Roadha Mihaaru
"ބައިވެެރިޔާ"ގެ ވަދާއީ ދެ ޝޯ 29 އާއި 30 ގައި

"ބައިވެެރިޔާ"ގެ ވަދާއީ ދެ ޝޯ މި މަހު 29 އާއި 30 ގައި

28 ޑިސެމްބަރ 2016

މި މަހުގެ 14 ގައި އޮލިމްޕަހުގައި އެޅުވި މި އަހަރުގެ އެންމެ ފަހު ފިލްމު "ބައިވެރިޔާ"ގެ ވަދާއީ ދެ ޝޯ މި މަހުގެ 29 އާއި 30 ގައި ދައްކާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 14 ގައި އޮލިމްޕަހުގައި އެޅުވި މި އަހަރުގެ އެންމެ ފަހު ފިލްމު "ބައިވެރިޔާ"ގެ ވަދާއީ ދެ ޝޯ މި މަހުގެ 29 އާއި 30 ގައި ދައްކާ ގޮތަށް ނިންމައިފި އެވެ.

"ބައިވެރިޔާ"ގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ޓިކެޓް ގަންނަން ބޭނުންވާ މީހުންނަށް އޮލިމްޕަހުން މިހާރު ވެސް ޓިކެޓް ލިބޭނެ ކަމަށެވެ.

ފިލްމަށް ލިބުނު ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް "ބައިވެރިޔާ" ގެ ޓީމުން ބުނެ އެވެ.

އޮލިމްޕަސް ކުރިން ލިބުނީ 15 ޝޯ ދައްކަން ނަމަވެސް، ވަދާއީ ދެ ޝޯއާ އެކު ޝޯތަކުގެ އަދަދު 17 އަށް އަރާނެ އެވެ.

"ފިލްމު އިޝްތިހާރު ކުރި އިރު ވެސް އަހަރެމެން ބުނިން މިއީ ބަލާ އިރު ނުހީނ ނުތިބެވޭނެ ކަހަލަ ފިލްމެކޭ. ހަމަ އެގޮތަށް ދިމާވީ ވެސް. ފިލްމު ބެލި ހުރިހާ އެންމެންނަށް ވެސް ވަރަށް މަޖާ ފިލްމަކަށްވީ،" ޝަފީގު ބުންޏެވެ.

"އަނެއްކާ މުޅިން ވެސް ޕޮޒިޓިކް ކޮމެންޓްސް އައިސްފައި ހުރީ. ފިލްމު ބެލުންތެރިންނަށް ކަމުދިޔައިމަ އަހަރަމެންގެ ޓީމު ވަރަށް އުފާވެފައި މި ތިބީ. ކުރިން ނިންމި އަދަދަށް ވުރެ ޝޯތައް އިތުރުވުމަކީ ވެސް ފިލްމަށް ލިބުނު ތަރުހީބު އަންގައިދޭ ކަމެއް."

"ބައިވެރިޔާ" އަކީ ޝަފީގާއި އެކްޓަރު މުހައްމަދު ފައިސަލްގެ ކޮންސެޕްޓަކަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރި ކޮމެޑީއެކެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ޔޫއްޕެ، ޝީލާ ނަޖީބް، އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދު (މަލް)، އަހުމަދު ސައީދު އަދި ނާޝިދާ މުހައްމަދު (ނާއްކޮ) ފާހަގަކޮށްލެވެ އެވެ.

"ބައިވެރިޔާ" އޮލިމްޕަހުގައި އަދިވެސް އަންނަނީ ދައްކަމުން.

ޝަފީގް ބުނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެއިން ފެށިގެން "ބައިވެރިޔާ" ރަށްރަށުގައި ވެސް ދައްކަން ފަށާނެ ކަމަށެވެ.

"މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި އަޅުވަން ރިކްއެސްޓް އައިސްފައި ހުރީ. އެދޭ ރަށްރަށުގައި ފިލްމު އަޅުވައިދޭ ގޮތަށް މި ތިބީ،" އޭނާ ބުންޏެވެ.