Roadha Mihaaru
ގައުމީ އަންހެން މުބާރާތުގެ ގަދަ ފަހެއް ހޮވައިފި

ގައުމީ އަންހެން މުބާރާތުން އެވޯޑަށް ވާދަކުރާ ކުޅުންތެރިން ހޮވައިފި

15 ޖެނުއަރީ 2020

"މިހާރު އެވޯޑްސް" ގައި ހިމެނޭ 2019 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން ހޮވައިފި އެވެ.

"މިހާރު އެވޯޑްސް" ގައި ހިމެނޭ 2019 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން ހޮވައިފި އެވެ.

ގައުމީ މުބާރާތުން އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރަނީ ޗެމްޕިއަން ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ (ހައްވަ) އާއި ޝަހާ ޝާމިން އަދި އެ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރްގެ އިތުރުން ރަނަރަޕަށް ދިޔަ ވެމްކޯ ޓީމުގެ މަރިޔަމް އަޒީފާ (އައްޒަ) އާއި އެ ޓީމުގެ އައިމިނަތު އަރީޝާ އެވެ.

ޕޮލިހުން ގައުމީ ތަށި އުފުލާލީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެ ޓީމުގައި ގައުމީ ކެޕްޓަން ހައްވަގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިދިޔަ އަހަރު އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި ޝަހާ ވެސް ވަނީ ދިން ފުރުސަތުތަކުގައި ތަފާތު ދައްކައިފަ އެވެ. ކުރިން ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި ޖޫޒާން ވަނީ ޕޮލިހުގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ގައުމީ މުބާރާތުން ވާދަކުރަނީ އަލްމާ ސްޕޯޓްސް ކްލަބްގެ އައިމިނަތު އަފާފް ނާޒިމް، ނަރީމާ އިދުރީސް އަދި ފައިހާ އަހުމަދުގެ އިތުރުން ކްލަބް ވެމްކޯ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އައިމިނަތު ރުދައިނާ އެވެ.

ވޮލީބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ފިރިހެން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. އަދި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ރަން ބޫޓު ދޭނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.