Roadha Mihaaru
ދައުވާ ފޯމު ބާތިލު ކުރުމަކީ ދައުވާ ބާތިލުވުމެއް ނޫން

ދައުވާ ފޯމު ބާތިލު ކުރުމަކީ ދައުވާ ބާތިލުވުމެއް ނޫން: ހަައި ކޯޓު

29 ނޮވެމްބަރ 2021

ޖިނާއީ މައްސަލަތަކުގަައި ދައުވާ ފޯމު ބާތިލުކޮށް، މަައްސަލަ ބޭރުކޮށްލުމަކީ މުޅި ދައުވާ ބާތިލުވުން ނޫން ކަމަށް ހަައި ކޯޓުން ކަނޑައަޅައިފި އެވެ.

ޖިނާއީ މައްސަލަތަކުގަައި ދައުވާ ފޯމު ބާތިލުކޮށް، މަައްސަލަ ބޭރުކޮށްލުމަކީ މުޅި ދައުވާ ބާތިލުވުން ނޫން ކަމަށް ހަައި ކޯޓުން ކަނޑައަޅައިފި އެވެ.

އެ ކޯޓުން މިދިޔަ ހަފުތާގައި އެ ގޮތަށް ކަނޑައެޅީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ލިބުނު މީހެއްގެ މައްސަލައެއްގައި މެޖިސްޓްރޭޓް ކޯޓެއްގައި އެ މީހާގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް، އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރި މައްސަލައިގަ އެވެ. އެ މައްސަލަ ބޭރުކޮށްލީ ދައުވާ ލިބުނީ އައްޑޫ މީހަކަށް ވިޔަސް، އޭނާ އަށް ދައުވާކުރީ އެހެން ރަށެއްގެ ކޯޓެއްގައި ކަމަށް ވާތީ ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުމުގައި މުޅި ދައުވާ ބާތިލު ކަމަށް ކަނޑައަޅާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އެ ނިންމުމުގައި އޮތީ ދައުވާ ފޯމު ބާތިލްކުރުން ކަމަށެވެ. އަދި މަައްސަލައެއް ބެލުމުގެ އިހްތިސާސް އެ ކޯޓަކަށް ނުލިބޭ ނަމަ، އެގޮތަށް ދައުވާ ފޯމު ބާތިލް ކުރެވިދާނެ ކަމަށާއި އެހެންވެ، އެއީ މުޅި ދައުވާ އޭގެ ޒާތުގައި ބާތިލު ކުރުން ނޫން ކަމަށް ހުކުމުގަައި ވެ އެވެ.

ހުކުމުގައިވާ ގޮތުން، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން އެ މައްސަލަ އަލުން ބެލުމުގެ އަމުރަކަށް ދައުލަތުން ހައި ކޯޓުގައި އެދުނަސް، އެއީ މުޅި ދައުވާ ބާތިލު ކުރުމާ ބެހޭ މާއްދާ އެކެވެ. އަދި ދައުލަތުން ދަށު ކޯޓުގައި އެ މާއްދާ އަށް ރިއާޔަތް ކުރަން އެދިފައި ނުވާތީ އެ މަރުހަލާގައި ހައި ކޯޓަށް އެކަމުގައި ދެވޭނެ ހައްލެއް ނެތް ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.