06 ސެޕްޓެމްބަރ 2019
މި މަހުގެ ތެރޭގައި ސިނަމާ އަށް ގެންނާނެ ކަމަށް، ފާތުމަތު ނަހުލާ އިއުލާން ކުރި އާ ފިލްމު "ސޮރީ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
މި މަހުގެ ތެރޭގައި ސިނަމާ އަށް ގެންނާނެ ކަމަށް، ފާތުމަތު ނަހުލާ އިއުލާން ކުރި އާ ފިލްމު "ސޮރީ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ކާމިޔާބު އަދި ރީތި އެތައް ފިލްމެއް ގެނެސްދިން ނަހުލާގެ ފިލްމު ކުންފުނި ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭން ނިންމި ފިލްމާ ބެހޭ ގޮތުން ނަހުލާ ބުނީ އަންނަ އަހަރަށް ފިލްމު ފަސްކުރަން ޖެހުނީ ފިލްމުގެ ބައެއް ތަރިން އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ވަގުތު ދޭން ދަތިވުމުން ކަމަށެވެ.
ނަހުލާގެ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ "ސޮރީ" ގެ ލީޑް ތަރިންނަކީ ޔޫސުފް (ޔޫއްޕެ) ޝަފީއު އާއި މަރިޔަމް އައްޒަގެ އިތުރުން އަލަށް ތައާރަފުކުރާ އެކްޓަރެކެވެ.
ނަހުލާ ބުނިގޮތުގައި މިހާރު ތާވަލުކޮށްފައި އޮތް ގޮތުން ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
"ޝޫޓިން ފަށަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހުރީ ނިމިފައި،" އޭނާ ބުންޏެވެ. "އަސްލު މި ޕްރޮޖެކްޓަކީ ތަންކޮޅެއް ބޮޑު ވެސް މަސައްކަތެއް. އެހެންވީމާ ފިލްމުގެ ކާސްޓުން ވެސް ބޭނުން ވަނީ ޓައިމް ނަގައިގެން މިއަށް ހުސްވެގެން ވަގުތު ދޭން. ޝޫޓިން ފަށާތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޝޫޓިން ނިންމާލެވޭނެ."
އަންނަ އަހަރަށް "ސޮރީ" ލަސްކުރި ނަމަވެސް ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި ނުނިންމަ އެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރާނެ މީހަކު ވެސް ނަހުލާ ހިއްސާއެއް ނުކުރެ އެވެ.
"ޝޫޓިން އެއްކޮށް ނިންމާފައި. ޑޭޓެއް އިއުލާންކުރާނީ،" ނަހުލާ ބުންޏެވެ. "އަދިވެސް ބުނަން ބޭނުމެއް ނޫން ކާކު ކަމެއް ޑައިރެކްޓަރަކީ. އެންމެ ފަހު ވަގުތު އެކަން ހިއްސާކުރާނީ."
ނަހުލާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2017 ގައި ރިލީޒްކުރި "ބޮސް" އެވެ. އެ ފިލްމުގެ ޑައިރެކްޓްކުރީ އައިޝަތު ރިޝްމީ އެވެ.
އަލަށް ޑައިރެކްޝަނަށް ނިކުތް އިލްޔާސް ވަހީދުގެ "ބަވަތި" މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ އިރު ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ މުހައްމަދު (މާއެނބޫ) އަބޫބަކުގެ ބިރުވެރި ފިލްމު "ކާކު؟" އެވެ.
ނަހުލާގެ "ސޮރީ" ގެ ލަވަތައް ނިންމާލައިފި
ނަހުލާގެ ފޭނުންނަށް "ސޮރީ"
"ހުވާ" ގެ ކާސްޓާ ރަވީ ވެސް ގުޅިއްޖެ
"ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ހުވާ 2" މި މަހުގެ 30 ގައި
"ހުވާ" ގެ ދެވަނަ ސީޒަން މި މަހު ސްޓްރީމްކުރަނީ
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
ނަހުލާގެ "ސޮރީ" ޔޫއްޕެ ޑައިރެކްޓްކޮށްފާނެ