Roadha Mihaaru
"ބައިވެރިޔާ" ޑިސެމްބަރު 14 ގައި

"ބައިވެރިޔާ" ގެ ޓްރެއިލާ ދައްކާލައިފި، ފިލްމް ޑިސެމްބަރު 14 ގައި ރިލީޒް ކުރަނީ

05 އޮކްޓޯބަރ 2016

އެންވިޝަން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމް "ބައިވެރިޔާ" އަންނަ ޑިސެމްބަރު މަހުގެ 14 ގައި ރިލީޒް ކުރަން ނިންމައި، ފިލްމުގެ ޓްރެއިލާ އާއި ރަސްމީ ޕޯސްޓަރު ރޭ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންވިޝަން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމް "ބައިވެރިޔާ" އަންނަ ޑިސެމްބަރު މަހުގެ 14 ގައި ރިލީޒް ކުރަން ނިންމައި، ފިލްމުގެ ޓްރެއިލާ އާއި ރަސްމީ ޕޯސްޓަރު ރޭ ދައްކާލައިފި އެވެ.

އެކަމަށްޓަކައި ރޭ ރަތްވިލާ ގޭގެ ޓެރަސްގައި ބޭއްވި ހަފުލާގައި ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރު ލޯންޗްކޮށް ދިނީ ފިލްމީ ދާއިރާގެ ކުރީގެ ފަންނާނެއް ކަމަށްވާ އަބްދުﷲ ޒަކީ އެވެ.

"ބައިވެރިޔާ" އަކީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި "އިންސާފު" ގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ފިލްމުގެ މުހިއްމު ރޯލަކުން ވެސް ފެނިގެންދާ މަޝްހޫރު ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، އަހުމަޒު އަޒްމީލް (އަޒޭ)، މަލީހާ ވަހީދު (މަލް)، މުހައްމަދު ފައިސަލް، އަހުމަދު ސައީދު، އަހުމަދު ސުނީ، ހުސައިން ޝިބާއު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ރިފާއު އަދި މައިޝާ އަހުމަދު ހިމެނެ އެވެ.

މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުމަކުން ސައީދުގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) ވެސް ފެނިގެން ދާނެ އެވެ.

ނިއުމާ ރޭ ބުނީ "ބައިވެރިޔާ" ޕްރޮޑިއުސް ކުރަން ނިންމި މައިގަނޑު ދެ ސަބަބަކީ ޔޫއްޕެ އާއި ފިލްމުގައި ވަރުގަދަ ކާސްޓެއް ވެސް ހިމެނޭތީ ކަމަށެވެ. މި ފިލްމަށް ނަން ދީފައި ވަނީ ފިލްމުގެ އެންމެ މުހިއްމު ފަސް ކެރެކްޓާގެ ނަން ފެށޭ އަކުރުންނެވެ.

"ބައިވެރިޔާ" ގެ ޓްރެއިލާ

ޔޫއްޕެ ރޭ ބުނީ "ބައިވެރިޔާ" އަކީ އަނެއްކާ ވެސް ދިވެހި ސިނަމާ އަށް އާ ޖޯންރާއެއްގެ ތައާރަފުވެގެން ދާނެ ފިލްމެއް ކަމަށެވެ.

އެހެންވެ ފިލްމް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޔޫއްޕެ ބުންޏެވެ.