Roadha Mihaaru
ސިއްރު ހެކިނެގުން ހުއްޓުމަކަށް؛ ޕީޖީން ސުޕްރީމް ކޯޓަށް

ސިއްރު ހެކިބަސް ނެގުން ހުއްޓުމަކަށް؛ ޕީޖީން ސުޕްރީމް ކޯޓަށް

28 ޖެނުއަރީ 2020

ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތް ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅުމާ އެކު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތް ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅުމާ އެކު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ނިންމައިފި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ބުނާ ގޮތުން ޖިނާއީ މައްސަލަތަކުގައި ހެކިވެރިޔާ އަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އަދި އެ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގަ އެވެ. އެކަމަކު 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ އެ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނުވެ އެވެ.

އެހެންވެ، ގާނޫނު އޮތްގޮތުން މިހާރު ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގުމުގެ ބާރެއް ކޯޓުތަކަށް ނެތް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކުރި ހުކުމުގަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ސިއްރުން ހެކިބަސް ނެގުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާއިރު ހެއްކާ ބެހޭ ގާނޫނުގައި އެފަދަ ވާހަކައެއް ނެތީސް ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އާއި 119 ވަނަ މާއްދާ އާއި 131 ވަނަ މާއްދާ އާއި 134 ވަނަ މާއްދާ ހިމެނޭ ގޮތަށް މުޅި ގާނޫނު އެއްކޮށް ކިޔާއިރު، ސިއްރު ހެކިބަހާ ގުޅޭގޮތުން ހައި ކޯޓުން ކަނޑައެޅި އުސޫލު ރަނގަޅު ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ، އެ ހުކުމުގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.

ޝަމީމްގެ ޓްވީޓް

Aiy dhashun dhiya gothah sirru heki "gellijje"?

Aiy dhashun dhiya gothah sirru heki "gellijje"?

The most trusted news source in the Maldives

Mihaaru

ގާނޫނު އޮތްގޮތުން މިހާރު ސިއްރު ހެކިބަސް ނެގުމުގެ މައްސަލާގައި ކުރީގެ ލިޔުމެއް

ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ބުނެ އެކަން މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ވަކީލުން ހައި ކޯޓުގައި ފާހަގަކުރި އެވެ. އޭރު އެކަމާ މެދު ސީދާ ވަކި އެއްޗެއް ބުނުމުގެ ބަދަލުގައި ހައި ކޯޓުން ނިންމާފައިވަނީ އެ ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ސިއްރުން ހެކިބަސް ނެގިދާނެ ކަމަށެވެ. އެކަމަކު ގާނޫނުގެ އެ މާއްދާއާ ގުޅޭގޮތުން ވަކި އެއްޗެއް މީގެކުރިން އެ ކޯޓުން ބުނެފައެއް ނުވެ އެވެ.