18 އޮކްޓޯބަރ 2016
މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ މިހާތަނަށް ސިއްރުކޮށްގެން އުޅުނު "4426" އަކީ ކޯޗެއްކަން ބެލުންތެރިންނަށް މިރޭ ޔަގީނުން ވެސް އެނގިގެން ދާނެ އެވެ. ފޯފޯޓޫސިކްސް އަކީ ކޯޗެއްތޯ އަހާ މީހުންގެ އިނގިލި ކާލާނެ ކަމަށް ދެމުން އައި އިންޒާރުގެ ހަގީގަތް އެނގޭނެ އެވެ.
މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ މިހާތަނަށް ސިއްރުކޮށްގެން އުޅުނު "4426" އަކީ ކޯޗެއްކަން ބެލުންތެރިންނަށް މިރޭ ޔަގީނުން ވެސް އެނގިގެން ދާނެ އެވެ. ފޯފޯޓޫސިކްސް އަކީ ކޯޗެއްތޯ އަހާ މީހުންގެ އިނގިލި ކާލާނެ ކަމަށް ދެމުން އައި އިންޒާރުގެ ހަގީގަތް އެނގޭނެ އެވެ.
ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމް "4426" މިރޭ އޮލިމްޕަހާއި ޝްވެކް ސިނަމާގައި ޕްރިމިއާކޮށް، ފިލްމަށް ކުރަމުން އައި އިންތިޒާރު ނިމުމަކަށް ގެނުވާނެ އެވެ. މި ފިލްމްގެ ޓީޒާ ޓްރެއިލާ ފިޔަވައި، ފިލްމާ ގުޅުން ހުރި އެއްވެސް ވީޑިއޯއެއް ބެލުންތެރިންނާ ހަމައަށް މިހާތަނަށް އައިސްފައެއް ނެތެވެ.
އެހެންވެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް "4426" ހަގީގީ ސްޓޯރީ ލައިނާއި އޭގައި ކޮށްފައި ހުރި މަސައްކަތްތައް ބެލުންތެރިންނަށް އޮތީ ބޮޑު ސިއްރެއްގަ ގޮތުގަ އެވެ. އެހެންވެ ފިލްމަކީ "ސަޕްރައިޒުން ފުރިފައިވާ" ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.
ފިލްމް ޕްރިމިއާ ކުރަން މިރޭ އޮލިމްޕަހުގެ ބޭރުގައި މިރޭ ކުލަގަދަ ރެޑްކާޕެޓް އިވެންޓެއް ވެސް ބާއްވާނެ އެވެ. ރެޑް ކާޕެޓްގައި "4426" ގެ ހާއްސަ ބޮޑުބެރު ލަވައަކާ އެކު ސިނަމާ އަށް ތަރިން ވަންނާނެ އެވެ. އަދި ފިލްމުގެ ތަރިންނާއި ކްރޫގައި ހިމެނޭ މީހުން ސްޓޭޖްމަތިން ބެލުނެތެރިންނާ ބައްދަލު ވެސް ކުރާނެ އެވެ.
"4426" އަކީ އަށް އަހަރަށް ފަހު، ނަހުލާގެ ޑައިރެކްޝަނެއް ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ. އެހެންވެ މި ފަހަރު އޭނާ ގެނެސްދޭ ފިލްމަކީ ކިހާ ވަރެއްގެ ފިލްމެއްތޯ ބަލާލަން ކެތްމަދުވެފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ.
އަނެއްކޮޅުން މިއީ އޭނާ ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމު ވެސް މެ އެވެ. "4426" އަކީ ފިލްމެއްގެ ސްކްރިޕްޓަކަށް އޭނާ މިހާތަނަށް ކުރި އެންމެ ބޮޑު އަދި އެންމެ އުނދަގޫ މަސައްކަތެވެ.
ނަހުލާ: އޭނާ ބުނީ ފިލްމުގެ މަސައްކަތް ކުރެވިފައި އޮތީ އެންމެ ހިތްހަމަޖެހޭ ގޮތަށް ކަމަށް.
ނަހުލާ ދޭ ޔަގީން ކަމަކީ "4426" އާދައިގެ ބިރުވެރި ފިލްމަކަށް ނުވާނެ ކަމުގެ ޔަގީން ކަމެވެ. އެހެންވެ އޭނާ އެ ބުނާ ވާހަކައިގައި ހުރި ވަރެއް ވެސް މިރޭ ބެލުންތެރިންނަށް އެނގޭނެ އެވެ.
"ފިލްމުގެ މަސައްކަތް ކުރެވިފައި އޮތް ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ބެލުންތެރިންނަށް ވަރަށް ޝައުގުވެރިވަނިވި ފުރިހަމަ ފިލްމެއް ފެނިގެން ދާނެ،" އޭނާ ބުންޏެވެ. "އެއްވެސް ހާސް ކަމެއް ނެތް. ފައިނަލް ޕްރޮޑަކްޓާ ދޭތެރޭ ހުރިހާ ގޮތަކުން ވެސް ވަރަށް ހިތްހަމަޖެހޭ."
އޭނާ ބުނެފައިވާ ގޮތުން ނަމަ "4426" އަކީ ބެލުންތެރިން ފިއްކަނޑައިގެން ދާނެ ވަރުގެ ފިލްމަކަށް ވާނެ އެވެ.
ހަމައާ އެކު ނަހުލާގެ ވަރަށް ބޮޑު އެދުމެއް ވެސް އެބަ އޮތެވެ. އެއީ ފިލްމް ބަލާފައި ބެލުންތެރިން ވެސް އަދި މީޑިއާތަކުން ވެސް "4426" އަކީ ކޯޗެއްކަން ހާމަ ނުކުރުމެވެ. އޭނާ ބުނީ ފިލްމްގެ ސަސްޕެންސް ހިފަހެއްޓޭނީ "4426" އަކީ ކޯޗެއްކަން ސިއްރު ކުރެވުނު ވަރަކުން ކަމަށެވެ.
"މިހާތަނަށް އައި އިރު އަހަރެމެންގެ ޓީމުން ވެސް މީތި ވަރަށް ބޮޑަށް ހިފަހައްޓާފައި މިއޮތީ. ބެލުންތެރިންގެ ކިބައިން ވަރަށް ބޮޑަށް އެދެން ފިލްމް ބަލާފައި ވެސް ފޯފޯޓޫސިކްސްއަކީ ކޯޗެއްކަން ހާމަ ނުކުރުމަކީ،" ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ބުންޏެވެ.
މި ފިލްމުގެ ކާސްޓުންނަށް ބަލާ އިރު މަޝްހޫރު ދެ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޝީލާ ނަޖީބްގެ ޖޯޑުން ދުވަސްތަކަކަށް ފަހު ސްކްރީނުން ފެނިގެން ދާނެ އެވެ.
މީގެ އިތުރުން "4426" ގެ ވަރަށް މުހިއްމު ރޯލަކުން ވިދަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ ފެނިގެން ދާނެ އެވެ.
މީގެ އިތުރުން ފިލްމުން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.
ނަހުލާ ބުނީ އޮލިމްޕަހުގައި "4426" ދައްކަން ލިބުނީ 14 ޝޯ ކަމަށެވެ. އެހެން ނަމަވެސް އެ 14 ޝޯ އަށް ފަހު ބްރޭކެއް ނެގުމަށް އަލުން ފިލްމް ސްކްރީނަށް ގެންނާނެ އެވެ.
"ދެން އަތޮޅު ތެރޭގައި ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ފިލްމް އަޅުވަން ފަށާނެ،" އޭނާ ބުންޏެވެ. "ވީހާ ވެސް ގިނަ ރަށެއްގައި ފިލްމް ދައްކާލުން އަމާޒަކީ."
ނަހުލާގެ "4426" އަނެއްކާ ވެސް އޮލިމްޕަހަށް
"ހުވާ" ގެ ކާސްޓާ ރަވީ ވެސް ގުޅިއްޖެ
"ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ
"4426"ގެ ސެޓަށް ވަދެލަމާ
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ހުވާ 2" މި މަހުގެ 30 ގައި
ނަހުލާގެ "ސޮރީ" ގެ ލަވަތައް ނިންމާލައިފި
"ހުވާ" ގެ ދެވަނަ ސީޒަން މި މަހު ސްޓްރީމްކުރަނީ
މި އަހަރަށް ކިތައް ދިވެހި ފިލްމު؟