ ކުންފުނިތަކެއް ނޫން ކަމަށާއި އުވާލި ދެ ކުންފުންޏަކީ ޕޭޕާ ދެ ކުންފުނި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ ކުންފުނީގައި މުވައްޒަފުން ވެސް ނުތިބެ އެވެ.
ވަގުތީ ގޮތުން ހުއްޓާލި އެސްޓީއޯ ސިންގަޕޫރުގައި އޮފީހެއް ގާއިމުކޮށް ހަތަރު މުވައްޒަފުން ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ސިންގަޕޫރު މުވައްޒަފެކެވެ. އެ މުވައްޒަފުންނަށް އޮންނަ އުސޫލުގެ ތެރެއިން ބަދަލު ދޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާބޮޑު މަސައްކަތެއް ނުކުރެވި، ސިންގަޕޫރުގައި ކުންފުންޏެއް ހިންގުމަށް ބޮޑު ހަރަދެއް ހިނގާ އިރު އެކުންފުނީގެ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭ ކަމަށެވެ. އަދި އެކުންނިން ބޮޑު ގެއްލުމެއް ލިބޭތީ ކުންފުނީގެ ހިންގުން ހުއްޓާލުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން އަންނަނީ ސަބްސިޑަރީ ގިނަ ކުންފުނިތަކެއް ހިންގަމުންނެވެ. ކުރިއަށް އޮތްތަނުގައި، މަސައްކަތްކުރާ އެއްވެސް ކުންފުންޏެއް އުވާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.
ދެ ކުންފުންޏެއް އުވާލާއި އެއް ކުންފުނީގެ ހިންގުން ހުއްޓާލުމަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެސްޓީއޯގެ ބޯޑު ބައްދަލުވުމުގަ އެވެ.
ތިން އަހަރުގެ މަސައްކަތް: އަމްރުގެ އުފާވެރިކަން ބޮޑު!
މިދިޔައަހަރު އެސްޓީއޯގެ ފައިދާ، 422 މިލިއަން ރުފިޔާ
ހޮޓާ ވިއްކާލަނީ ކޭޝްފްލޯ ރަނގަޅުކުރަން: އަމްރު
ސަރުކާރުގެ ތިން ކުންފުންޏަކަށް އެމްޑީން ހަމަޖައްސައިފި
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އާޝާން
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
އެސްޓީއޯގެ އާމްދަނީ އިތުރު، އެކަމަކު ފައިދާ ދަށަށް
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް