Roadha Mihaaru
"ހުވާ" ގެ ކާސްޓާ ރަވީ ވެސް ގުޅިއްޖެ

ވެބް ސީރީޒް "ހުވާ" ގެ ކާސްޓާ ރަވީ ވެސް ގުޅިއްޖެ

17 މެއި 2018

ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ކާސްޓާ ރަވީ ފާރޫގް ވެސް ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ކާސްޓާ ރަވީ ފާރޫގް ވެސް ގުޅިއްޖެ އެވެ.

ފާތުމަތު ނަހުލާ އިސްކޮށް ހުރެގެން އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓްކޮށް، އޭނާ ވެސް މުހިއްމު ރޯލެއް ކުޅޭ "ހުވާ" ގައި މަޝްހޫރު ތަރިންތަކެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް ހިމެނެ އެވެ.

ނަހުލާ ބުނީ އެ ތަރިންނާ އެކު ރަވީ ވެސް "ހުވާ" ގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ ކަމަށެވެ.

އާންމުކޮށް މި ފަހުން އެހާ ބޮޑަށް ސްކްރީނުން ނުފެންނަ އެކްޓަރު ރަވީ ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ވިޝްކާ" ޑައިރެކްޓްކޮށް، އޭގެ މުހިއްމު ރޯލެއް ވެސް ކުޅެފަ އެވެ. އަދި "ހުވާ" އަށް އޭނާ ސޮއި ކުރި އިރު، ރަވީއަކީ ޑްރާމާތަކުން ފެންނަ މޫނެއް ނޫންކަން ފާހަގަ ކުރެވެ އެވެ.

ވެބް ސީރިޒް "ހުވާ" ގެ ޝޫޓިން ތެރެއިން.

ވެބް ސީރިޒް "ހުވާ" ގެ ޝޫޓިން ތެރެއިން.

މިދިޔަ ފެބްރުއަރީ މަހު ކ. ގުރައިދޫގައި ޝޫޓިން ފެށި ވެބް ސީރީޒްގެ މަންޒަރުތަކުގެ ތެރެއިން މާލެއިން ބޭރުގައި ނަގަން ޖެހޭ ހުރިހާ މަންޒަރުތަކެއް މިހާރު ވަނީ ނަގައި ނިންމައިފަ އެވެ.

"މިހާރު މާލޭގައި ޝޫޓިން ކުރިއަށް ދަނީ. ރޯދަ މަސް ނިމޭ އިރު ޝޫޓިން އެއްކޮށް ނިންމައިލެވޭނެ،" ނަހުލާ ބުންޏެވެ.

އޭނާ ކުރިން ބުނެފައިވާ ގޮތުގައި "ހުވާ" އެޕްރީލްގައި ބެލުންތެރިންނަށް ފެންނަ ވަރު ވާނެ އެވެ. އެކަމަކު ލަސްވެގެން ދިޔައީ ކުރަން ޖެހޭ މަސައްކަތްތައް ބޮޑުކަމުން ކަމަށް ބުންޏެވެ.

Huvaa: Nahula ge web-series ge massaikaiy fashaifi

Huvaa: Nahula ge web-series ge massaikaiy fashaifi

The most trusted news source in the Maldives

Mihaaru

"ހުވާ" ގެ މަސައްކަތް ފެށީ ފެބްރުއަރީގައި.

"މިއީ ބޮޑު މަސައްކަތެއްވީމަ މިއަށް ކުރަން ޖެހޭ މަސައްކަތް ވެސް ފުދޭ ވަރަކަށް ބޮޑު. އެހެންވެ އަސްލު ލަސްވެގެން ދިޔައީ. ރޯދައިގެ ފަހުން އިއުލާން ކުރާނަން ހުވާ ބެލުންތެރިންނާ ހަމަށް އަންނާނެ އިރެއް،" ނަހުލާ ބުންޏެވެ.

ނަހުލާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރު އެޅުވި ލޯބީގެ ފިލްމް "ބޮސް" އެވެ.