20 މެއި 2021
ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމްވާ ކަމަށް ހައި ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމްވާ ކަމަށް ހައި ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ދެ ހާލަތެއް އޮވެ އެވެ. އެއީ 60 ވަނަ މާއްދާގެ ށ. ގެ ދަށުން "ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި" ހުރުމާ އެކު ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުން ކުރެ ހާލަތެއް އޮތުމުން ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުމެވެ. ދެވަނަ ގޮތަކީ 60 ވަނަ މާއްދާގެ ބ. ގެ ދަށުން "ތުހުމަތެއް ކުރެވޭ މިންވަރު ހެކި" ނެތީސް ވަކި މުއްދަތަކަށް ބަންދު ކޮށްފައި ވަނިކޮށް ފަހުން އެ މިންވަރަށް ހެކި ލިބުމުން ޝަރީއަތް ނިމެންދެން ބަންދު ކުރެވޭ ހާލަތެވެ.
ލޯބިވެރިޔާއާ މެދު މާރާމާރީ ހިންގި މީހެއްގެ މައްސަލައެއްގައި މިދިޔަ އަހަރު ހައި ކޯޓުން ކަނޑައެޅީ ތުހުމަތެއް ކުރެވޭ މިންވަރު ހެކި ހުރުމާ އެކު، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް (ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް ނުވަތަ މުޖްތަމައުއަށް ނުރައްކަލެއް ވެދާނެ ކަމަށް ބެލެވުން) އޮތް ނަމަ އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުން ފަނޑިޔާރުންނަށް ލާޒިމްވާނެ ކަމަށެވެ. އެކަމަކު ވަކި މުއްދަތަކަށް ބަންދުކޮށްފައި ވަނިކޮށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ލިބޭ ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމާއި ނުކުރުމަކީ ފަނޑިޔާރުގެ އިހްތިޔާރުގެ ތެރޭގައި އޮންނަ ކަމެއް ކަމަށް ހައި ކޯޓުން އޭރު ކަނޑައަޅާފައިވެ އެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ލާޒިމް ކަމެއް ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގެ އިބާރާތުގައި ލިޔެފައި އޮތަސް، ގާނޫނުގެ މަގްސަދަށް ބެލުމުން އެއީ ލާޒިމް ކަމެއް ނޫން ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުން ލާޒިމްވާ ކަމަށް ގާނޫނުގައި ބުނެފައިވާ މާއްދާ އޮތްގޮތުން ކުދި ކުށްތަކުގައި ވެސް އެގޮތަށް އަމަލު ކުރަންޖެހޭ ކަމަށެވެ. އެކަމަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ އިހްތިޔާރީ ކަމެއް ކަމަށް ގާނޫނުގައި ބުނާ މާއްދާގައި އެކަން ކުރެވެނީ ހަމައެކަނި ބޮޑެތި ކުށްތަކުގައި ކަމަށް އެ ހުކުމުގައިވެ އެވެ. ކުދި ކުށްތައް ވެސް ހިމެނޭހެން ޝަރީއަތް ނިމެންދެން ކުރުން ލާޒިމް ވެފައި، ހަމައެކަނި ބޮޑެތި ކުށްތަކުގައި އެކަން އިހްތިޔާރީ ކަމެއްގެ ގޮތުގައި އޮތުން ހަމަނުޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
"ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރު ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވަނީ އެއީ ފަނޑިޔާރަށް ކުރުން ލާޒިމް ކަމެއްގެ ގޮތުގައި ކަމުގައި ބެލުމަކީ ނުވަތަ އެގޮތަށް އެ މާއްދާ މާނަ ކުރުމަކީ އިންސާފުގެ ހަމަތަކަށާއި ބަންދުގައި ބެހެއްޓޭ މީހާގެ އަސާސީ ހައްގުތަކަށް ބަލާއިރު އެކަށީގެންވާ ގޮތެއް ކަމުގައި އަހުރެން ނުދެކެމެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެގޮތަށް ނިންމީ ގާނޫނުގެ ލަފްޒީ މާނައަށް ވުރެ ގާނޫނުގެ މަގްސަދަށް ރިއާޔަތްކޮށްގެންނެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ މައްސަލާގައި ގާނޫނު ލިޔެފައި އޮތްގޮތުން މިހާރު ކުރިމަތިވާ ސުވާލުތަކަށް އެންމެ ފަސޭހައިން ހައްލު ހޯދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.
"ވާނުވާ" ލާޒިމްކަމަށް ކަނޑައެޅުމުން ސުޕްރީމް ކޯޓަށް
ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
"ބޭސް ކާޑު" ހުއްޓާލުމުން އިހުމާލުގެ ބިރު؟!
ދައުވާ ފޯމު ބާތިލު ކުރުމަކީ ދައުވާ ބާތިލުވުމެއް ނޫން
"ވާނުވާ" ރިވިއު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
ސިއްރު ހެއްކަށް ގާނޫނުން ހުރަހެއް ނެތް: ދައުލަތް
ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
މަތީ ކޯޓުތައް އިޖްރާއާތު ގާނޫނަށް ވުރެ މަތީގައި؟!
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!