14 ސެޕްޓެމްބަރ 2022
މީގެ 11 އަހަރު ކުރި އެވެ. ގޭންގް ހަމަނުޖެހުމެއްގައި މީހަކު މެރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ "ހެލްތު މިނިސްޓަރު ޒިންމާދާރު ކުރަން" ކަމަށް ބުނެ އެވެ. އޭނާ އަލުން ބަންދުކުރަން ވަގުތުން ދައުލަތުން ހައިކޯޓަށް ދިޔަ އެވެ.
މީގެ 11 އަހަރު ކުރި އެވެ. ގޭންގް ހަމަނުޖެހުމެއްގައި މީހަކު މެރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ "ހެލްތު މިނިސްޓަރު ޒިންމާދާރު ކުރަން" ކަމަށް ބުނެ އެވެ. އޭނާ އަލުން ބަންދުކުރަން ވަގުތުން ދައުލަތުން ހައިކޯޓަށް ދިޔަ އެވެ.
ހައިކޯޓުގައި އަޑުއެހުމެއް ނުބޭއްވި އޮއްވާ އެއްކަލަ މީހާ ގޮސް ދެވަނަ މީހަކު މަރާލައިފި އެވެ. ހައި ކޯޓުން އަވަހަށް މައްސަލަ ނިންމި ނަމަ، އިތުރު ފުރާނައެއް އެ މީހާގެ ޝިކާރައަކަށް ނުވެ، ސަލާމަތްވީހެވެ. އޭނާ ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމީ ދެވަނަ މީހާ މަރާލިތާ ވެސް އަހަރެއް ފަހުންނެވެ.
މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމީ އޭނާ ބަންދުން މިނިވަންވިތާ ތިން އަހަރު ފަހުން 2021 ވަނަ އަހަރު އެވެ. އޭރު ރިޝްވަތުގެ ދައުވާ އަނބުރާ ގެންދިޔަތާ ވެސް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ.
ފާރިސް ބަންދުގައި ހުރުމުން، ދެ އަހަރެއްހާ ދުވަސް ވަންދެން މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލު ނުކުރެވި އޮތުމުގެ ޒިންމާ ނަގާނެ މީހަކު ނުވި އެވެ. މީހުންގެ މިނިވަންކަމާއި އަދި މުޖްތަމައުގެ ސަލާމަތާއި ގުޅުންހުރި މިފަދަ މުހިންމު އެތައް މައްސަލައެއް އިސްތިއުނާފް މަރުހަލާގައި ކޮޅެއްގައި ނުޖެހި އޮއްވާ އޭގެ މުއާމަލާތް ކެނޑި، "ގެރި މަރުވުމުގެ މައްސަލަ" އޮތީ އިންތިހާގަ އެވެ.
މިކަން ހައްލުކުރަން ޖިިނާއީ އިޖްރައާތުގެ ގާނޫނުގައި 2020 ވަނަ އަހަރު ލިޔުނީ ކޯޓުތަކުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މަދަނީ މިންގަނޑުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފް ހަތް ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. މި މުއްދަތު އޮތްގޮތުން ކަންކަން ނިންމަންޖެހެނީ އިންސާނުންނަށް ކެރި ކުޅަދާނެ މިންވަރަކަށް ނުވާހާ އަވަހަށެވެ.
ބަންދުގައި ތިބޭ މީހުންނަށް މި މައްސަލަ ވަކިން ބޮޑެވެ. ވަކީލުން ހަމަނުޖެހިގެން ނުވަތަ ލިޔުންތައް ވަކީލުންނާ ހަވާލު ނުކުރެވި އޮވެގެން ދެތިން ދުވަސް ގެއްލެ އެވެ. ގާނޫނު އަސާސީން ލިބިދޭ ދިފާއުވުމަށް އެކަށީގެންވާ ވަސީލަތް ލިބުމުގެ ހައްގު ފުރިހަމައަށް ނުލިބޭކަމުގެ ޝަކުވާ ވަކީލުން ކިތަންމެ ވަރަކަށް ކުރިޔަސް، ލޯ މަރާލާފައި ކުރިއަށް ގެންދިއުން ނޫން ގޮތެއް ކޯޓަކަށް ނެތެވެ.
ހައި ކޯޓު --- ފޮޓޯ/މިހާރު
މިކަމާ ގުޅިގެން ހައިކޯޓުގެ ރަސްމީ ބަހެއް ނުލިބުނަސް، އެ ކޯޓުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލިސްތަކުގައި ފާހަގަ ކޮށްފައި ހުރި ކަންބޮޑުވުންތަކުން މިކަމުގެ ބޮޑުކަން އެނގެ އެވެ. އެ ކޯޓުގެ ޝެޑިއުލްތައް މިހާރު ފުރެމުންދަނީ މިފަދަ އެތައް މައްސަލައަށެވެ.
"އަޅުގަނޑުމެންނަށް ކުރިއަކަށް ނުގެންދެވޭނެ ގާނޫނު އަސާސީގައި މި އޮންނަ ހުރިހާ ހައްގުތަކެއް، ވަގުތުތަކެއް އެގޮތަށް ދީގެންނެއް. އެއަށް ވުރެ ވަގުތު ހަނިކޮށްފައި ގާނޫނު ހަދާފައި އޮތީ. ތަކުރާރުކޮށް އަޅުގަނޑުމެންނަށް ދެންނެވޭ ވާހަކައެއް މިއީ." ދާދިފަހުން މިފަދަ މައްސަލައެއްގައި ބޭއްވި އަޑުއެހުމެއްގައި ހައިކޯޓުގެ ފަނޑިޔާރަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
"ބޮޑު ސިންގާ ބޮކްސް ފައިލެއް ޑޮކިއުމެންޓް ހުށަހަޅާފައި މި އޮތީ. މި ވެސް ބަލަން ޖެހޭނެ." ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅޭގޮތުން ނިންމި ނިންމުމެއްގެ އިސްތިއުނާފް މައްސަލާގައި އެ ފަނޑިޔާރު ވިދާޅުވި އެވެ.
"ހަތް ދުވަހުގެ ތެރޭގައި ކިހިނެއްތޯ ނިންމާނީ. މި ހުރިހާ ޑޮކިއުމެންޓްތަކަށް ބަލައި، ވަކީލުންގެ ފުރުސަތު ދީ މި ހުރިހާ ކަމެއް ކުރާނެ ގޮތެއް ތި ބޭފުޅުން ވިދާޅުވެ ބައްލަވާ." ފަނޑިޔާރުގެ ސުވާލު އަމާޒުވީ ދައުލަތަށެވެ. އެކަމަކު ގާނޫނުގައި ލިޔެފައި އޮތް ކަމަކަށް ވާތީ ދައުލަތުން ދޭނެ މާ ބޮޑު ޖަވާބެއް ވެސް ނެތެވެ.
ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުމަކީ ހަތް ދުވަހުގެ މުއްދަތާ ހެދި ތައްޔާރުވާން ވަގުތު ނުލިބުމެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުންތަކަކީ ބައެއް މައްސަލަތަކުގައި މުޅި މައްސަލަ ކުރިއަށް ގެންދިއުމާއި ނުގެންދިއުމުގެ މައްޗަށް ބިނާވާ ނިންމުންތަކެކެވެ. އެކަމަކު އިސްތިއުނާފަށް ޖަވާބު ދޭން 24 ގަޑިއިރު ވެސް ނުލިބޭ ފަހަރު އާދެ އެވެ.
"މެންދުރު 2 ޖަހާއިރު ލިޔުންތައް ފޮނުވާފައި މި އެންގީ މާދަމާ މެންދުރު 12 ގެ ކުރިން ވަކީލަކު ހޯދާފައި ޖަވާބު ލިޔުމުން ހުށަހަޅާށޭ. 24 ގަޑިއިރު ވެސް ނުލިބޭ. އަޅުގަނޑުމެންނަށް ވެސް އެނގޭ ގާނޫނު އޮތްގޮތްކަން. އެކަމަކު އެއީ އެކަށީގެންވާ ވަގުތެއް ނޫން. ދެން އަނގަ ބަހުން ޖަވާބު ހުށަހަޅަނީ ޝަރީއަތުގައި." ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.
ހަތް ދުވަހުގެ މުއްދަތު ގުނަނީ އިސްތިއުނާފް މައްސަލަ ރަޖިސްޓްކުރާ ދުވަހުން ފެށިގެންނެވެ. މިފަދަ އެތައް މައްސަލައެއް އިސްތިއުނާފް މަރުހަލާގައި ފުނި ޖެހެމުންދާތީ މަތީ ކޯޓުތަކުގެ ޝެޑިއުލްތައް ފުރި ބާރުވެ އޮބި ނޯންނަ ހިސާބަށް ވަނީ ގޮސްފަ އެވެ.
"ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގައި ބައެއް ފަހަރު އެބަ ނިންމާ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް. އެހެންވީމަ ހުކުމެއް ގާތްގަނޑަކަށް އެ ކުރެވެނީ. އެކަހަލަ އެއްޗެހީގައި ރަނގަޅު އެޕީލްއަކަށް ތައްޔާރުވާން ހަތް ދުވަސް އެއީ ކުރު މުއްދަތެއް." ޝަމީލް ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ބަންދު އަމުރުތަކާ ގުޅޭ ނިންމުންތައް ހަތް ދުވަސް ތެރޭގައި ނިންމަން ލާޒިމްވުން ރަނގަޅެވެ.
"ބަންދު އަމުރުތަކަކީ މީހުންގެ މިނިވަންކަމާއި ގުޅުންހުރި ކަންކަން. އަދި ބައެއް ފަހަރު މީހުން ހައްޔަރު ކުރުމުގެ އަމުރު ނުދީގެން ހުށަހަޅާ މައްސަލަތައް ވެސް އެބަހުރޭ. މިކަހަލަ މައްސަލަތައް އެއް އަހަރު ވަންދެން ހައި ކޯޓުގައި ބޭއްވީމަ މުއާމަލާތް ކެނޑޭނެ." އޭނާ ވިދާޅުވި އެވެ.
ބޮޑު މައްސަލައަކަށް ހައްލެއް ގެންނަން ޖިނާއީ އިޖްރައާތުގެ ގާނޫނަށް ގެނައި އިސްލާހު ވެފައި އޮތީ އެތައް ބަޔަކު ހައްގުތަކުން މަހްރޫމްވެ، އަވަސް އަރުވާލައިގެން ޝަރީއަތް ހިންގަން ޖެހޭ ފަދަ ގޮތަކަށެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބޭ ބުނުމަކުން ނުފުދެ އެވެ. އެހެނީ، އިންސާފު އަވަސް އަރުވާލުމަކީ އިންސާފަށް ފަސް އަޅައި، ފޮރުވުން ކަމުގައި ވެސް ބުނެވެ އެވެ.
ހައިކޯޓުން"ވާނުވާ"ޖަހާ މީހުންގެ ބަންދު ރިވިއުނުކުރެވޭނެ
އިސްތިއުނާފު ނިމެންދެން ކަފާލާތު ދެވޭގޮތަށް ހަދަނީ
ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން އެދެފި
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
"ބޭސް ކާޑު" ހުއްޓާލުމުން އިހުމާލުގެ ބިރު؟!
އެއް ފަނޑިޔާރަކު ހުރެގެން އަލަށް މައްސަލައެއް ބަލައިފި
"ބޭސް ކާޑު" ނިމުނީ، ދެން އޮތީ ވީ ހާލެއްގައިވުން؟
ދައުވާ ފޯމު ބާތިލު ކުރުމަކީ ދައުވާ ބާތިލުވުމެއް ނޫން
"ވާނުވާ" ރިވިއު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
ވާނުވާ އަށް ހޯދި "ވެކްސިން" ވެސް ވާނުވާއަކަށް؟!