03 އޮކްޓޯބަރ 2016
ނިއު ދިއްލީ (އޮކްޓޯބަރު 3) - ޗިކުންގުންޏާ އާއި ޑެންގީ ކޮންޓްރޯލް ކުރުމުގައި އެއްބާރުލުން ނުދިން އޮފިޝަލުންގެ ނަންތައް ކޯޓަށް ހުށަހަޅާފައި ނުވާތީ ދިއްލީގެ އާމް އާދުމީ ޕާޓީގެ ސަރުކާރުގެ ހެލްތު މިނިސްޓަރު 25،000 ރުޕީސް އިން ސްޕްރީމް ކޯޓުން ޖޫރިމަނާކޮށްފި އެވެ.
ނިއު ދިއްލީ (އޮކްޓޯބަރު 3) - ޗިކުންގުންޏާ އާއި ޑެންގީ ކޮންޓްރޯލް ކުރުމުގައި އެއްބާރުލުން ނުދިން އޮފިޝަލުންގެ ނަންތައް ކޯޓަށް ހުށަހަޅާފައި ނުވާތީ ދިއްލީގެ އާމް އާދުމީ ޕާޓީގެ ސަރުކާރުގެ ހެލްތު މިނިސްޓަރު 25،000 ރުޕީސް އިން ސްޕްރީމް ކޯޓުން ޖޫރިމަނާކޮށްފި އެވެ.
ސްޕްރީމް ކޯޓުން އެދުނު ގޮތަށް ނަންތައް ހުށަހެޅެން ނެތް ކަމަށް ހެލްތު މިނިސްޓަރު ސަތިޔަންދުރަ ޖައިން ވިދާޅުވުމުން ކޯޓުގެ ބެންޗުން ބުނެފައި ވަނީ ބަލީގައި މީހުން މަރުވަމުން ދަނީ ކަމަށާއި 24 ގަޑިއިރު އެކަމަށް ބޭނުން ނުވާނެ ކަމަށެވެ.
ޗިކުންގުންޏާ އާއި ޑެންގީ ވަނީ ދިއްލީގެ 8،000 މީހުންނަށް ޖެހިފަ އެވެ. މި ބަލީގައި ވަނީ 10 މީހުން މަރުވެފަ އެވެ.
ދިއްލީގައި ޗިކުންގުންޏާ ފެތުރާ މައްސަލާގައި އިހުމާލުވާ ފަރާތްތައް ބެލުމަށް ސްޕްރީމް ކޯޓުން އިސްނަގައިދެން ބަލުން ދިޔަ ސު މޮޓޯ މައްސަލަގައި ސަތިޔަންދުރަ ވަނީ ޗިކުންގުންޏާ އާއި ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ބައެއް އޮފިޝަލުންގެ އެއްބާރުލުން ނުލިބޭ މޭރުމަކުން ކޯޓުގައި ވާހަކަ ދައްކަވައިފަ އެވެ. ސަތިޔަންދުރަ އަށް އެއްބާރުލުން ނުދޭ އޮފިޝަލުންގެ ނަންތައް ދިނުމަށް ސްޕްރީމް ކޯޓުން ވަނީ ހުކުރު ދުވަހު އަންގައިފަ އެވެ. މައި ސަރުކާރުން ކޯޓުގައި ބުނެފައި ވަނީ ޗިކުންގުންޏާ އާއި ޑެންގީ ފަދަ ބަލިތަކުން ސަލާމަތްކޮށް ވެރިރަށް ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަކީ ދިއްލީގެ ސަރަހައްދީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ މިދިޔަ އަހަރުގެ އިންތިޚާބުގައި އޭނާގެ އޭއޭޕީ ކާމިޔާބު ހޯދާ ސަރަހައްދީ ސަރުކާރާ ހަވާލުވި ފަހުން މައި ސަރުކާރުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
އިންޑިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ދިއްލީ އަކީ މިހާރު ގޭސް ޗެމްބަރެއް: ޗީފް މިނިސްޓަރު
ދިއްލީއަށް ކުރަމުންދާ ވިއްސާރައިގައި ކެރީ ވެސް ޖެހިއްޖެ
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
ދިވެހިންނަށް ފައިދާވާނެ ކަންތައްތަކެއް ކުރިއަށް ފެންނާނެ
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ޕްރޮފެސަރުން ޕަޓާންގެ ލަވަޔަށް ނެށުމުން ޝާހް އުފަލުން